Roadha Mihaaru
"ވޮންޑަ ވުމަން 1984" އެމެޒޯން ޕްރައިމަށް

"ވޮންޑަ ވުމަން 1984" އެމެޒޯން ޕްރައިމް ވީޑިއޯ އަށް

13 މެއި 2021

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކާ އެކު އެޗްބީއޯ މެކްސްގައި ޕްރީމިއާކުރި ހޮލީވުޑްގެ ސުޕަހީރޯ ފިލްމު "ވޮންޑަ ވުމަން 1984" ހޮނިހިރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކާ އެކު އެޗްބީއޯ މެކްސްގައި ޕްރީމިއާކުރި ހޮލީވުޑްގެ ސުޕަހީރޯ ފިލްމު "ވޮންޑަ ވުމަން 1984" ހޮނިހިރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ނިންމައިފި އެވެ.

އިތުރު ޑިޖިޓަލް ޕްލެޓްފޯމަކުން ފިލްމު ގެނެސްދޭން ނިންމީ ކުރިން ސްޓްރީމްކުރި އެޗްބީއޯ މެކްސް އަކީ އަދި ދުނިޔޭގެ ބޮޑު މާކެޓަކަށް ލިބޭ ހިދުމަތަކަށް ނުވާތީ އެވެ. ޑިސެމްބަރު މަހުގެ 25 ގައި "ވޮންޑަ ވުމަން 1984" ގައި ރިލީޒްކުރި އެ ޕްލެޓްފޯމުން ފިލްމު މަސް ދުވަހު ބަލައިލުމުގެ ފުރުސަތު ދިނެވެ.

މި ފިލްމަކީ ޕޭޓީ ޖެންކިންސް ބަތަލާ ގަލް ގެޑޯއާ އެކު 2017 ގައި ގެނެސްދިން "ވޮންޑަ ވުމަން" ސީކްއެލް އެވެ. އަދި މި ފިލްމަކީ ހޮލީވުޑްގެ އަންހެން ސުޕަހީރޯ ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމެވެ.

"ވޮންޑަ ވުމަން 1984" ގެ ކާސްޓްގައި ކްރިސް ޕައިން، ކްރިސްޓެން ވިގް، ޕެޑްރޯ ޕާސްކަލް، ރޮބިން ރައިޓް އަދި ކޯނީ ނީލްސެން ފަދަ އޭ-ލިސްޓް ތަރިން ހިމެނެ އެވެ. ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 166.4 މިލިއަން ޑޮލަރު ލިބުނެވެ.

"ވޮންޑަ ވުމަން" ގެ އިތުރު ދެ ފިލްމެއް ވެސް ގެނެސްދޭން ނިންމާފައިވާ އިރު، ބަތަލާ ގަލް މި ވަގުތު އިނީ ތިން ވަނަ ދަރިފުޅަށް ބަލިވެ އެވެ.