ސަލްމާން ޚާންގެ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ބައިގައި އޭނާއާ ކުރިމަތިލާން ނުކުންނަ ނެގަޓިވް ކެރެކްޓާ އިމްރާން ހާޝްމީ ކުޅޭ އިރު، އެ ރޯލަކީ ޕާކިސްތާނުގެ އިންޓަ-ސާވިސް އިންޓެލިޖެންސް (އައިއެސްއައި) ގެ އޭޖެންޓެއްގެ ރޯލު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
26 މެއި 2021
ސަލްމާން ޚާންގެ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ބައިގައި އޭނާއާ ކުރިމަތިލާން ނުކުންނަ ނެގަޓިވް ކެރެކްޓާ އިމްރާން ހާޝްމީ ކުޅޭ އިރު، އެ ރޯލަކީ ޕާކިސްތާނުގެ އިންޓަ-ސާވިސް އިންޓެލިޖެންސް (އައިއެސްއައި) ގެ އޭޖެންޓެއްގެ ރޯލު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މަނީޝް ޝަރުމާ ޑައިރެކްޓްކުރާ "ޓައިގާ 3" އަކީ ސަލްމާނާ އެކު އިމްރާން މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. އަދި މިއީ އެ ފިލްމު ޕްރޮޑިއުސްކުރާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެއް އޭނާ ކުޅޭ ވެސް ފުރަތަމަ ފަހަރެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ފިލްމުގެ ޝޫޓިން ފެށި ނަމަވެސް "ޓައިގާ 3" އާ ބެހޭ ގޮތުން އެ ސްޓޫޑިއޯ އިން މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އިމްރާން ވަނީ ފިލްމުގައި މަސައްކަތްކުރާކަން ކަށަވަރުކޮށްދީ، ސަލްމާނާ އެކު މަސައްކަތްކުރަން ލިބުމުން ވަރަށް އުފާވާ ކަމަށް ވެސް ބުނެފަ އެވެ.
އޭނާގެ ކެރެކްޓާ ޕާކިސްތާނަށް ނިސްބަތްވާ އިރު، ބަތަލާ ކެޓްރީނާ ކައިފް ކުޅޭ ޒޯޔާ ހުމައިމީ އަކީ ވެސް ކުރީގެ ދެ ފިލްމުގައި އައިއެސްއައިގެ އޭޖެންޓެކެވެ. ސަލްމާނަކީ އިންޑިއާގެ ރިސާޗް އެންޑް އެނަލިޒިސް ވިންގް (ރޯ) ގެ އޭޖެންޓެކެވެ.
"ޓައިގާ 3" ގެ ޝޫޓިން ކޮވިޑް-19އާ ހެދި ހުއްޓުމަކަށް އައިސްފައިވާ އިރު، މިދިޔަ ހަފުތާގައި އިންޑިއާ އަށް އެރި ތޫފާނުގައި ފިލްމުގެ ސެޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
މި ސީރީޒްގެ ފުރަތަމަ ފިލްމު "އޭކް ތަ ޓައިގާ" ސަލްމާނާއި ކެޓްރީނާއާ އެކު 2012 ގައި ގެނެސްދިނީ ކަބީރް ޚާނެވެ. ދެވަނަ ބައި "ޓައިގާ ޒިންދާ ހޭ" ހަމަ އެ ދެ ތަރިންނާ އެކު 2017 ގައި ގެނެސްދިނީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރެވެ.
މިމަހު ޝާހްރުކް އަލުން ފިލްމީ މަސައްކަތަށް ނިކުންނާނެ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސަލްމާންގެ "ޓައިގާ 3" ގައި ޝާހްރުކްގެ ފެނިލުމެއް
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
ޝާހްރުކްގެ "ޕަތާން" ގައި ސަލްމާންގެ 20 މިނިޓް
ސަލްމާންގެ "ޓައިގާ 3" ގެ ވިލަންއަކަށް އިމްރާން
"ޓައިގާ 3" ގެ ޝޫޓިން ފަށާނީ ތުރުކީން
ސަލްމާންގެ "ޓައިގާ 3" ގެ ޝޫޓިން މާޗްގައި
"ދޫމް 4" ގެ ވިލަންއަކަށް ދީޕިކާ؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް