18 މެއި 2021
ފަލަސްތީނުގެ ބިމަށް ޔަހޫދީން ވެރިވެގަތް ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް، މިވީ 73 އަހަރުގެ ތެރޭގައި، އިޒްރޭލަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކަލަކީ، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ، ހަތިޔާރު އެޅި ޖަމާއަތްތަކެވެ. ވަކިން ހާއްސަ ގޮތެއްގައި، ހަމާސްގެ ނަމުން މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ ހަމާސް ޖަމާއަތެވެ.
ފަލަސްތީނުގެ ބިމަށް ޔަހޫދީން ވެރިވެގަތް ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް، މިވީ 73 އަހަރުގެ ތެރޭގައި، އިޒްރޭލަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކަލަކީ، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ، ހަތިޔާރު އެޅި ޖަމާއަތްތަކެވެ. ވަކިން ހާއްސަ ގޮތެއްގައި، ހަމާސްގެ ނަމުން މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ ހަމާސް ޖަމާއަތެވެ.
ހަމާސް ޖަމާއަތް އުފެދުނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، 1987 ވަނަ އަހަރު، ފަލަސްތީނުގެ ރައްޔިތުން ހަށިފޮޅާލާފައި ތެދުވި ތެދުވުމުގެ ތެރެއިން ނުވަތަ ފުރަތަމަ އިންތިފާޟާގެ ތެރެއިންނެވެ. ހަމާސް ޖަމާއަތް އުފެދުނު ފަހުން މިވީ 34 އަހަރުގެ ތެރޭގައި، އެ ބަޔަކު ނައްތައިލަން އިޒްރޭލުން އެންމެ ބޮޑަށް މަސައްކަތްކުރި ބަޔަކީ ވެސް ހަމާސް ޖަމާއަތުގެ އިސް ވެރިންނެވެ.
އޭގެ ތެރެއިން ވެސް އިޒްރޭލުގެ އެންމެ ބޮޑު އަމާޒަކަށް މިހާރު ވެފައިވަނީ، ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި، އިއްޒުއްދީނުލް ގައްސާމް ބްރިގޭޑް (އަލް ގައްސާމް ބްރިގޭޑް) އެވެ. މިއީ، އިޒްރޭލުގެ އުދުވާނީ ހަމަލާތަކުން ފަލަސްތީނުގެ ރައްޔިތުން ދިފާއު ކުރުމަށްޓަކައި، 1991 ވަނަ އަހަރުގެ މެދުތެރޭގައި ހަމާސް އިން އުފެއްދި އަސްކަރީ ގޮތްޕެކެވެ.
ވިލާތުގެ އަސްކަރީ މުހައްލިލުން ގަބޫލުކުރާ ގޮތުގައި، މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި، އިޒްރޭލުން އެންމެ ބޮޑު އިސްކަމެއް ދިނީ، ހަމާސް ޖަމާއަތާއި ގައްސާމް ބްރިގޭޑް ކުޑަކަކޫ މައްޗަށް ތިރިކުރުވާށެވެ. ނަމަވެސް، އެކަން ކާމިޔާބު ނުވެ، ޣައްޒާގައި މިހާރު ވެސް ވެރިކަން ކުރަނީ ހަމާސް ޖަމާއަތުންނެވެ.
އެންމެ ފަހުން 2014 ވަނަ އަހަރު އިޒްރޭލުން، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގި އުދުވާނުތަކުގެ ދިފާއުގައި، ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ކުރި ހަނގުރާމަ ހަތް ހަފުތާ އަށް ދެމިގެން ދިޔަ އެވެ. އެއީ ހަމާސް ޖަމާއަތް އުފެދުނު ފަހުން، އިޒްރޭލާ ދެކޮޅަށް އެ ޖަމާއަތުން ކުރި އެންމެ ވަރުގަދަ ހަނގުރާމަ އެވެ.
ވިލާތުގެ އަސްކަރީ މުހައްލިލުން ގަބޫލުކުރާ ގޮތުގައި، މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި، އިޒްރޭލުން އެންމެ ބޮޑު އިސްކަމެއް ދިނީ، ހަމާސް ޖަމާއަތާއި ގައްސާމް ބްރިގޭޑް ކުޑަކަކޫ މައްޗަށް ތިރިކުރުވާށެވެ. ނަމަވެސް، އެކަން ކާމިޔާބު ނުވެ، ޣައްޒާގައި މިހާރުވެސް ވެރިކަން ކުރަނީ ހަމާސް ޖަމާއަތުންނެވެ.
