Roadha Mihaaru
ކުރިއަށް އޮތް ތިން ދުވަހު ވެސް ވައި މަޑެއްނުވާނެ

ކުރިއަށް އޮތް ތިން ދުވަހު ވެސް ވައި މަޑުވާނެ ކަމަކަށް ނުބެލެވޭ: މެޓް

31 މެއި 2021

ކުރިއަށް އޮތް ތިން ދުވަހު ވެސް ވައި މަޑުވާނެ ކަމަށް ލަފާނުކުރެވޭ ކަމަށާއި، ވައި އެންމެ މަޑުވާނެ ކަމަށް ވެސް ލަފާކުރެވެނީ ގަޑިއަކު 13-23 މޭލާ ދެމެދުގެ ބާރުމިނަކަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ކުރިއަށް އޮތް ތިން ދުވަހު ވެސް ވައި މަޑުވާނެ ކަމަށް ލަފާނުކުރެވޭ ކަމަށާއި، ވައި އެންމެ މަޑުވާނެ ކަމަށް ވެސް ލަފާކުރެވެނީ ގަޑިއަކު 13-23 މޭލާ ދެމެދުގެ ބާރުމިނަކަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

ރޭ ފަތިހު 4:00 އިން މެންދުރު ފަހު 3:00 އާ ހަމައަށް މެޓުން މުޅި ރާއްޖެއަށް ނެރެފައިވާ ވައިޓް އެލާޓްގައިވާ ގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ އެވެ.

މެޓްގެ މީޓިއޮރޮލޮޖިސްޓަކު "މިހާރު" އަށް ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހު ވެސް ވައި މަޑުވާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ. އަދި އެންމެ ބޮޑަށް ވެސް ވައި މަޑުވާނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދަށް ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށާއި، ނަމަވެސް ދެކުނުގެ ބައެއް އަތޮޅުތަކަށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ދިޔަވަރު ބޮޑުވާ ވަގުތު ވައިގަދަވެ، ކަނޑުތައް ގަދަވުމުގެ ސަބަބުން ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވާ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މި ދުވަސްވަރުގެ މޫސުން ހުރި ގޮތުން މެޓުން ވަނީ ކަނޑުދަތުރު ކުރާއިރު އެކަމަށް ސަމާލުވާން އެދިފަ އެވެ.