Roadha Mihaaru
އިންތިޚާބު މައްސަލައިގެ ތެރެއަށް އެމްޑީޕީން ވަންނަނީ

އިންތިޚާބު ފަސްކުރުމުގެ މައްސަލައިގެ ތެރެއަށް އެމްޑީޕީން ވަންނަން ހުށަހަޅައިފި

21 ނޮވެމްބަރ 2016

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ޕީޕީއެމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވަންނަން އެމްޑީޕީން މިއަދު ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ޕީޕީއެމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވަންނަން އެމްޑީޕީން މިއަދު ހުށަހަޅައިފި އެވެ.

ކައުންސިލްތަކުގެ އިންތިޚާބު ދެ މަހަށް ފަސްކުރުމަށް އަމުރުކޮށްދޭން އެދި ޕީޕީއެމުން ހުށަހެޅީ، އެ ޕާޓީ ބައިބައިވުމުގެ ސަބަބުން އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ އެވެ. އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވާން އެމްޑީޕީން ކޯޓަށް ހުށަހެޅިކަން އެ ޕާޓީގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ ނަމުގައި ކޯޓަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ކޯޓުން ވަނީ އެ އިންތިޚާބަށް ރީ-ރަޖިސްޓްރީ ކުރުން މުއްދަތެއް ނެތި ކުރިއަށް ގެންދަން ރޭ އަމުރުކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ ރީ-ރަޖިސްޓްރީ ކުރުން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށެވެ.

އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް ޕީޕީއެމުން ހުށަހެޅި މައްސަލައަށް ކޯޓުގައި ޖަވާބުދާރީވާނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. އެ މައްސަލާގައި ދެ ފަރާތުން މިއަދު ބަޔާން ބަދަލުކޮށްފައިވާއިރު ދެން އޮންނާނީ ޝަރީއަތުގެ އަޑުއެހުންތައް ފެށުމެވެ.