20 މެއި 2021
އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ހަ މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ އިރު އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިރޭ ބުނެފި އެވެ.
އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ހަ މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ އިރު އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިރޭ ބުނެފި އެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ބޭއްވި ނޫސް ކޮންފަރެންސްގައި ޑރ. އަބްދުﷲ މުންޝިދު ވިދާޅުވީ ވެންޓިލޭޓަރުގައި ފަރުވާ ދެނީ އުމުރުން 84 އަހަރުގެ މީހަކަށް ކަމަށާއި އޭނާގެ ހާލަތު އެހާ ރަނގަޅު ނޫން ކަމަށެވެ. ޑޮކްޓަރު ވިދާޅުވި ގޮތުގައި އައްޑޫގައި ވަރަށް ބާރަށް މިހާރު ކޮވިޑް ފެތުރެމުންދާތީ ކޮވިޑަށް ފަރުވާދޭ ފެސިލިޓީ ވެސް ފުރިދާނެ ކަމުގެ ބިރު ވެސް އެބައޮތް ކަމަށެވެ. އެހެންވެ ބަލި ކޮންޓްރޯލްކުރުމަށްޓަކައިި ވީހާ ވެސް ބޮޑަށް އަޅާފައިވާ ފިޔަވަޅުތަކަށް ފުރިހަމަ އަށް އަމަލުކުރުމަށް އިލްތިމާސްކުރެއްވި އެވެ.
"މި ވަގުތު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 445 މީހުން އެބަތިބި. އެހެންވީމާ މި ފަހަރުގެ އައުޓްބްރޭކްގައި ވަރަށް ބޮޑަށް ފާހަގަކުރެވޭ ވަރަށް ގިނަ މީހުން ކަރަންޓީނު މުއްދަތުގެ ތެރޭގައި ވެސް ފައްސިވާކަން." ޑރ. މުންޝިދު ވިދާޅުވި އެވެ.
އައްޑޫގައި މިދިޔަ މަހުން ފެށިގެން ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށި ފަހުން މިހާތަނަށް 175 މީހަކަށް ބަލި ޖެހިފައިވާ އިރު، މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 144 އެވެ. އެއީ މިއަދު ޕޮޒިޓިވްވި 23 ކޭހާ އެކީ އެކީގަ އެވެ.
Addu City Covid-19 case status as of 20th may 2021 6:00pm#stayHome #staySafe #wearMask pic.twitter.com/vxQlzfGVo7
— Addu Emergency Operations Center (@EOCaddu) May 20, 2021
އެގޮތުން މިއަދު ޕޮޒިޓިވް މީހުންގެ ތެރޭގައި މިހާތަނަށް ކޮވިޑްގެ އެއްވެސް ކޭހެއް ފެނިފައި ނުވާ މަރަދޫން ހަތަރު މީހަކު މިއަދު ޕޮޒިޓިވް ވެފައިވެ އެވެ. އެއީ ރޭންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންނެވެ.
މި ވަގުތު އައްޑޭގެ ކޭސްތައް ބެހިފައިވާ ގޮތަށް ބަލާ އިރު އެންމެ ގިނަ ކޭސްތައް އުޅެނީ ހިތަދޫގަ އެވެ. އެއީ 77 އެވެ. ދެން ހުޅުދޫގައި 40، ފޭދޫގައި 12، މީދޫގައި ނުވައެއް، މަރަދޫފޭގައި އެކެއް އަދި ސައުތު ޕާމް ރިސޯޓްގައި އެއް ކޭހެވެ.
Mihaaru mi fenna fenumah balaa iru Addu City gai community spread eba oiy - Mayor @DhekunuNizar https://t.co/Trw6HxH5EO pic.twitter.com/lZP4jPMT8z
— Addu Emergency Operations Center (@EOCaddu) May 20, 2021
ކޮވިޑަށް އައްޑޫން ފަރުވާ ހޯދާ މީހުންގެ ތެރެއިން މިހާތަނަށް 31 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ.
އީއޯސީން ބުނީ ގޮތުގައި އައްޑޫގައި މިހާތަނަށް ކޮވިޑް ވެކްސިން ޖެހި މީހުންނަށް ބަލާ އިރު، ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ 7،242 މީހުންނެވެ. މި ވަގުތު ކޮވިޝީލްޑް ވެކްސިން ހުސްވެގެން އެ ވެކްސިން ޖެހުން މެދުކަނޑާލާފައިވާ އިރު، މިހާތަނަށް ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދަކީ 12،517 އެވެ. އަދި ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދަކީ 1،121 އެވެ. އެހެންވެ ދެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދަކީ 13،638 އެވެ.
ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދަކީ 6،928 އެވެ. އަދި ސިނޮފާމްގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދަކީ 306 އެވެ.
އައްޑޫން ކޮވިޑް ފެނުމާ ގުޅިގެން މި މަހުގެ 1 އިން ފެށިގެން މޮނިޓަރިންގެ ހާލަތުގައި އޮތް އިރު، ގިނަ ފިޔަވަޅުތަކެއް ރައްކާތެރިކަމުގެ ގޮތުން އަޅާފައިވެ އެވެ. އޭގެ ތެރޭގައި މިހާރު ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމާއި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމާއި އެއް އަވަށުން އެއް އަވަށަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދިނުން ފަދަ ކަންކަން ހިމެނެ އެވެ.
އައްޑޫން އިއްޔެ އެކަނިވެސް 123މީހަކަށް ކޮވިޑް ޖެހުނު
އައްޑޫގެ ކޮވިޑް ކޭސްތައް ރެކޯޑް މިންވަރަކަށް މައްޗަށް
އައްޑޫގެ ހާލަތު އަނެއްކާވެސް ގޯސްވެދާނެކަމުގެ ބިރު!
އައްޑޫން ކޮވިޑް ޖެހުނު މީހުންގެ އަދަދު ހާހުން މަތީގައި
ކޮވިޑްގެ ކަންކަމަށް އައްޑޫން ވޮލަންޓިއަރުން ހޯދަނީ
ކޮވިޑް: އައްޑޫން ބަލިން ރަނގަޅުވި އަދަދު 38 އަށް
ކޮވިޑް: އައްޑޫން 22 މީހަކު ރަނގަޅުވެއްޖެ
އިތުރު 26؛ އައްޑޫގައި މިހާރު ކޮވިޑްގެ 118 ކޭސް
އައްޑޫގައި އަދިވެސް ކޮވިޑްގެ 92 ކޭސް
އައްޑޫގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފި