30 މެއި 2021
އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ފޭސްބުކާއި އޭގެ ދަށުން ހިންގާ އިންސްޓަގްރާމްގެ ލައިކްސް ފޮރުވޭ ގޮތް ހަދައިފި އެވެ.
އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ފޭސްބުކާއި އޭގެ ދަށުން ހިންގާ އިންސްޓަގްރާމްގެ ލައިކްސް ފޮރުވޭ ގޮތް ހަދައިފި އެވެ.
ދެ ޕްލެޓްފޯމް ބޭނުންކުރާ ހުރިހާ އެންމެންނަށް އެޕްްލައިވާ ގޮތަށް މި ބަދަލު މިދިޔަ ބުދަ ދުވަހު ރަސްމީކޮށް ގެނެސްފައި މި ވަނީ މިކަން 2019 އިން ފެށިގެން ޓެސްޓްކުރުމަށް ފަހު އެވެ. ބޭނުމަކީ ޕޯސްޓްތަކަށް ލިބޭ ލައިކްގެ އަދަދުގެ ސަބަބުން ދިމާވާ ނަފުސާނީ މައްސަލަތައް މަދުކޮށް، އިންސްޓަގްރާމާއި ފޭސްބުކަކީ ވެސް ބޭނުންކުރާ މީހުންނަށް ރައްކާތެރި ދެ ޕްލެޓްފޯމްކަން ކަށަވަރުކޮށް ދިނުމެވެ.
މީގެ ކުރިން ވެސް އިންސްޓަގްރާމުން ވަނީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފީޗާތަކެއް އެ ޕްލެޓްފޯމަށް ތައާރަފުކޮށްފަ އެވެ.
ލައިކްސް ފޮރުވޭ ގޮތަށް މިހާރު ހުރި ނަމަވެސް އެކަން ދޫކޮށްލީ އޮޕްޝަނެއްގެ ގޮތުގަ އެވެ. އެހެންވެ ލައިކްސް ފޮރުވަން ބޭނުންވާ މީހަކަށް އެ ފުރުސަތު ކޮންމެ ވަގުތަކު ވެސް އޮންނާނެ އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ ބެހޭ ގޮތުން ހަދާފައިވާ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ޕޯސްޓްތަކަށް ލިބޭ ލައިކްސް އަޅާކިޔުމުގެ މައްސަލަތަކާ އެފަދަ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ މެދުގައި ނަފުސާނީ އެކި ކަހަލަ މައްސަލަތައް ގިނަ އެވެ.
ފޭސްބުކުން ބުނި ގޮތުގައި އަލަށް މި ގެނައި ބަދަލާ އެކު ލައިކް ލިބޭ/ނުލިބޭ މިންވަރުގެ ސަބަބުން ކުރިމަތިވާ ޕްރެޝަރުތަކުން ބޭނުންކުރާ މީހުން ރައްކާތެރިކޮށް ދޭނެ އެވެ. ލިބޭ ލައިކްތަކަކީ އެ މީހެއްގެ މަގުބޫލުކަމާއި އެ މީހަކު ކުރާ ޕޯސްޓްތަކުގެ މަގުބޫލުކަން ކިރާ މިންގަނޑެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭތީ މީގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ގިނަ އެވެ. އެގޮތުން ލައިކްސް ގިނައިން ހޯދަން ބޭނުންވެ، ބައެއް މީހުން ނުރަނގަޅު ކަންކަން ކުރާކަން ވެސް ފާހަގަކުރެވެ އެވެ.
އިންސްޓަގެ ކުޑަކުދިންގެ ވާޝަން މަޑުޖައްސާލައިފި
އިންސްޓަގްރާމުން ލައިކްސް ފޮރުވޭ ގޮތް ހަދަނީ
އެފްބީ ދޫކޮށްލުމުން ހިތްހަމަޖެހޭ، އެކަމަކު ވާނުވާނޭނގޭ
ހާމަނާއީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި
ފޭސްބުކް، އިންސްޓަގްރާމް، ތްރެޑްސް ޑައުންވެއްޖެ
ހަފުތާއެއް ނުވަނީސް ތުރެޑްސްއަށް 100 މިލިއަން މީހުން
އިންސްޓަގްރާމާއި ފޭސްބުކް ވެރިފިކޭޝަން މިހާރު ގަނެވޭނެ
ދުވާލަކު ދެ ބިލިއަން މީހުން ފޭސްބުކް ބޭނުންކުރޭ
މެންކް ކިޔައިދެއްވީ ފުރައްސާރައަށް އޮތް ދީނީ ފަރުވާ
ހުއްދަނެތި ނޫސްތަކުގެ ކޮންޓެންޓް ބޭނުންކުރި މައްސަލައެއް