މ. މުލީގައި ގަރާޖަކަށް ވެއްދި ޕިކަޕެއްގެ ފަހަތުގައި ހުރި މީހެއްގެ ބޯ ޕިކަޕުގެ ގެގަނޑާއި ގަރާޖުގެ ދޮރުކަންޏާ ދޭތެރޭ ފިތި ހާލު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިިފި އެވެ.
28 ޖޫން 2021
މ. މުލީގައި ގަރާޖަކަށް ވެއްދި ޕިކަޕެއްގެ ފަހަތުގައި ހުރި މީހެއްގެ ބޯ ޕިކަޕުގެ ގެގަނޑާއި ގަރާޖުގެ ދޮރުކަންޏާ ދޭތެރޭ ފިތި ހާލު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިިފި އެވެ.
މުލީ ކައުންސިލްގެ ރައީސް ޝައްމޫން ރަމީޒު "މިހާރު" އަށް މިއަދު ވިދާޅުވީ، އެ މީހާ އަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހު ޕިކަޕުން މުދާ ބޭލުމަށް ގަރާޖަށް ޕިކަޕު ވައްދަނިކޮށް ކަމަށާއި މި ހާދިސާގައި އަނިޔާވި މީހާ އަށް ފަރުވާ ދޭން ފުރަތަމަ ގެންދިޔައީ މުލީ ރީޖަނަލް ހޮސްޕިޓަލަށް ކަމަށެވެ އެކަމަކު ހާލު ބޮޑުކަމުން ހަމަ އެ ދުވަހު ހަވީރު މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ފަހުން އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.
އަނިޔާވި 28 އަހަރުގެ ފިރިހެން މީހާގެ އާއިލާ އިން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި، ޒަހަމްވި މީހާގެ ބޮލުގެ ނާށިގަނޑުން ތިން ތަނެއްގައި ވަނީ ރެނދުލައިފަ އެވެ. ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުނީ ސާޖަރީއެއް ހަދަން ވެސް ޖެހިދާނެ ކަމަށެވެ. ސިކުނޑި އަށް ލިބުނު އަނިޔާގެ ސަބަބުން ހަށިގަނޑުގެ އެއްފަޅި އައްސިވެ އެއް ލޮލަށް ފެންނަނީ ފުސްކޮށް ކަމަށް ވެސް އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އަނިޔާވި މީހާގެ ހާލަތާ ބެހޭ ގޮތުން އޭޑީކޭގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
މަރަށް ތެޅުނު އިރު ފޮޓޯ ނަގަން ތިބުމުން ފާޑުކިޔަނީ!
އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނަކު އައިސީޔޫގައި
އޭޑީކޭގައި އިންޓާން ހަދަން 14،500ރ. ދައްކަންޖެހޭ
ނަޑެއްލާ އެކްސިޑެންޓް: ފަރުވާއަށް ދެ މީހަކު މާލެއަށް
އޭޑީކޭގެ ކުލީގެ ދިފާއުގައި ނާޝިދު ވާހަކަ ދައްކަވައިފި
އޭޑީކޭ ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް: ނާޝިދު
ސިކުނޑި އާއި މައިބަދައިގެ އާ ދެ ސާޖަރީ ހަދައިފި
ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ސެޕްޓެމްބަރުގައި ބާއްވަނީ
ހައްޖަގެ ދަރިފުޅު ނިޔާވެއްޖެ
އޭޑީކޭއިން މުވައްޒަފުންގެ އަގުވަޒަންކޮށްފި