Roadha Mihaaru
މަރަށް ތެޅުނު އިރު ފޮޓޯ ނަގަން ތިބުމުން ފާޑުކިޔަނީ!

މަރަށް ތެޅުނު އިރު ވެސް ފޮޓޯ ނަގަން ތިބުމުން ފާޑުކިޔުން!

20 ޖެނުއަރީ 2019

އެކްސިޑެންޓްވެ، ފުނޑުފުނޑުވެފައިވާ ސައިކަލުން ވެއްޓިފައި އޮތް ޒުވާނާ އޮތީ މަރަށް "ތެޅިތެޅި" އެވެ. އެތައް ޒަހަމުތަކަކާ އެކު އޮތް އެ ޒުވާނާ ފުންނޭވާލަމުން ދަނީ އެވެ. އޭނާ ވަށައިގެން ގިނަ ބަޔަކު ތިބިއިރު އެ މީހުން ބިޒީވެފައި ތިބީ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމުގަ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެކްސިޑެންޓްވެ، ފުނޑުފުނޑުވެފައިވާ ސައިކަލުން ވެއްޓިފައި އޮތް ޒުވާނާ އޮތީ މަރަށް "ތެޅިތެޅި" އެވެ. އެތައް ޒަހަމުތަކަކާ އެކު އޮތް އެ ޒުވާނާ ފުންނޭވާލަމުން ދަނީ އެވެ. އޭނާ ވަށައިގެން ގިނަ ބަޔަކު ތިބިއިރު އެ މީހުން ބިޒީވެފައި ތިބީ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމުގަ އެވެ.

މާލޭގެ މަސް މާރުކޭޓު ސަރަހައްދުން ބޮޑުތަކުރުފާނު މަގުގައި ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލެއް ޖެހި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަހުމަދު އަބްދުލް ބާސިތު، 17، މަރުވެފައިވާއިރު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރިކަމަކީ އޭނާ ވެއްޓިފައި އޮއްވައި ފޮޓޯ ނަގައި ވީޑިއޯ ކުރުމަށް ގިނަ ބަޔަކު އުޅުނު ނަމަވެސް ފަރުވާ ދިނުމަށް އެ މީހުން ނޫޅުމެވެ.

ބާސިތު ވެއްޓިފައި އޮއްވައި ފެންނަ ވީޑިއޯ އިން އަޑުއިވޭ ގޮތުގައި އެއްވެ ތިބި މީހުން ތިބީ ހަދާނެ ގޮތަކާ މެދު ބަހުސެއްގެ ތެރޭގަ އެވެ. އޭގެ ތެރެއިން އެކަކު، "އަދި މަރެއް ނުވޭ، ޕޮލިހަށް ގުޅާ" މިހެން ބުނާއިރު ދެން ތިބި މީހުން ބުނަނީ "އެމްބިއުލާންސް އަށް ގުޅަންވީ" މިހެންނެވެ.

އެކަމަށް ފާޑުކިޔާ ކަންބޮޑުވުން ފާޅުކޮށްފައިވާ ޕޯސްޓްތައް ސޯޝަލް މީޑިއާގައި ވަރަށް ގިނައިން އެބަ ދައުރުވެ އެވެ.

BREAKING: Accidentvi 17 aharuge kujjaa maruvejje

BREAKING: Accidentvi 17 aharuge kujjaa maruvejje

The most trusted news source in the Maldives

Mihaaru

އިއްޔެ ހިނގި އެކްސިޑެންޓްގައި ކުޑަ ކުއްޖާ މަރުވުން--

"ފޮޓޯ ނަގައި ވީޑިއޯ ކުރަން ނުވަތަ ފުލުހުން ސީނަށް ދަންދެން "ޑިސްކަސް" ކުރަން ތިބުމުގެ ބަދަލުގައި އަވަހަށް އެޓެންޑް ކުރެވުނު ނަމަ އެ ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަން ނޭނގޭ. ވަރަށް ދެރަ. [މީހުން] ހޭލުންތެރިވާން ޖެހޭ،" ކުރީގެ ނޫސްވެރިޔާ ހީނާ ވަލީދު ފޭސްބުކްގައި ލިޔެފައި ވެ އެވެ.

މިއީ މިފަހުން ހިނގާ އެފަދަ ހާދިސާތަކާ ގުޅިގެން ވަރަށް ގިނައިން ފެންނަ މަންޒަރެވެ. ތަފާތު ސަބަބުތަކާ ހުރެ އަވަސް ފަރުވާ ދިނުމަށް އެތައް ހުރަސްތަކެއް އެބައޮތެވެ. ސުވާލަކީ އޭގައި ރަނގަޅު ގޮތަކީ ކޮބާތޯ އެވެ؟

އަވަހަށް އެމްބިއުލާންސަށް ގުޅާ: ޑޮކްޓަރުން

އަވަސް ފަރުވާ ދެއްވާ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި އެކްސިޑެންޓެއްގައި ގިނަ އަނިޔާތަކެއް ލިބިފައިވާ މީހުން އުފުލަން ޖެހޭ ހާއްސަ ގޮތްތަކެއް ހުންނައިރު އާއްމުން އެކަން ކުރުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. އެހެންވެ، އޭގައި އެންމެ ރަނގަޅު ގޮތަކީ އަވަހަށް އެމްބިއުލާންސަށް ގުޅުން ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

"އެފަދަ އެކްސިޑެންޓެއްގައި އަނިޔާވެފައިވާ މީހެއް ގުޑުވުން ރަނގަޅެއް ނޫން. މައިބަދަ ގުޑުވޭ ގޮތަކުން މުޅި އުމުރަށް ޕެރަލައިޒް ވުން ފަދަ ކަމެއް ދިމާވުމުގެ ފުރުސަތު ބޮޑު. އެހެންވީމާ ކޮންމެ ކޮންމެ މީހަކު އަނިޔާވި މީހާ އުފުލުން ރަނގަޅެއް ނޫން،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ޑޮކްޓަރަކު ވިދާޅުވި އެވެ.

ހާދިސާ ހިނގާތާ އެތައް އިރެއްފަހުން އެމްބިއުލާންސަށް އެ ހިސާބަށް ދެވުމަކީ ވެސް އެތައް ބައެއްގެ ފުރާނަ ގެއްލެން ދިމާވާ ސަބަބެކެވެ. މާލޭގައި އައިޖީއެމްއެޗާއި އޭޑީކޭއިން އެމްބިއުލާންސްގެ ހިދުމަތްދޭއިރު އެ ދެ ހޮސްޕިޓަލް ހުންނަނީ މާލޭގެ ދެކޮޅުގަ އެވެ. ޓްރެފިކް ބާރުބޮޑުވުމުގެ ސަބަބުން އަވަހަށް ހިދުމަތް ދިނުމަށް އެމްބިއުލާންސްތަކަށް ވެސް ގިނަ ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

އެކިއެކި ހާދިސާތަކުގައި އަނިޔާ ލިބޭ ގިނަ މީހުން ޓެކްސީ ކާރާއި ޕިކަޕުތަކުގައި އުފުލާއިރު އެކަމުގައި ވެސް ގިނަ ގޮންޖެހުންތަކެއް ހުރެ އެވެ. އަނިޔާ ލިބިފައިވާ މީހާގެ ގައިގައި ލޭ ހުރެއްޖެ ނަމަ ޓެކްސީތަކަށް އަރުވައިނުދިނުމަކީ ވެސް އާންމު މައްސަލައެކެވެ. އޭގެ ސަބަބުން އަވަސް ފަރުވާ ދިނުމަށް ހުރަސް އެޅެ އެވެ.