19 ޖުލައި 2020
މުޅި ރާއްޖެ އަށް މިއަދުގެ ވަކި ވަގުތުތަކެއްގައި ވިއްސާރަކޮށް، ރާޅުއަރާފާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފި އެވެ.
މުޅި ރާއްޖެ އަށް މިއަދުގެ ވަކި ވަގުތުތަކެއްގައި ވިއްސާރަކޮށް، ރާޅުއަރާފާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ނެރުނު ވައިޓު އެލާޓުގައިވާ ގޮތުން، މިއަދު ހެނދުނު 10 ން މެންދުރުފަހު ތިނަކާ ހަމައަށް ހއ. ން އައްޑު އަށް ބޯކޮށް ވާރޭ ވެހޭނެ އެވެ.
މެޓް އޮފީހުން ބުނީ އެ ވަގުތު ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބަރު މިނުގައި ވައި ޖެހޭނެ ކަމަށް ވެސް އެލާޓުގައި ވެ އެވެ.
މެޓުން ބުނިގޮތުގައި، ބޯކޮށް ވާރޭ ވެހި ކަނޑު ގަދަވެ، ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ވެސް އެބައޮތެވެ.
އިއްޔެ އިން ފެށިގެން ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ކަނޑުމަތީގެ ބައެއް ހާދިސާތައް ވެސް ވަނީ ހިނގައިފަ އެވެ. އޭގެ ތެރޭގައި ދޯންޏެއް ބަންޑުން ޖަހާލައި ބަޔަކު ކަނޑުވުމާއި ސަޕްލައި ދޯންޏެއް ދިޔަވުން ފަދަ ކަންކަން ހިމެނެ އެވެ. އެ ދެ ހާދިސާގައި ވެސް ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީ، މީހުންނާއި މުދާތައް ސަލާމަތް ކޮށްދީފަ އެވެ.
މިއަދު ހެނދުނު ވެސް މެޓުން ވަނީ ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓެއް ނެރެފަ އެވެ. މެޓުން ލަފާކުރާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވާނެ އެވެ. ކަނޑު ގަދަ ވާނެ ކަމަށް ވެސް ލަފާކޮށްފައި ވެ އެވެ.
ދަރަވަންދުއަށް އިއްޔެ 65 މޭލަށް ވައިބާރުވި
ހޯމަ ދުވަހާ ހަމައަށް ވައި މަޑެއް ނުވާނެ: މެޓް
މި ހަފުތާގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް
ރާއްޖޭގެ އެންމެ އުތުރަށް އޮރެންޖް އެލާޓް ނެރެފި
ކުރިއަށް އޮތް 48 ގަޑިއިރު ވެސް ވައި ގަދަވާނެ: މެޓް
އާދަޔާ ހިލާފަށް ވައި ބާރެއްނުވާނެ: މެޓް
ކޮޅިގަނޑު ރާއްޖެއާ ދުރަށް، ތޫފާނަކަށް ވުން ގާތް!
ބައެއް ރަށްރަށަށް އުދަ އަރާނެ: މެޓް
މިފަހަރު ފެން އީދަކަށް! ހުރިހާ ހިސާބަކަށް މޫސުން ގޯސް
ބައެއް ސަރަހައްދުތަކަށް މިއަދު ވެސް މޫސުން ގޯސްވެދާނެ