Roadha Mihaaru
ފިޔާ، އަލުވި އަދި ބިސް އެއް އަގެއްގައި ހިފަހައްޓަނީ

އެސްޓީއޯގެ އަމާޒު: ފިޔާ، އަލުވި އަދި ބިސް އެއް އަގެއްގައި ހިފެހެއްޓުން، ކޮންޓްރޯލެއް ނުކުރާނެ

04 ޖޫން 2016

ރޯދަ މަހު އެސްޓީއޯ އިން ވިއްކާ ފިޔާ، އަލުވި އަދި ބިސް، އެއް އަގެއްގައި ހިފެހެއްޓުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް އެ ކުންފުނިން އިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރޯދަ މަހު އެސްޓީއޯ އިން ވިއްކާ ފިޔާ، އަލުވި އަދި ބިސް، އެއް އަގެއްގައި ހިފެހެއްޓުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް އެ ކުންފުނިން އިން މިއަދު ބުނެފި އެވެ.

ބާޒާރުގައި ދަތިކަމެއް ނެތި ފިޔާ، އަލުވި އަދި ބިސް ލިބޭނެ މަގު ފަހިކޮށް ދިނުމަށް، އޭގެ ޝިޕްމަންޓެއް މިދިޔަ ބުރާސްފަތި ދުވަހު ވަނީ މާލެ ގެނެސްފަ އެވެ. މިއީ އެސްޓީއޯއިން ރޯދައާ ދިމާކޮށް ގެނައި ދެވަނަ ޝިޕްމަންޓެވެ. އެ ކުންފުނީގެ ފުރަތަމަ ޝިޕްމަންޓް ގެނައީ މިދިޔަ މަހު އެވެ.

އެސްޓީއޯގެ ފުޑް އެންޑް ބެވަރެޖާސްގެ ޖެނެރަލް މެނޭޖަރު ފާތިމަތު އާޝާން މިއަދު ވިދާޅުވީ ދެވަނަ ޝިޕްމަންޓް ކްލިއާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ދެވަނަ ޝިޕްމަންޓް މިއަދު މެންދުރުފަހު ބާޒާރަށް ނެރެވޭވަރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން މި ބާވަތްތައް އެއް އަގެއްގައި ހިފަހައްޓަން. --އާޝަން

އެސްޓީއޯ އިން ފިޔާ ބަސްތާއެއް ވިއްކަނީ 160ރ. އަށެވެ. އަދި 250ރ. އަށް އަލުވި ބަސްތާއެއް ވިއްކާއިރު، ބިސް ކޭހެއްގެ އަގަކީ 275ރ. އަށެވެ. އެކަމަކު ބާޒާރުގައި މި ބާވަތްތައް ވިއްކާ އަގު ބޮޑެވެ.

ބާޒާރުގައި ފިޔާ ބަސްތާއެއް 250ރ. އަށް ވުރެ މަތީގައި އުޅޭއިރު އަލުވި ބަސްތާއެއް ވިއްކަނީ 300ރ. އަށް ވުރެ މަތީގަ އެވެ. އަދި ބިސް ކޭހެއްގެ އަގު އުޅެނީ 350ރ. އަށް ވުރެ މަތީގަ އެވެ.

ބާޒާރު މަތީ ފިހާރައަކުން މީހަކު އަލުވި ގަންނަނީ. އެސްޓީއޯ އިން އަލުވި ބަސްތާއެއް ވިއްކަނީ 250ރ. އަށް. -- ފޮޓޯ:ނިޝާން އަލީ/މިހާރު

ބާޒާރު މަތީ ފިހާރައަކުން މީހަކު އަލުވި ގަންނަނީ. އެސްޓީއޯ އިން އަލުވި ބަސްތާއެއް ވިއްކަނީ 250ރ. އަށް. -- ފޮޓޯ:ނިޝާން އަލީ/މިހާރު

އާޝާން ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ފިޔާ، އަލުވި އަދި ބިސް ކޮންޓްރޯލް ކޮށްފައި ނުވާ ފަދައިން ކުރިއަށް އޮތް ތަނުގައި ވެސް އެ ބާވަތްތައް ކޮންޓްރޯލް ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ޑިމާންޑަށް ބަލާފައި އިތުރު ޝިޕްމަންޓްތައް ގެނައުމުގެ މަސައްކަތް ރާވާނަން. --އާޝާން

ފިޔާ، އަލުވި އަދި ބިސް ވިއްކުމަށް އެސްޓީއޯގެ ހަ ނަންބަރު ކޮށި ވަނީ ހާއްސަކޮށްފަ އެވެ. އަދި ރަށް ރަށުގައި ހުންނަ 13 ފިހާރަ އިން އެސްޓީއޯ އިން ވިއްކާ އަގުގައި މި ބާވަތްތައް ގަންނަން ލިބޭނެ އެވެ.