ރިސޯޓް ހެދުމަށް ދޫކުރި ހއ. ބީނާފުށްޓާއި އެރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅު އެހެން ބަޔަކަށް ދިނުން މަޑުޖައްސާލަން އަމުރު ނެރެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
21 ނޮވެމްބަރ 2016
ރިސޯޓް ހެދުމަށް ދޫކުރި ހއ. ބީނާފުށްޓާއި އެރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅު އެހެން ބަޔަކަށް ދިނުން މަޑުޖައްސާލަން އަމުރު ނެރެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ބީނާފުށްޓާއި އެ ރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅު ކިޔާ ސޭންޑް ބޭންކް ކުރިން ދީފައި އޮތީ ރައްޔިތުުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް ކުންފުންޏަށެވެ. އެކަމަކު މިދިޔަ އޮގަސްޓް މަހު ޓޫރިޒަމް މިނިސްޓްރީން ވަނީ އެއްބަސްވުން ބާތިލްކޮށް، އެ ދެ ތަން އަތުލައިފަ އެވެ.
އެ މައްސަލަ ޔޮޓް ޓުއާޒުން ކޯޓަށް ހުށަހަޅައި، އެ ކުންފުނިން އެދުނީ މައްސަލަ ނިމެންދެން އެރަށާއި ފިނޮޅު އެހެން ބަޔަކަށް ނުދެވޭ ގޮތަށް އަމުރެއް ނެރެ ދިނުމަށެވެ. އެކަމަކު މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ކޯޓުގެ ނިންމުމުގައިވަނީ އެރަށާއި ފިނޮޅުގެ އެއްބަސްވުން ސަރުކާރުން ބާތިލްކޮށްފައިވާ ކަމަށާއި މައްސަލައިގެ މައުޟޫއަށް އަސަރު ކުރާ ފަދަ ގޮތަކަށް ވަގުތީ އަމުރު ނުނެރެވޭނެ ކަމަށެވެ. އެގޮތަށް އަމުރު ނެރެދީފި ނަމަ އެކަން ވަނީ މައްސަލައިގެ މައުޟޫއަށް ކުރިއާލައި ހިމާޔަތް ދިނުން ކަމަށް އެ ނިންމުމުގައިވެ އެވެ.
ބީނާފުށްޓާއި ފިނޮޅުގެ އެއްބަސްވުން ބާތިލްކޮށް، އެ ދެތަން ސަރުކާރުން އަތުލީ ކުއްޔާއި ކުލީގެ ޖޫރިމަނާ ނުދައްކާ ކަމަށް ބުނެއެވެ.
ފޮއްތެޔޮ ފަޅާ ގުޅޭ ދައުވާ ކޯޓުން ކުރިއަށް ނުގެންދިޔަ
ފޮއްތެޔޮ ފަޅު ކުއްޔަށް ދިނުން ކޯޓުން ނުހުއްޓުވި
ބޮޑުކާށިހުރާ ސަރުކާރުން އަތުލީ ރަނގަޅަށް: ސިވިލް ކޯޓް
ބޮޑުކާށިހުރާ ކުއްޔަށް ދިނުން ހުއްޓުވަން އަމުރެއް ނުދިން
ޒިޔަތުގެ އާއިލީ ކުންފުންޏަކަށް ދިން ފައިސާ ދައުލަތަށް
ދިއްފުށީ ފަޅުގެ މަސައްކަތް ހުއްޓުވީ ރަނގަޅަށް:ހައިކޯޓް
ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އިނގިރޭސިވިލާތުން
ކާށިދޫ އާއި ކެލާ ފަޅުގައި ރިސޯޓުހަދަން އިއުލާނުކޮށްފި
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ޑޮލަރުގެ މައްސަލަ ހައްލުވާން ފަށައިފި، ބަދަލު ފެންނާނެ