11 މެއި 2021
އިންޓަނޭޝަނަލް ޕްރައިމަރީ ސްކޫލު އެގްޒަމިނޭޝަން (އައިޕީއެސްއެލްއީ) އިމްތިހާނުން ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.
އިންޓަނޭޝަނަލް ޕްރައިމަރީ ސްކޫލު އެގްޒަމިނޭޝަން (އައިޕީއެސްއެލްއީ) އިމްތިހާނުން ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.
މިއީ ސިންގަޕޫރު އެގްޒަމިނޭޝަން އެންޑް އެސެސްމަންޓް "ސިއެބް" ގެ އިމްތިހާނެއްގައި ރާއްޖޭގެ ސްކޫލަކުން ބައިވެރިވި ފުރަތަމަ ފަހަރެވެ.
މިދިޔަ ނޮވެމްބަރު މަހު ބޭއްވި އިމްތިހާނުން ބްރައިޓްވޭގެ ކުދިން ހޯދި ބޮޑު ކާމިޔާބީއާ ގުޅޭ ގޮތުން، އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ މިއީ ކޮވިޑްގެ ދަތި ދުވަސްވަރު ކަމަށް ވާއިރު ވެސް އެއީ ވަރަށް ރަނގަޅު ކާމިޔާބީއެއް ކަމަށެވެ.
އޭނާ ވިދާޅުވީ، އިމްތިހާނުގައި ބައިވެރިވި 29 ދަރިވަރުންގެ ތެރެއިން އިނގިރޭސި އާއި ހިސާބު އަދި ސައިންސްގެ މާއްދާ އިން 83.7 ޕަސެންޓް ކުދިން ފާސްވި ކަމަށެވެ. އޭގެ ތެރޭގައި ހަތަރު އޭ ސްޓާ އަދި 21 އޭ ގްރޭޑް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"ފުރަތަމަ ފަހަރަށް ހެދި އިމްތިހާނަކަށް ބަލައި އަދި ދަރިވަރުން ސްކޫލަށް ނުގެނެވި ގިނަ ދުވަސް ވަންދެން އޮންލައިންކޮށް ކިޔަވައިދީގެން މި ލިބުނު ނަތީޖާއަކީ ވަރަށް ރަގަޅު ނަތީޖާއެއް،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
"ސިންގަޕޫރުގެ މި އިމްތިހާނަކީ އުނދަގޫ އިމްތިހާނެއް. ނަމަވެސް މުދައްރިސުންނާއި ދަރިވަރުން ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ފޮނި."
އައިޕީއެސްއެލްއީގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ޔަޒާން-- ފޮޓޯ: ބްރައިޓްވޭ ސްކޫލު
އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދީ ގްރޭޑު 6 އޭގެ ދަރިވަރު ޔަޒާން އަބްދުﷲ ސާއިދެވެ. އޭނާ ބައިވެރިވި ތިން މާއްދާގެ ތެރެއިން ސައިންސުން އޭ ސްޓާ އަދި އިނގިރޭސި އާއި ހިސާބު މާއްދާ އިން އޭ ހޯދައި މެރިޓް ސެޓްފިކެޓް ހާސިލްކުރި އެވެ.
އައިޝަތު ޒާކް ޒަރީރް ބައިވެރިވި ތިން މާއްދާ އިން އޭ އަކާއި ބީއެއް އަދި ސީ އެއް ހޯދާފައި ވެ އެވެ
ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 12 އަށް ކިޔަވައިދޭ ބްރައިޓްވޭ އަކީ ދެކުނު އޭޝިއާގައި "ސިއެބް" އިން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ސްކޫލެވެ. ހުޅުމާލޭގައި ހިންގާ އެ ސްކޫލުގައި 800 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަ އެވެ.
ބްރައިޓްވޭއިން ސިންގަޕޫރުގެ އިމްތިހާނެއްގައިބައިވެރިވެއްޖެ
ސިންގަޕޫރު ސަފީރަކަށް ލުވެއިޒު، ޖެނީވާ މިޝަނަށް ސަލްމާ
އަދީބު ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތު އިތުރުކޮށްފި
ސިޔާމް ފުރުން މަނާކުރި މައްސަލައަށް ސަރުކާރު ވަދެއްޖެ
ސަން ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރުން ހިފަހައްޓައިފި
ރައީސް، ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް
ގެއްލުނު ފައިސާ ހުރީ ސިންގަޕޫރު ތިޖޫރިއެއްގައި: ޔާމީން
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް
ފަރުވާއަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި
އދ.ގެ އާންމު މަޖިލީހުގެ ރައީސަކު އަލަށް ސިންގަޕޫރަށް