އެ ހަނގުރާމައިގެ ފަހުން މި ފާއިތުވި ހަތް އަހަރުގެ ތެރޭގައި، އެފަދަ ހަނގުރާމައެއް ކޮށްފައި ނުވަނީ ހަމާސް ޖަމާއަތުގެ ބާރު ކެނޑިގެނެއް ނޫނެވެ. އެކަން ސާބިތުވަނީ ހަމާސް އިން މިހާރު އިޒްރޭލަށް ދެމުންދާ ހަމަލާތަކުންނެވެ. މިދިޔަ ހަތް އަހަރު ހަމާސް ޖަމާއަތް ހޭދަކުރީ، އެ ޖަމާއަތުގެ ހަތިޔާރުތައް ފެންވަރު މަތިކުރުމުގަ އާއި އިތުރު ހަތިޔާރު އުފެއްދުމުގަ އެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ތެރޭގައި، މަދު ފައިސާކޮޅަކަށް އިޒްރޭލަށް ޖާސޫސްކޮށްދޭ އެތައް ބަޔަކު ތިބިއިރު، އަދި އިޒްރޭލުގެ ޖާސޫސީ އިދާރާތަކުން އަބަދު ލޯ އަޅަމުންދާ އިރު، ހަމާސް އިން ހަތިޔާރު އުފައްދައި ފައްކާ ކުރަމުން އަންނަނީ، އިޒްރޭލު ޖެހިލުންވެ ކަންބޮޑުވާ މިންވަރަށެވެ.
އެމެރިކާ އިން ދީފައިވާ މިސައިލުން ދިފާއުވާ ނިޒާމު (އެކަތައިގެ ގުއްބު) ކިތަންމެ ބަރާބަރަށް މަސައްކަތް ކުރިޔަސް، ހަމާސްގެ ރޮކެޓް ހަމަލާތަކުން އިޒްރޭލަށް ސަލާމަތެއް ނުވެވުނެވެ. އެކަތައިގެ ގުއްބުން ރެކިގަނެ، ހަމާސްގެ ކިތަންމެ ރޮކެޓެއް އިޒްރޭލުގެ އަސްކަރިއްޔާ ކޮށިއަރުވާލައިފި އެވެ. އެތައް އިމާރާތަކަށް ރޮކެޓްތައް އަރައި، ހަމައެކަނި އޮތް ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ވެސް ކިތަންމެ ރޮކެޓެއް އަމާޒުވެއްޖެ އެވެ.
އިޒްރޭލު ސިފައިން ޣައްޒާގައި މިހާރު ހިންގަމުންދާ އުދުވާން ފެށިއިރު ވެސް، ހަމާސްގެ ފަރާތުން ރައްދު ހަމަލާ އަންނާނެ ކަން އިޒްރޭލަށް މުޖައްރިބެވެ. ނަމަވެސް، ހަމާސް އިން މިހާރު ދެމުންދާ ފަދަ ގަދަފަދަ ހަމަލާތަކެއް ދީފާނެ ކަމަށް ލަފައެއް ނުކުރެ އެވެ.
ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޣައްޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓައިލުމަށް، އިޒްރޭލުގެ އަސްކަރިއްޔާގެ އިސް މަސްއޫލުވެރިން މިހާރު ވަނީ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އަށް ދަންނަވައިފަ އެވެ. ސަބަބަކީ، މިހާރުގެ ހަމަލާތައް ދިގުލައިގެން ހިނގައްޖެ ނަމަ، ހުއްޓައިލަން އުނދަގޫ ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު އޮތުމެވެ.
ބޮޑުވަޒީރު ނަތަންޔާހޫ އާއި ދިފާއީ ވަޒީރު، ބިންޔާމީން (ބެނީ) ގެންޓްސް ގަސްދު ކުރައްވަނީ ހަމަލާތަކާއިގެން ކުރިއަށް ވަޑައިގަންނަވަން ކަމަށް ވިޔަސް، އަސްކަރިއްޔާގެ އިސް މަސްއޫލުވެރިންގެ ޚިޔާލު މިކަމުގައި ތަފާތެވެ. މިކަމުގައި އަސްކަރީ މަސްއޫލުވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ހަމާސްއިން އިޒްރޭލަށް "ސަޕްރައިޒެއް" ދީފާނެތީ އެވެ.
