Roadha Mihaaru
ކަފިހި ހުރަސްމަތިން އެކްސިޑެންޓުވެ މީހަކު ސީރިއަސްވެއްޖެ

ކަފިހި ހުރަހުން ހުރަސް ކުރި އަންހެނަކު އެކްސިޑެންޓުވެ ސީރިއަސް ހާލަތުގައި

12 ފެބުރުއަރީ 2019

ސެނެހިޔާ ކަައިރީ ހުރި ކަފިހި ހުރަހުން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ކާރަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެމީހާ އަށް ސީރިއަސް އަނިޔާތަކެއް މިރޭ ލިބިއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސެނެހިޔާ ކަައިރީ ހުރި ކަފިހި ހުރަހުން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ކާރަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެމީހާ އަށް ސީރިއަސް އަނިޔާތަކެއް މިރޭ ލިބިއްޖެ އެވެ.

މަންޒަރު ދުށް ބައެއް މީހުން "މިހާރު" އަށް ބުނީ ކަފިހި ހުރަސްމަތިން ދެ އަންހެނަކު ހުރަސް ކުރި އިރު، އެ ދެ މީހުންގެ ގައިގައި ވެސް ކާރުން ޖެހުނު ކަމަށެވެ. އެކަމަކު، އޭގެ ތެރެއިން އެއް އަންހެނަކު ވެއްޓި ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް އެމީހުން ބުންޏެވެ.

"ކާރުގައި ޖެހިފައި އެމީހާ ގޮސް ވެއްޓުނީ ސްޕީޑް ބްރޭކަރު މައްޗަށް. ސްޕީޑް ބްރޭކަރު މަތީގައި ބޯ ޖެހިގެން، ބޮލަށް ބޮޑަށް އަނިޔާވެފައި ހުރީ." މަންޒަރު ދުށް މީހާ ބުންޏެވެ.

މިރޭ އިރުއޮއްސުނު ފަހުން ހިނގި ހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އަށް އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އެނގިފައިވާ ގޮތުގައި އެމީހާ އަށް ފަރުވާ ދެނީ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. އަންހެން މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ ހޭނެތިފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ވެސް ހަމައެކަނި ބުނީ ކާރަކުން ޖެހި އަނިޔާވި އަންހެނަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަން އެކަންޏެވެ.