Roadha Mihaaru
ހެންޑަސަން ޕެނަލްޓީ ޖެހުމުން ސައުތުގޭޓަށް ކަމަކު ނުދިޔަ

ހެންޑަސަން ޕެނަލްޓީ ޖެހުމުން ސައުތުގޭޓަށް ކަމަކު ނުދިޔަ

07 ޖޫން 2021

މިޑްލްސްބަރާ (ޖޫން 7) - ރުމޭނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، އިންގްލެންޑުގެ ޕެނަލްޓީ ވައިސް ކެޕްޓަން ޖޯޑަން ހެންޑަސަން ޖެހުމުން އެކަން ކަމުނުދާކަން ހާމަވާ ގޮތަށް އެ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ވާހަކަ ދައްކައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިޑްލްސްބަރާ (ޖޫން 7) - ރުމޭނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، އިންގްލެންޑުގެ ޕެނަލްޓީ ވައިސް ކެޕްޓަން ޖޯޑަން ހެންޑަސަން ޖެހުމުން އެކަން ކަމުނުދާކަން ހާމަވާ ގޮތަށް އެ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ވާހަކަ ދައްކައިފި އެވެ.

ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ރުމޭނިއާއާ ދެކޮޅަށް ރޭ ކުޅުނު މެޗު އިންގްލެންޑް ކާމިޔާބު ކުރީ 1-0 އިންނެވެ. އެ ލަނޑަކީ ޕެނަލްޓީން މާކޯސް ރަޝްފާޑް ކާމިޔާބު ކުރި ލަނޑެކެވެ. އޭގެ ފަހުން ވެސް އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެ ޕެނަލްޓީ ފޮނުވާލީ ހެންޑަސަން އެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ރުމެނީއާގެ ކީޕަރު ފްލޮރިން ނީޓާ ދިފާއު ކުރި އެވެ.

އިންގްލެންޑްގައި ޕެނަލްޓީ ޖަހަން އިސްކަން ދޭ ލިސްޓްގައި އެންމެ ކުރިގައި ހިމެނެނީ ރަޝްފާޑް އާއި ޖޭމްސް ވޯޑް ޕްރޯސް އެވެ. އެ ދެ ކުޅުންތެރިންގެ ފަހަތުން ޑޮމިނިކް ކަލްވާޓް ލުވިން އެވެ.

އިންގްލެންޑަށް ދެ ވަނަ ޕެނަލްޓީ ލިބުނު ވަގުތު ރަޝްފާޑް އާއި ޖޭމްސް ދަނޑުގައި ނެތެވެ. ނަމަވެސް ޑޮމިނިކް ކަލްވާޓް ދަނޑުގައި ހުއްޓެވެ. ޕެނަލްޓީ ލިބުނީ ވެސް ކަލްވާޓް އަށް ކުރި ފައުލަކާ ގުޅިގެންނެވެ. ލިބުނު ޕެނަލްޓީ ޖެހީ ހެންޑަސަން އެވެ.

"އަހަރެން ހީކޮށްގެން ހުރީ ޑޮމިނިކް ކަމަށް އެ ޕެނަލްޓީ ޖަހާނީ،" މެޗަށް ފަހު ވާހަކަ ދައްކަމުން ސައުތުގޭޓް ބުންޏެވެ.

"ހެންޑޯ (ހެންޑަސަން) އަކީ ދަނޑުމަތީގައި ހުރި ކެޕްޓަން އަދި އޭނާއަކީ އެ ނިންމުން ނިންމަން ހުރި ކުޅުންތެރިޔާ."

"އަހަރެން މިއީ ޑޮމިނިކް ނަމަ އެ ޕެނަލްޓީ އެހާ ފަސޭހައިން ދޫކޮށް ނުލާނަން. ޕްރެކްޓިހުގައި ޕެނަލްޓީ އާ މެދުވެސް އަހަރެން ވަރަށް ފަރުވާތެރިވަން. އެކަން އެވީކީ އަހަރެން ބޭނުންވި ގޮތަކަށް ނޫން. ދެން އެގޮތަށް އެކަން ހިނގާކަށް އަހަރެން ފުރުސަތެއް ނުދޭނަން."

ޔޫރޯގައި އިންގްލެންޑް ލައްވާލީ ކްރޮއޭޝިއާ އާއި ޗެކްރިޕަބްލިކް އަދި ސްކޮޓްލޭންޑާ އެކު ގުރޫޕް ޑީ ގަ އެވެ. އިންގްލެންޑް ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.