Roadha Mihaaru
ހަރުކަށިފިކުރުގެ ތުހުމަތުކުރެވުނު ބަޔަކު ދޫކޮށްލައިފި

ހަރުކަށިފިކުރާ ދެކޮޅު އޮޕަރޭޝަންގައި ހައްޔަރުކުރިި 5 މީހަކު ދޫކޮށްްލައިފި

30 މެއި 2021

ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން އައްޑޫގައި ހިންގި އޮަޕަރޭޝަނުގައި ހައްުޔަރުކުރި މީހުންގެ ތެރެއިން ފަސްމީހަކު އިތުރަށް ބަންދުގައި ބޭތިއްބުމުގެ އަމުރު ނުލިބިގެން ދޫކޮށްލައިފި އެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން އައްޑޫގައި ހިންގި އޮަޕަރޭޝަނުގައި ހައްުޔަރުކުރި މީހުންގެ ތެރެއިން ފަސްމީހަކު އިތުރަށް ބަންދުގައި ބޭތިއްބުމުގެ އަމުރު ނުލިބިގެން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އައްޑޫން ހައްުޔަރުކުރި އަށް މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން އޭގެ ތެރެއިން ފަސްމީހަކު ދޫކޮށްލާފައިވާ ކަަމަށެވެ. އެ މީހުން ދޫކޮށްލީ، އެމީހުންނަށް ތުހުމަތު ކުރެވޭ މައްސަލައިގެ މައްސަލައިގެ ތަހުގީގުކުރިއަށްް ދަނިކޮށް ކަމަށް ވެސް ބުންޏެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް މި ފަހުން އައްޑޫގައި ފުލުހުން އޮޕަރޭޝަނެއް ހިންގީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހުގަ އެވެ. އެހަމަލާގެ ތަގުހީގާ އެކު އެކުގައި ފުލުުހުން ގެންދަނީ ހަރުކަށި ފިކުރު ފަތުރާ ފަރާތްތައް ހޯދުމުގެ އޮޕަރޭޝަންތަކެއް ވެސް ހިންގަމުންނެވެ.

އެގޮތުން އައްޑޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތް މީހުންގެ ތިން މީހަކު 15 ދުވަހަށް އަދި އަނެއް ހަތަރު މީހުން ހަތް ދުވަހަށް ބަންދުގައި ބައިތިއްބަން ކޯޓުން ފުރަތަމަ އަމުރު ކުރި އެވެ. އޭގެ ތެރެއިން ފަސް މީހަކު ދޫކޮށްލީ އޭރު ދިން އަމުރުގެ މުއްދަތު ހަމަވުމުންނެވެ.

ނަޝީދަށް ދިން ހަމަލާގެ ތުހުމަތަށް މިހައިތަނަށް ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ފުލުހުން ބުނެފައިވާ ގޮތުގައި ހަރުކަށިފިކުރު ފަތުރާކަމަށް ތުހުމަތުކުރެވޭ މީހުންނެވެ.