ސިނަމާލޭ ބްރިޖްގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ޒަހަމްވެއްޖެ އެވެ.
25 މެއި 2021
ސިނަމާލޭ ބްރިޖްގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ޒަހަމްވެއްޖެ އެވެ.
މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ "މިހާރު" އަށް ވިދާޅުވި ގޮތުގައި އެކްސިޑެންޓުވީ އިރު އޮއްސުނު ވަގުތު ބްރިޖުގަ އެވެ. އެ އެކްސިޑެންޓުގައި ލިބުނު ޒަހަމްތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި މެމްބަރު އާމިރަށް މިވަގުތު އަންނަނީ ފަރުވާދެމުން ކަމަށް އޭނާ ވިދާޅުވި އެވެ. ނިއުޝާ ވިދާޅުވީ، އާމިރުގެ މޫނަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު އާމިރުގެ ހާލު ރަނގަޅު ކަމަށާއި މިވަގުތު އޮންނެވީ އޮބްޒަވޭޝަންގައި ކަމަށް ވެސް ނިއުޝާ ވިދާޅުވި އެވެ.
ފުލުހުން ބުނި މިއަދު ހަވީރު 5:15 ހާއިރު މާލެއިން ހުޅުމާލެ އަށް ދިޔަ ސައިކަލެއްގެ ފުރޮޅު ފަޅައިގެން ގޮސް ކަހާލައިގެން ވެއްޓި މީހަކަށް އަނިޔާވި އެވެ. މިއީ މެންބަރު އާމިރަށް އަނިޔާވި އެކްސިޑެންޓް ކަމަކަށް ފުލުހުން ނުބުނެ އެވެ.
ނަމަވެސް މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދަން ޖެހުނު އެކްސިޑެންޓެއް ބްރިޖުގައި ހިނގި ކަމުގެ ރިޕޯޓެއް ފުލުހުންނަށް މިއަދު ލިބިފައި ނެތް ކަމަށް ބުންޏެވެ.
ކައްދޫ އެކްސިޑެންޓް: މީހަކު ހައްޔަރުކޮށް، ބަންދަށް!
އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ
މަގުހުރަސްކުރަން އުޅުނު ބަޔަކު އެކްސިޑެންޓުވެ ފަރުވާދެނީ
ފުލުހުން ފެނުމުން އަނބުރާލި ވަގުތު އެކްސިޑެންޓެއް
ފުލުހުންނަށް ފިލަން ކާރު ދުއްވި ޒުވާނާ ދޫކޮށްލައިފި
އެކްސިޑެންޓު ވުމުން މަޑުނުކޮށް ދިޔަ ދެ މީހަކު ހޯދަނީ
ބްރިޖުން ދަނިކޮށް ކަރުގައި ކަންވާރު އެޅި އަނިޔާވެއްޖެ
އެކްސިޑެންޓުވި 16 އަހަރުގެ ކުއްޖާ ގެޔަށް ދޫކޮށްލައިފި
އެކްސިޑެންޓްތަކާ ގުޅިގެން ޕީޖީ އާއި ފުލުހުން މަޖިލީހަށް
ސިހުން ގެނުވި މަރުތަކުގެ 24 ގަޑިއިރު