21 ޖޫން 2021
ކެންސަރަށް ފަރުވާ ހޯދާއިރު ކީމޯތެރަޕީގެ ސަބަބުން ބޮލުގެ އިސްތަށި ފައިބާތީ އެކަން ތަހަންމަލްކުރާ ކުދިންނަށް ބޭނުންވާ ވިގް ފޯރުކޮށް ހޯދައިދޭން މަސައްކަތްކުރާ ޗެރިޓީއަކަށް އަމިއްލަ އިސްތަށިގަނޑު ކޮށާލައި ހަދިޔާކުރި ފުރާވަރުގެ އަންހެން ކުއްޖަކު ކެންސަރަށް ފަރުވާ ހޯދަން ޖެހި، އަމިއްލަ އަށް ވިގެއް ޖަހައިފި އެވެ.
ކެންސަރަށް ފަރުވާ ހޯދާއިރު ކީމޯތެރަޕީގެ ސަބަބުން ބޮލުގެ އިސްތަށި ފައިބާތީ އެކަން ތަހަންމަލްކުރާ ކުދިންނަށް ބޭނުންވާ ވިގް ފޯރުކޮށް ހޯދައިދޭން މަސައްކަތްކުރާ ޗެރިޓީއަކަށް އަމިއްލަ އިސްތަށިގަނޑު ކޮށާލައި ހަދިޔާކުރި ފުރާވަރުގެ އަންހެން ކުއްޖަކު ކެންސަރަށް ފަރުވާ ހޯދަން ޖެހި، އަމިއްލަ އަށް ވިގެއް ޖަހައިފި އެވެ.
އިނގިރޭސިވިލާތުގެ ލީސެސްޓަޝަޔާ އަށް ނިސްބަތްވާ ކިޔާ، 15، އަށް ކެންސަރުގެ ބާވަތެއް ކަމަށްވާ ހޮޖްލިންސް ލީމްފޯ ކަނދުރާ އަށް ޖެހިފައިވާކަން އެނގުނީ ޗެރިޓީ، ލިޓްސް ޕްރެސެސް ޓްރަސްޓް އަށް އޭނާގެ އިސްތަށިގަނޑު ހަދިޔާކުރިތާ އަހަރެއް ފަހުންނެވެ. އެކަން އެނގުނީ މިދިޔަ އަހަރު ޖީސީއީ އޯ ލެވެލް އިންތިހާނުގައި އިށީން ދުވަހު އެވެ.
"އިމްތިހާނަށް ދާން އޮތް ދުވަހު އެކަން އެނގުނީމާ ވަރަށް ދެރަވި. އެކަމަކު ބައްޔާ އެކު ވެސް އަހަރެން އިމްތިހާނު ފުރިހަމަކުރިން،" ކިޔާ ބުންޏެވެ.
އޭނާ މިހާރު ހުރީ ކެންސަރުގެ ހަތަރު ވަނަ ސްޓޭޖްގަ އެވެ.
ކެންސަރަށް ފަރުވާ ހޯދާ ކުދިންނަށް އެހީވާން މަސައްކަތްކުރި ކުއްޖަކު ކެންސަރުގެ ޝިކާރައަކަށްވުމުން ވަރަށް ގިނަ ބައެއްގެ އެހީ މިހާރު ވަނީ ލިބެން ފަށައިފަ އެވެ.
https://t.co/iHOV2HefqG @LPTrustUK
— Steve (@steve_grimbleby) June 20, 2021
ކިޔާ އަށް ކެންސަރު ޖެހުނުކަން އެނގުމުން ލިޓްލް ޕްރިންސެސް ޓްރަސްޓްގެ ބާނީ ވެންޑީ ޓާޕްލީ-މޮރިސް ބުނީ އެކަމާ ވަރަށް ދެރަވި ކަމަށެވެ.
"އެ ޚަބަރު ލިބުނު ދުވަހަކީ ވަރަށް ހިތްދަތިވި ދުވަހެއް. ކިޔާ އަށް އެފަދަ ހާލަތެއް ދިމާވުމަކީ އަހަރެމެން އެންމެން ފެންކަޅިކޮށްލި ކަމެއް،" އޭނާ ބުންޏެވެ.
ވެންޑީ ބުނި ގޮތުގައި ކިއާ އަށް ކެންސަރު ޖެހުނުކަން އެނގުމާ އެކު މީހުން އަންނަނީ ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެމުންނެވެ.
ކިޔާ މިހާރު ފަރުވާ ހޯދަމުން އަންނަ އިރު، ފަރުވާ އަށް ބޭނުންވާ ފަންޑް ހޯދަން ކުރާ މަސައްކަތުގައި މަޝްހޫރު ބައެއް މީހުން ވެސް އަންނަނީ ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި ލިވަޕޫލް އަށް ކުޅޭ ސްކޮލޭންޑްގެ ފުޓްބޯޅަ ތަރި އެންޑޫ ރޮބަޓްސަން ހިމެނެ އެވެ.
"ކިޔާއާ އެކު އަހަރެމެން އެންމެން މި ތިބީ. އެހެންވީމާ ބައްޔާ ދެކޮޅަށް ވަރަށް ހިތްވަރުކުރަން ވާނެ،" ކިޔާ އަށް އެންޑީ ފޮނުވި މެސެޖެއްގައި ބުންޏެވެ.
އުރަމަތީގެ ކެންސަރު ދެނެގަންނަން އޭއައި
ކުޑަކަމުދާ ތަކެތިން ޕްރޮސްޓޭޓް ކެންސަރު ދެނެގަންނަނީ
ބައިޑެން އިނގިރޭސި ވިލާތަށް ވަޑައިގަންނަވަނީ
ޔޫކްރޭނަށް މަތިންދާބޯޓު ދޭން ކޯލިޝަނެއް ހަދަނީ
ނިއުކްލިއާ މުއާހަދާ އަށް އީރާނުގެ ވަރުގަދަ ޝަރުތުތަކެއް
އެމެރިކާ އާއި ޔޫރަޕްގައި އޮމިކްރޯންގެ ބިރު ބޮޑުވަނީ
ކިޑްނެޕްކުރި ކުއްޖަކު ހޯދީ ޓިކްޓޮކުން ދަސްވި އިޝާރާތުން
"ޓައިގާ ކިންގް" އަށް ކެންސަރު ޖެހިއްޖެ
ވިލްޑީން ބޭނުމީ އެންމެ ކުރު ފާމަސިސްޓަށް ވާން
ކެންސަރު ޖެހުނު "ފްރެންޑްސް" ގެ ތަރި މަރުވެއްޖެ