Roadha Mihaaru
އިމާރާތެއް ނެތް، އައްޑޫން ފްލައިން ސްކޫލު ގެއްލިދާނެ؟

އިމާރާތެއް ނެތުމުގެ ވާހަކަތަކާއެކު، އައްޑޫން ފްލައިން ސްކޫލު ގެއްލިދާނެ؟

29 ޖޫން 2021

އިހަށް ދުވަހާ ހަމައަށް އައްޑޫގައި ފްލައިން ސްކޫލު ހިންގި ސްރީ ލަންކާގެ ކުންފުނި އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އަށް ދޫކޮށްފައިވާ އިމާރާތުގެ މުއްދަތު އިތުރު ނުކުރެވިއްޖެ ނަމަ އެ ސްކޫލުގެ ދަރިވަރުންނަށް ބޮޑު ގެއްލުމަކާ ކުރިމަތިވާނެ ކަމަށް އެ ސްކޫލު ގަނެ، ހިންގުމުގެ މަސައްކަތާ މިދިޔަ ބުރާސްފަތި ދުވަހު ހަވާލުވި އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދު އިއްޔެ ވިދާޅުވެއްޖެ އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

އިހަށް ދުވަހާ ހަމައަށް އައްޑޫގައި ފްލައިން ސްކޫލު ހިންގި ސްރީ ލަންކާގެ ކުންފުނި އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އަށް ދޫކޮށްފައިވާ އިމާރާތުގެ މުއްދަތު އިތުރު ނުކުރެވިއްޖެ ނަމަ އެ ސްކޫލުގެ ދަރިވަރުންނަށް ބޮޑު ގެއްލުމަކާ ކުރިމަތިވާނެ ކަމަށް އެ ސްކޫލު ގަނެ، ހިންގުމުގެ މަސައްކަތާ މިދިޔަ ބުރާސްފަތި ދުވަހު ހަވާލުވި އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދު އިއްޔެ ވިދާޅުވެއްޖެ އެވެ.

"އެވިޑް ސްކޫލް އޮފް އޭވިއޭޝަން" (އަސާ) ގެ ނަމުގައި މިހާރު ހިންގާ ފްލައިން ސްކޫލުގެ އެންމެ އިސްވެރިޔާ މުޝްތާގް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީީ، އިމާރާތް ހުސްކުރަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ނޯޓިސް ފޮނުވާފައި ވުމުން، އެ އިމާރާތުގެ މުއްދަތާ ގުޅިގެން އޭއައިއޭގެ ބޯޑާ އެވިޑް ކޮލެޖުން މިދިޔަ އާދިއްތަ ދުވަހު ބައްދަލު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ފްލައިން ސްކޫލުގެ އިމާރާތް ދޫކުރުމުގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް އޭއައިއޭ އިން އެ ބައްދަލުވުމުގައި އަންގާފައިވާ ކަމަށް މުޝްތާގް ވިދާޅުވި އެވެ.

އެވިޑް ކޮލެޖު ނުވަތަ އަސާ އިން ވެސް އަދި އަމަލުކުރަން ޖެހެނީ ކުރިން ފްލައިން ސްކޫލް ހިންގި އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސްއާއެކު ވެފައިވާ އެއްބަސްވުމަށް ކަމުން، އައްޑޫ އެއާޕޯޓުގެ ބޯޑުން އެވިޑް ކޮލެޖަށް ފުރުސަތު ދީފި ނަމަ ޕްރޮޕޯސަލް ހުށަހަޅުއްވާނެ ކަމަށް މުޝްތާގް ވިދާޅުވި އެވެ. ނަމަވެސް މިހާރު އޮތް ގޮތުން އެ ފުރުސަތު ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.

އެވިޑް ކޮލެޖަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އައްޑޫން ފްލައިން ސްކޫލު އެހެން ތަނަކަށް ބަދަލުކުރަން ޖެހިދާނެ ކަމެވެ. އެކަން ވިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ބައެއް ފަރާތްތަކުން އެދިފައިވާއިރު، އެކަން ބިނާވާނީ ލިބޭ ފުރުސަތުތަކަށް ކަމަށް މުޝްތާގް ވިދާޅުވި އެވެ.

"ފުރުސަތެއް ނެތް ތަނެއްގައި އަޅުގަނޑުމެންނަކަށް ނުތިބެވޭނެތާ. އެހެންވީމާ އެ ކުދިންގެ ހައްގުގައި، އެ ކުދިންނަށް ރައްކާތެރި ތަނެއް ހޯދަދިނުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަން އެބަ އެހެން ތަނެއް ލިބޭތޯ" މުޝްތާގް ވިދާޅުވި އެވެ.

އައްޑޫ ތަރައްގީ ކުރުމުގެ ވިސްނުމުގެ ތެރެއިން ފްލައިން ސްކޫލު އެހެން ސަރަހައްދަކަށް ބަދަލުކުރަން އެވިޑް ކޮލެޖުގައި ބަޔަކު އެދިއްޖެ ނަމަ އެ ކަމަށް މަސައްކަތް ކުރައްވަން މުޝްތާގް ހުންނެވީ ތައްޔާރަށެވެ. މިހާރު ވެސް އުތުރުގެ އަތޮޅެއްގެ ބަޔަކު އެ އަތޮޅު އެއާޕޯޓުގައި އެވިޑުގެ ފްލައިން ސްކޫލު ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން އަތޮޅެއް ކަމެއް ވިދާޅެއް ނުވެ އެވެ.

