ރާއްޖޭގައި ކޮވިޑް ޖެހިގެން އެޑްމިޓް ކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދުތައް އިތުރުވަމުންދާތީ ހުޅުމާލޭ ހޮސްޕިޓަލު ކޮވިޑް ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
10 މެއި 2021
ރާއްޖޭގައި ކޮވިޑް ޖެހިގެން އެޑްމިޓް ކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދުތައް އިތުރުވަމުންދާތީ ހުޅުމާލޭ ހޮސްޕިޓަލު ކޮވިޑް ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނަސީރު ވިދާޅުވީ، މާލޭ ސަރަހައްދުގެ ބެޑް ކެޕޭސިޓީއަކީ 293 ކަމަށާއި އޭގެ ތެރެއިން 80 ޕަސެންޓް އެނދު މިހާރު ވަނީ ފުރިފައި ކަމަށެވެ.
އެހެންވެ، ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަށް 30 އެނދު އިތުރުކުރުމުގެ މަސައްކަތާއި ހުޅުމާލޭ ހޮސްޕިޓަލު ޑައުންގްރޭޑްކޮށް، ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދޭ މަރުކަޒަކަށް އެ ތަން ބަދަލުކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ހުޅުމާލޭ ހޮސްޕިޓަލަށް އެ ބަދަލު ގެނައި ނަމަވެސް ސީޓީ ސްކޭނާއި އަލްޓާ ސައުންޑް ސްކޭނާއި ލެބޯރެޓަރީގެ ހިދުމަތް ލިބޭނެ އެވެ. ކޮވިޑް ނުޖެހޭ މީހުންނަށް 24 ގަޑިއިރު އިމަޖެންސީ ފަރުވާ ދިނުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށް ނަސީރު ވިދާޅުވި އެވެ.
"އަދި މިހާރު ހޮސްޕިޓަލުގަ ދެވިފައި ހުރި އެޕޮއިންޓްމަންޓްތަކާއި ހާއްސަކޮށް މާބަނޑު މީހުން ބެލުމާއި ވެކްސިން ދިނުމާއި އަދި ހާއްސަކޮށް ކެންސާ ޓްރީޓްމަންޓް އަދި ޑައިލަސިސްގެ ހިދުމަތް ވެސް އެ ހޮސްޕިޓަލުން ކުރިއަށް ގެންދާނެ،" ނަސީރު ވިދާޅުވި އެވެ.
ނަސީރު ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލުގައި ވަކިން ހުންނަ އިމާރާތުގައި ކޮވިޑް ފަރުވާދޭއިރު، އެތަނުގައި އައިސީޔޫއެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ. އެ ހާއްސަ ބައިގައި 120 އެނދު ހުންނާނެ އެވެ. އޭގެ ތެރެއިން 58 އެނދަކީ މިހާރު ވެސް ހޮސްޕިޓަލުގައި ބޭނުންކުރަމުން އަންނަ އެނދު ކަމަށް ނަސީރު ވިދާޅުވެ އެވެ.
އޭނާ ވިދާޅުވިގޮތުގައި، ހުޅުމާލޭ ހޮސްޕިޓަލަށް އެ ބަދަލު ގެނައި ނަމަވެސް ސީޓީ ސްކޭނާއި އަލްޓާ ސައުންޑް ސްކޭނާއި ލެބޯރެޓަރީގެ ހިދުމަތް ލިބޭނެ އެވެ. ކޮވިޑް ނުޖެހޭ މީހުންނަށް 24 ގަޑިއިރު އިމަޖެންސީ ފަރުވާ ދިނުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށް ނަސީރު ވިދާޅުވި އެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވަމުން ދާއިރު، އިއްޔެއާ ހަމައަށް 250 މީހަކަށް އައީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ކުރިއާ ހިލާފަށް މިހާރު ކޮވިޑްގައި ޒުވާނުންގެ ހާލަތު ވަރަށް ބޮޑަށް ސީރިއަސްވަމުންދެ އެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ފަރުވާދެމުން އަންނަ 65 ޕަސެންޓް މީހުންނަކީ އުމުރުން 40 އަހަރުން ދަށުގެ މީހުންނެވެ.
މިއަދުގެ މިހާތަނަށް ކޮވިޑްގައި ދެ މީހަކު މަރުވެފައިވެ އެވެ. އެއީ އައިޖީއެމްއެޗްގެ އިމަޖަންސީ ރޫމުގައި ފަރުވާދެމުން އައި އުމުރުން 75 އަހަރުގެ އަންހެނަކާއި ބ. އޭދަފުށިން މަރުވި 85 އަހަރުގެ ފިރިހެނެކެވެ.
އޭދަފުށިން މަރުވި މީހާގެ ސާމްޕަލް ނަގާފައި ވަނީ އޭނާ މަރުވި ފަހުންނެވެ. އެ ސާމްޕަލް ޕޮޒިޓިވްވި އެވެ. އެއީ ކޮވިޑްގެ މަރެއްގެ ގޮތުގައި މިހާރު އެޗްޕީއޭ އިން ކަނޑައަޅާފައިވާއިރު އެއާއެކު އެ ބަލީގައި މަރުވި މީހުންގެ އަދަދު 86 އަށް އަރަ އެވެ.
ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް މިހާރު ދަނީ މަތިވަމުންނެެވެ.
ހުޅުމާލެ ކޮވިޑް ފެސިލިޓީ ހުހަށް އޮންނަތާ ތިން ދުވަސް
ހުޅުމާލޭގައި ވެކްސިން ޖަހާނީ ހުޅުމާލޭ ހޮސްޕިޓަލުން
މާލޭގެ ކޮވިޑް ކޭސްތައް 1،000 އިން ދަށަށް
ލޮކްޑައުންއެއް، ފާސް ނެތި ބޭރުގައި އުޅުން މަނާ!
ފަސްޓް ލޭޑީ، ހުޅުމާލެ ފެސިލިޓީގެ ވޮލެންޓިއަަރަކަށް
ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށް ފިލި ދެ މީހުން ނުފެނޭ
"މާލެ ސަރަހައްދު ލޮކްޑައުން ކުރަން އަދި ނިންމާފައެއް ނުވޭ"
މާލެ ސަރަހައްދުގެ ކާފިއު މި މަހުގެ 25 އާ ހަމައަަށް
ކާފިއު ގަޑި އިތުރުކޮށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފި
ހުޅުމާލެ ހޮސްޕިޓަލުގެ މުހިންމު ހިދުމަތްތަކެއް މެދުކަނޑާލައިފި