މިހާރުގެ ކުރިމަތިލުންތަކުގައި ހަމާސް އިން އިޒްރޭލަށް ދޭ ހަމަލާތަކުގެ ބާރުމިނަށް ބަލާއިރު، އިޒްރޭލު ހީނުކުރާ ވަރުގެ ގެއްލުމެއް ލިބުމުގެ ފުރުސަތު އެބަ އޮތެވެ. އަދި ޣައްޒާއިން، އިޒްރޭލުގެ ކޮންމެ ހިސާބަކަށް ހަމަލާ ދެވޭ ވަރުގެ ރޮކެޓް ނުވަތަ މިސައިލް، ހަމާސްގައި އެބަހުރިކަން މިހާރުގެ ހަމަލާތަކުން ސާބިތުވެ އެވެ.
މިހާރުގެ ކުރިމަތިލުންތަކުގައި ހަމާސް އިން އިޒްރޭލަށް ދޭ ހަމަލާތަކުގެ ބާރުމިނަށް ބަލާއިރު، އިޒްރޭލު ހީނުކުރާ ވަރުގެ ގެއްލުމެއް ލިބުމުގެ ފުރުސަތު އެބަ އޮތެވެ. އަދި ޣައްޒާއިން، އިޒްރޭލުގެ ކޮންމެ ހިސާބަކަށް ހަމަލާ ދެވޭ ވަރުގެ ރޮކެޓް ނުވަތަ މިސައިލް، ހަމާސްގައި އެބަހުރިކަން މިހާރުގެ ހަމަލާތަކުން ސާބިތުވެ އެވެ.
މީގެ މާނައަކީ، އިޒްރޭލުގެ ތެރެއަށް ހަމާސްގެ ހަނގުރާމަވެރިން ނުވަދެ، އިޒްރޭލުގައި ޔަހޫދީން ދިރިއުޅޭ ކޮންމެ ތަނަކަށް، އަދި އިޒްރޭލުގެ ގައުމީ ތަރައްގީއާ ގުޅިފައިވާ އެންމެހައި ބިނާތަކާއި ކާރުޚާނާތަކާއި އެފަދަ ކޮންމެ ތަނަކަށް ހަމަލާ ދިނުމުގެ ގާބިލުކަން ހަމާސްގައި އެބަ ހުއްޓެވެ.
ހަމާސްގެ މިހާރުގެ އަސްކަރީ ގާބިލުކަމަށް ބަލާއިރު، ހަމައެކަނި ރޮކެޓް ބޭނުންކޮށްގެން ވެސް، މެދު ނުކެނޑި 2 މަސްދުވަހު، އިޒްރޭލަށް ހަމަލާ ދިނުމުގެ ގާބިލްކަން ހަމާސްގައި އެބަހުއްޓެވެ. އަދި ހަމާސްގެ ހަތިޔާރުތަކުގެ ބާރު، ދުވަހުން ދުވަހަށް ގަދަވަމުން އަންނަ ކަން ވެސް ސާބިތުވެއެވެ. (ބީބީސީ، އަލްޖަޒީރާ، ސްކައި ނިއުސް)
އިޒްރޭލު ކުށްވެރިކުރަން އެމެރިކާ އަނެއްކާވެސް ދެކޮޅު
ނަތަންޔާހޫގެ އިސްތިއުފާ އަށް ގޮވާ އަޑުތައް ގަދަވަނީ
އިޒްރޭލުގެ ހަމަލާތައް ޣައްޒާގެ ބިންގަރާސް މަގުތަކަށް
ނޯވޭގެ ޓޭންކަރަކަށް ހޫތީންގެ މިސައިލް ހަމަލާއެއް
އިޒްރޭލު ސިފައިން ހޮސްޕިޓަލުގައި ތަހުގީގު ކުރަނީ
ޖަބާލިޔާގެ ދެ ވަނަ ގަތުލު އާންމުގައި 195 މަރު
ހަނދުފަޅި އާއި ސޮލީބުގެ ހަނގުރާމަ ފަށަންވީތޯ ސުވާލެއް
އަހަރެމެން މިތިބީ ހަނގުރާމައިގެ ތެރޭގައި: ހިޒްބުﷲ
އިޒްރޭލު ސިފައިން ގާޒާ އަށް އަރައިގަންނާނީ ކިހިނެއް؟
އިޒްރޭލްގެ 250 އަސީރުން އަތުލައިގެންފިން: ހަމާސް