ބަންގާޅު ކަނޑުގައި އުފެދުނު ކޮޅިގަނޑުގެ ބާރުގަދަވެ، ތޫފާނަކަށް ބަދަލުވެފައިވާ ކަމަށާއި އެކަމަކު އެ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.
24 މެއި 2021
ބަންގާޅު ކަނޑުގައި އުފެދުނު ކޮޅިގަނޑުގެ ބާރުގަދަވެ، ތޫފާނަކަށް ބަދަލުވެފައިވާ ކަމަށާއި އެކަމަކު އެ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.
މެޓުން ބުނީ ތޫފާން ދަނީ އުތުރުހުޅަނގު އުތުރުން ރާއްޖެއާ ދުރަށް ކަމަށެވެ. މި ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރިޔަސް، ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން ކުރިއަށް އޮތް ދެ ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މެޓުން ބުނި ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު ވެސް ވައި ގަދަވެ، އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ. އެގޮތުން އުތުރާއި މެދު ރާއްޖެ ތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން އުޅޭނީ 4-7 ފޫޓާ ދެމެދުގައި ކަމަށް ވެސް މެޓުން ބުންޏެވެ.
މިވަގުތު ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް މޫސުން ގޯސްވެގެން އެލާޓެއް ނެރެފައެއް ނެތެވެ.
މި މަހު ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް ލަފާކޮށްފި
ބޮޑު ސަރަހައްދަކަށް މިރޭ ކަނޑުތައް ވަރަށް ގަދަވާނެ!
އައްޑުއަށް ވިއްސާރަ، އެހެން ހިސާބުތަކަށް ހޫނުގަދަ!
ކުރިއަށް އޮތް ހަތަރު ދުވަހު ކަނޑުގަދަވާނެ: މެޓް
މުޅި ރާއްޖެއަށް ވިއްސާރަ؛ ކަނޑުތައް ގަދަވާނެ!
ރާއްޖެއަށް ވައިޓް އެލާޓް، 45 މޭލަށް ވައި ގަދަވާނެ
ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ކުރާނެ: މެޓް
ކަނޑު ގަދަވެ ބޮޑު ސަރަހައްދަކަށް އުދަ އަރާފާނެ: މެޓް
ހަފުތާ ބަންދުގައި ވިއްސާރަ ކުރާނެ: މެޓް
ކުރިއަށް އޮތް ފަސް ދުވަހު ކަނޑުތައް ގަދަވާނެ: މެޓް