04 މެއި 2021
މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި ޖޭއެލްއެލް މެދުވެރިވެގެން، ކަނުހުރާ މޯލްޑިވްސް ސިންގަޕޫރު ކުންފުންޏަކަށް ވިއްކާލައިފި އެވެ.
މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި ޖޭއެލްއެލް މެދުވެރިވެގެން، ކަނުހުރާ މޯލްޑިވްސް ސިންގަޕޫރު ކުންފުންޏަކަށް ވިއްކާލައިފި އެވެ.
ޅ. އަތޮޅުގައި އޮންނަ ފައިވް ސްޓާ ފެންވަރުގެ ކަނުހުރާ ވިއްކާލުމާ ބެހޭ ގޮތުން ޖޭއެލްއެލްގެ ސީނިއާ މެނޭޖިން ޑިރެކްޓާ ނިހަތު އެރްކަން މީޑިއާ އަށް ވިދާޅުވީ، މިއީ މިއަހަރު ޖޭއެލްއެލް މެދުވެރިވެގެން ރާއްޖެއިން ވިއްކާލި ފުރަތަމަ ރިސޯޓު ކަމަށެވެ. މި ރިސޯޓު ވިއްކާލާފައިވަނީ ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް) އަށެވެ.
މި މުއާމަލާތުގެ އަގު ހާމަކޮށްފައެއް ނުވެ އެވެ.
އެޗްޕީއެލްގެ ހިއްސާ އޮތް އިތުރު ރިސޯޓުތައް ވެސް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ފޯ ސީޒަންސްގެ ލަންޑާ ގިރާވަރާއި ކުޑަ ހުރާ އާއި ކަނޑޫމާ މޯލްޑިވްސް އާއި ސިކްސް ސެންސް ލާމު ފަދަ ލަގްޒަރީ ރިސޯޓުތައް ހިމެނެ އެވެ.
ކަނުހުރާގެ ޕޫލް އޭރިއާއެއް. މިޗް ރިސޯޓު ވިއްކާލީ ސިންގަޕޫރުގެ އެޗްޕީއެލް
މޮރިޝަސްގެ ސަން ރިސޯޓްސް އިން ހިންގާ ކަނުހުރާ ރިސޯޓް 2017 ވަނަ އަހަރު މަރާމާތުކުރުމަށް 42 މިލިއަން ޑޮލަރު (647.6 މިލިއަން ރުފިޔާ)ގެ މަޝްރޫއެއް ހިންގި އެވެ. ތިން ރަށް ހިމެނޭ ގޮތަށް އޮންނަ އެ ރިސޯޓްގައި އެންމެ މަތީ ފެންވަރުގެ 96 ވިލާ ވަނީ ތަރައްގީކޮށްފަ އެވެ.
"މިއީ ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވި ފަހުން އޯޕަން މާކެޓުގައި ވިއްކާލި ފުރަތަމަ ރިސޯޓު،" ނިހަތު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ މި މުއާމަލާތުން ވެސް ކޮވިޑްގެ ހާލަތުގައި ވެސް ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާއަށް އިންވެސްޓަރުންގެ މެދުގައި އޮތް އިތުބާރު ޔަގީންވާ ކަމަށެވެ.
މި ރިސޯޓު ވިއްކާލުމާ އެކު ޖޭއެލްއެލް އިން ރާއްޖޭގައި ހިންގާފައިވާ ޓްރާންސެކްޝަނުގެ އަދަދު 1.2 ބިލިއަން ޑޮލަރު (18 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. ޖޭއެލްއެލް އިން 2019 ވަނަ އަހަރު ވެސް 450 މިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް ރާއްޖޭގައި ހިންގާފައިވެ އެވެ.
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ބޮލިފުށި ރިސޯޓުގެ ވެރިޔާ ޝަރީފް އަވަހާރަވެއްޖެ
ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ތާރީހެއް ކަނޑައަޅަނީ
ނުހެދި ހުރި ރިސޯޓުތަކާ މެދު ގޮތްތަކެއް ކަނޑައަޅައިފި
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ނުހެދި ހުރި ރަށްތަކަށް ފައިސަލް ދަތުރުކުރައްވަނީ
"ނުހެދި ހުރި 25ވަރަކަށް ރަށުގައި ރިސޯޓު ހުޅުވާނަން"
ބުލީއަކަށް ނުގުޑާނެ، ފައިސަލް ހުރީ ގަދަކޮށް