Roadha Mihaaru
ތިން މީހުންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް

ތިން މީހުންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް

23 މެއި 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ހައްޔަރުކުރި ތިން މީހުންގެ ތަހުގީގަށް ބަންދުގައި ބައިއްތިބަން އަނެއްކާވެސް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ހައްޔަރުކުރި ތިން މީހުންގެ ތަހުގީގަށް ބަންދުގައި ބައިއްތިބަން އަނެއްކާވެސް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

ސައިކަލެއްގައި އެއްޗެއް ގޮއްވާލައި، ދިން އެ ހަމަލާގައި ނަޝީދާއި އިތުރު ބަޔަކަށް އަނިޔާވެފައިވެ އެވެ.

އެ މައްސަލާގައި ހައްޔަރުކުރީ ވ. ތިނަދޫ ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގޮއްވައިލި ސައިކަލުގެ ވެރިފަރާތް ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދެވެ. އެ ތިން މީހުންގެ ބަންދަށް ކުރިން ވެސް ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.

އަދުހަމާއި މުޖާޒް އަދި ތަހުމީންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް ކޯޓުން އިތުރުކުރީ ކުރިން ދިން މުއްދަތު ހަމަވުމުންނެވެ. އެ މީހުންގެ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީ، ބަންދާ މެދު މިއަދު ގޮތެއް ނިންމީ ޣައިރު ހާޒިރުގަ އެވެ.

ނަޝީދަށް ދިން ހަމަލާގައި އެ މަނިކުފާނަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް މިހާރު ހުންނެވީ ޖަރުމަނުގަ އެވެ. އެ ހަމަލާއަށް ފަހު، ޓެރަރިޒަމާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތަކެއް ފުލުހުންނާއި ސިފައިން ދަނީ ކުރިއަށް ގެންދަމުންނެވެ.