Roadha Mihaaru
ކްލަބްހައުސް އެންޑްރޮއިޑްގައި ޓެސްޓްކުރަން ފަށައިފި

ކްލަބްހައުސް އެންޑްރޮއިޑްގައި ޓެސްޓްކުރަން ފަށައިފި

06 މެއި 2021

އާންމުންގެ މެދުގައި މިހާރު ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސޯޝަލް އެޕް ކްލަބްހައުސް އެންޑްރޮއިޑްގައި ޓެސްޓްކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާންމުންގެ މެދުގައި މިހާރު ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސޯޝަލް އެޕް ކްލަބްހައުސް އެންޑްރޮއިޑްގައި ޓެސްޓްކުރަން ފަށައިފި އެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ވުޖޫދަށް އައި ވޮއިސް ޗެޓް އެޕް އެންޑްރޮއިޑްގައި ޓެސްޓްކުރަން ފަށާފައި މި ވަނީ މާ ލަހެއް ނުވެ ކްލަބްހައުސް އެންޑްރޮއިޑަށް އަންނާނެ ކަމަށް ޖެނުއަރީ މަހުގެ ތެރޭގައި ބުނެފައި ވަނިކޮށެވެ. އެ ކުންފުނިން ބުނި ގޮތުގައި ލިމިޓެޑް ޔޫޒަރުންތަކެއްގެ މެދުގައި މިހާރު ކުރިއަށް ދަނީ އެންޑްރޮއިޑްގައި ޓެސްޓްކުރުމުގެ "ރަފް ބީޓާ" ވާޝެނެކެވެ. އެހެންވެ އަދި އާންމުކޮށް އެންޑްރޮއިޑްގައި އެޕް ލިބެން ފަށާނެ އިރެއް ހާމައެއްނުކުރެ އެވެ.

އެކަމަކު ގިނަ ބަޔަކު އެންމެ ބޮޑަށް ބަރޯސާވާ އެންޑްރޮއިޑްގައި ކްލަބްހައުސް ޓެސްޓްކުރަން ފެށުމަކީ ވެސް ދެން މާ ގިނަ ދުވަހެއް ނުވެ އެ އެޕް އާންމުކޮށް ލިބޭނެ ކަމަށް ކުރެވޭ އުންމީދަށް ލިބުނު ކުރިއެރުމެކެވެ. ކުރިން ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޖޫން އާއި ސެޕްޓެމްބަރު މަހާ ދޭތެރޭ ކުލަބްހައުސް އެންޑްރޮއިޑަށް އަންނާނެ ކަމަށް ގަބޫލުކުރެވެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެންޑްރޮއިޑަށް އާންމުކޮށް ދޫކޮށްލާނީ މިހާރު ކުރިއަށް ގެންދާ ޓެސްޓް ފަހު، ލިބޭ ހިޔާލުތަކަށް ވެސް ބެލުމަށް ފަހު އެވެ.

އެ އެޕް މިހާރު ބޭނުން ކުރެވެނީ ހަމައެކަނި އައިއޯއެސްގަ އެވެ.