Roadha Mihaaru
މެއި 3ގައި ބީއެމްއެލް ކާޑު ސިސްޓަމް އަޕްގްރޭޑް ކުރާނެ

އަންނަ ބުރާސްފަތި ދުވަހު ބީއެމްއެލް ކާޑު ސިސްޓަމް އަޕްގްރޭޑް ކުރަނީ، ބައެއް ހިދުމަތްތައް މެދުކެނޑޭނެ

27 މެއި 2021

ބީއެމްއެލްގެ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބައެއް ހިދުމަތްތައް މެދުކެނޑޭނެ ކަމަށް ބީއެމްއެލް އިން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބީއެމްއެލްގެ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބައެއް ހިދުމަތްތައް މެދުކެނޑޭނެ ކަމަށް ބީއެމްއެލް އިން މިއަދު ބުނެފި އެވެ.

ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ މި މަސައްކަތް ކުރާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 10:00 އިން ހުކުރު ދުވަހުގެ ހެނދުނު 9:00އާ ދެމެދު ކަމަށެވެ. އެހެންކަމުން މި ވަގުތުތަކުގައި ރާއްޖެއާއި ރަާއްޖޭން ބޭރުގެ ކާޑުގެ ހިދުމަތްތައް ހިމެނޭހެން އޭޓީއެމް އާއި ޕީއޯއެސް އާއި އެމްޕޮސް، އަދި މާޗަންޓް ޕޯޓަލް އާއި ޕޭމަންޓް ގޭޓްވޭގެ އިތުރުން މޮބައިލް ޕޭ ގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެ ކަމަށް ބީއެމްްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ މި ހިދުމަތްތައް މެދުކެނޑުނު ނަމަވެސް އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގެ ހިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ ކަމަށެވެ.

ބޭންކުން ބުނިގޮތުގައި މިއީ ކުރިއަށް އޮތް ތާނގައި ހިދުމަތަކަށް ގެންނަ މުހިންމު ބަދަލުތައް ގެނައުމުގެ ބޭނުމުގައި އާއި ބޭންކިން ސިނާއަތުގައި ކަނޑައެޅިފައިވާ މިންގަޑުތަކާ އެއްގޮތަށް ހަރުދަނާ ކަމާއެކު ހިދުމަތް ދިނުމަށް މުހިންމު މަސަެްކަތެއް ކަމަށެވެ. އަދި މީގެ ސަބަބުން ކަސްޓަމަރުންނަށް ދެމުންދާ ބޭންކިން ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވޭނެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑުގެ ހިދުމަތްތައް ދެމުންދާ ބޭންކެވެ. އެގޮތުން، އެ ބޭންކުން އަންނަނީ 2004 ވަނަ އަހަރުން ފެށިގެން ބައިނަލްއަގުވާމީ ކާޑުތަކުގެ ހިދުމަތް ދެމުންނެވެ.