03 ފެބުރުއަރީ 2021
މިހާތަނަށް ރާއްޖޭގައި އެންމެ ހޫނުގަދަ ދުވަހުގެ ގޮތުގައި ރިކޯޑްކުރެވިފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައި، 34 ސެލްސިއަސް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ބުނެފި އެވެ.
މިހާތަނަށް ރާއްޖޭގައި އެންމެ ހޫނުގަދަ ދުވަހުގެ ގޮތުގައި ރިކޯޑްކުރެވިފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައި، 34 ސެލްސިއަސް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ބުނެފި އެވެ.
މެޓް އޮފީހުން މިދިޔަ ހޯމަ ދުވަހު އާންމުކުރި ތަފާސްހިސާބުތައް ބުނާ ގޮތުން މިދިޔަ އަހަރުގެ ދެ ދުވަހެއްގައި 34.9 ޑިގްރީ ސެލްސިއަސް ރާއްޖޭގެ ދެ ސްޓޭޝަނެއްގައި ރެކޯޑް ކުރެވިފައި ވެ އެވެ. އޭޕްރިލް 16 ވަނަ ދުވަހު ހދ. ހަނިމާދޫ ސްޓޭޝަނުންނާއި އަދި މިދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ މޫސުން ބަލާ ސްޓޭޝަނުން އެ ދެ ދުވަސް ރިކޯޑްކޮށްފައި ވަނީ، އެ ސްޓޭޝަނުގެ ރެކޯޑުތަކުން މިދިޔަ އަހަރު އެންމެ ހޫނު ގަދަ ދުވަހުގެ ގޮތުގަ އެވެ.
އެއީ މިހާތަނަށް ވެސް ރާއްޖޭގައި ރިކޯޑްކޮށްފައިވާ އެންމެ ގަދަ ހޫނު ކަމަށް މެޓް އޮފީހުން ބުންޏެވެ. ރާއްޖޭގެ މޫސުން އެވްރެޖްކޮށް ހުންނަނީ 30 ޑިގްރީ ސެލްސިއަސްގަ އެެވެ.
Accurate and standardized data collection is key to understanding weather and enabling research.
— Maldives Meteorology (@MetMaldives) February 1, 2021
MMS strived to continue hourly weather observations 24/7, across the country through out 2020, despite the challenges of the ongoing global pandemic. pic.twitter.com/fd7WFdoLrL
މިދިޔަ އަހަރުގެ މޫސުމާ ގުޅޭ ތަފާސްހިސާބުތައް އާންމުކުރަން މެޓް އޮފީހުން ކުރި ޓްވީޓެއް
މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުގައި ހިމެނެނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބޭނުންކުރަމުން އަންނަ މޫސުމާ ބެހޭ ސްޓޭޝަންތަކުން ރިކޯޑްކުރާ ޑޭޓާ އެވެ. ހުޅުމާލޭގައި ހުންނަ ސްޓޭޝަނުގެ އިތުރުން ހދ. ހަނިމާދު އާއި ލ. ކައްދު އާއި ގދ. ކާޑެއްދޫގެ އިތުރުން ސ. ގަމުގައި ހުންނަ ސްޓޭޝަން ރިކޯޑްކުރާ ޑޭޓާ އެ އިދާރާ އިން ވަނީ އާންމުކޮށްފަ އެވެ.
އެހެން ސްޓޭޝަންތަކުގައި އެންމެ ހޫނު ކަމަށް ރިކޯޑްކޮށްފައި ހުރީ 33.6 އާއި 33.0 ޑިގްރީ ސެލްސިއަސް އެވެ. މިދިޔަ އަހަރު އެންމެ ފިނި ދުވަހެއްގައި ރިކޯޑްކޮށްފައި ވަނީ ސ. ގަމުގައި ހުންނަ ސްޓޭޝަނުން ޖުލައި ފަސް ވަނަ ދުވަހު އެވެ. އެ ދުވަހު ފިނިހޫނުމިން ހުރީ 21.6 ސެލްސިއަސްގަ އެވެ.
ރާއްޖޭގައި މިހާތަނަށް ފިނިހޫނުމިން އެންމެ ދަށް ދުވަހެއްގެ ގޮތުގައި ރިކޯޑްކުރެވިފައި ވަނީ މީގެ 37 އަހަރު ކުރިން 1984 ގަ އެވެ. އެ އަހަރުގެ ނޮވެމްބަރު 23ގައި ރާއްޖޭގެ ފިނިހޫނުމިން ހުރީ 19 ޑިގްރީ ސެލްސިއަސްގައި ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން އާންމުކުރި ހިސާބުތަކުން ފެންނަ ގޮތުގައި މިދިޔަ އަހަރު 10،016.8 މިލިލީޓަރުގެ ވާރޭވެހުނު އެވެ. އޭގެ ތެރެއިން އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރިކޯޑުކޮށްފައި ވަނީ ހދ. ހަނިމާދޫގައި ހުންނަ ސްޓޭޝަނުންނެވެ. މިދިޔަ އަހަރު 2،120.9 މިލިމީޓަރު ވާރޭ ވެހުނު ކަމަށް ހަނިމާދޫ ސްޓޭޝަނުން ރިކޯޑްކޮށްފައި ވެ އެވެ.
ދަރަވަންދުއަށް އިއްޔެ 65 މޭލަށް ވައިބާރުވި
ހޯމަ ދުވަހާ ހަމައަށް ވައި މަޑެއް ނުވާނެ: މެޓް
މި ހަފުތާގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް
ރާއްޖޭގެ އެންމެ އުތުރަށް އޮރެންޖް އެލާޓް ނެރެފި
ގަދަވަޔާ އެކު އައި ކޮޅިގަނޑަކުން މާލެ ހުއްޓުމަކަށް
ކުރިއަށް އޮތް ތިން ދުވަހު ވެސް ވައި މަޑެއްނުވާނެ
ކުރިއަށް އޮތް 48 ގަޑިއިރު ވެސް ވައި ގަދަވާނެ: މެޓް
އާދަޔާ ހިލާފަށް ވައި ބާރެއްނުވާނެ: މެޓް
މޫސުން ރަނގަޅުވާނެ ކަމަށް ބެލެވެނީ ހޯމަ ދުވަހު: މެޓް
ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަކުރާނެ: މެޓް