ފްލައިން ސްކޫލުގައި ދުއްވާ ބޯޓުތައް ޕާކްކޮށްފައި.-- ފޮޓޯ: ސްޓޫޑެންޓް ޔޫނިއަން

ފްލައިން ސްކޫލުގައި ދުއްވާ ބޯޓުތައް ޕާކްކޮށްފައި.-- ފޮޓޯ: ސްޓޫޑެންޓް ޔޫނިއަން

އައްޑޫ ފްލައިން ސްކޫލު ހިންގުމުގެ އެއްބަސްވުމުގައި އެވިޑް ކޮލެޖުގެ ފަރާތުން ސޮއިކުރި ނަމަވެސް މާ ބޮޑު މުސްތަގުބަލެއް އެ ސިޓީގައި އޮތް ކަމަކަށް މުޝްތާގްގެ ވާހަކަތަކުން ދޭހައެއް ނުވެ އެވެ.

އޭނާ އެންމެ އިސްކަމެއް ދެއްވަނީ ކޮންމެ ތަނެއްގައި ފްލައިން ސްކޫލު ހިންގަން ޖެހުނަސް ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދިނުމަށެވެ. ދަރިވަރުންގެ ކިޔެވުން ގެއްލިޔަ ނުދިނުމަށެވެ. އެކަމަކު، އަދިވެސް އުއްމީދު ކުރައްވަނީ މިހާރު ސްކޫލު ހިންގާ އިމާރާތުގައި ތަން ހިންގުމަށް ފުރުސަތު ލިބުން ކަމަށާއި މުއްދަތު އިތުރު ނުކުރެވި، އެވިޑަށް ފުރުސަތެއް ނުލިބި ލަސްވާ ނަމަ ދަރިވަރުންނަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް މުޝްތާގް ވިދާޅުވި އެވެ.

އޭނާގެ ނަޒަރުގައި ދަރިވަރުންނަށް މިހާރު އެންމެ ބޮޑަށް ލުއިވާނީ އައްޑޫގައި ފްލައިން ސްކޫލު ހިންގުމުންނެވެ. އެކަމަކު، ކަންކަން ކުރިއަށް ދާ ގޮތުން، އެހެން އެކަން ކޮށްގެން ދަރިވަރުންނަށް ގެއްލުން ވެދާނެ ކަމުގެ ބިރު ވެސް ބޮޑެވެ.

މިހާރު އޮތީ ޕްލޭންތައް ހެދުން

އެޑިވް ކޮލެޖުން މިހާރު މައިގަނޑު ގޮތެއްގައި ކުރަމުން އަންނަނީ ފްލައިން ސްކޫލު ހިންގަން ފަށައިގަތުމަށްޓަކައި ކަންކަން ރޭވުމުގެ މަސައްކަތްތަކެވެ. އޭގެ ތެރޭގައި މިހާރު ތިިބި ޓްރެއިނަރުންގެ އިތުރުން އާ މީހުން ގެނައުން ހިމެނެ އެވެ.

ނަމަވެސް އަދިވެސް ކަންކަން ހުރީ ޕްލޭނިން ސްޓޭޖުގައި ކަމަށް ވުމުން، ޕައިލެޓުން ތަމްރީނު ކުރާ މީހުންނާ ގުޅިގެން އަންނާނެ ބަދަލުތަކުގެ ތަފްސީލު މިވަގުތު ދެވެން ނެތް ކަމަށް މުޝްތާގް ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުޝްތާގް ވިދާޅުވީ، ދަރިވަރުންގެ ތަމްރީނުތައް ނުވަތަ އުދުހުން މެދުކެނޑިފައިވާ މައްސަލަ އަށް ހައްލެއް ގެނައުމަށް ބޭނުންވާ ސްޕެއާ ޕާޓްސް ގެންނަން މަސައްކަތް ކުރާ ކަމަށާއި މިހާރު އެކުލަވާލާފައިވާ ޕްލޭންގެ ދަށުން، އެ ޓައިމްލައިނުގައި ކަންކަން ކުރެވިއްޖެ ނަމަ މި އަހަރުގެ ސެޕްޓެމްބަރު މަހު ފްލައިންގެ ކަންކަން ފެށޭނެ ކަމަށެވެ.

އެވިޑް ކޮލެޖުން ފްލައިން ސްކޫލް ހިންގުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް ބޭނުންވާ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ. އެކަމަކު، ލައިސަންސް ލިބެން ހަ މަހުގެ ޓްރާންސިޓް މުއްދަތެއް ހޭދަވާން ކަމަށް ބެލެވޭއިރު، އެ މުއްދަތުގައި ބޭނުންކުރާނީ ލަންކާގެ ކުންފުނީގެ ލައިސަންސް ކަމަށް މުޝްތާގް ވިދާޅުވި އެވެ.

ފްލައިން ސްކޫލް އައްޑޫގައި ހިންގޭނެ ކަމާ މެދު ސުވާލު އުފެދޭ.

ފްލައިން ސްކޫލް އައްޑޫގައި ހިންގޭނެ ކަމާ މެދު ސުވާލު އުފެދޭ.

އައްޑޫ ފްލައިން ސްކޫލުގެ މައްސަލަ ހައްލު ނުކުރެވި ގިނަ ދުވަސްތަކެއް ވުމުން، އެ ތަނުގައި ކިޔަވާ ދަރިވަރުންނަށް ވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފަ އެވެ. އެތައް ކުދިންނެއްގެ ކިޔެވުން މެދުކެނޑި، ތަނުގެ ހިންގުން ވެސް މަޑުޖެހުމަކަށް އައިސްފައިވަނިކޮށް، ސިވިލް އޭވިއޭޝަން އޮތޯރިޓީން ސްކޫލުގެ މައްސަލަ ބަލަން ފަށައި ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިކަމުގެ ތެރެއަށް ވަދެވަޑައިގެން ކޮންމެވެސް ކޮޅެއްގައި ޖެއްސެވީ އެވެ.