01 މެއި 2021
ސަލްމާން ޚާންގެ "ރާދޭ" މި މަހު ރިލީޒްކުރަން ތައްތާރުވަމުން އަންނަ އިރު ފިލްމުގެ ހަތަރު ލަވައިގެ ތެރެއިން ދެ ލަވައިގެ އަންހެން އަޑުގެ ވެރިޔަކީ ސަލްމާނާ ގާތް ގުޅުމެއް އޮންނަ ރުމޭނިއާގެ ސެލެބްރިޓީ އޫލިއާ ވަންތޫރުކަން ކަށަވަރުވެއްޖެ އެވެ.
ސަލްމާން ޚާންގެ "ރާދޭ" މި މަހު ރިލީޒްކުރަން ތައްތާރުވަމުން އަންނަ އިރު ފިލްމުގެ ހަތަރު ލަވައިގެ ތެރެއިން ދެ ލަވައިގެ އަންހެން އަޑުގެ ވެރިޔަކީ ސަލްމާނާ ގާތް ގުޅުމެއް އޮންނަ ރުމޭނިއާގެ ސެލެބްރިޓީ އޫލިއާ ވަންތޫރުކަން ކަށަވަރުވެއްޖެ އެވެ.
ފިލްމުގެ ލަވަތަކުގެ ތެރެއިން އާންމުކުރި ފުރަތަމަ ލަވަ "ސީޓީ މާރް" ގެ އަންހެން އަޑަކީ ވެސް އޫލިއާ އެވެ. ލަވައިގެ ފިރިހެން އަޑަކީ ކަމާލް ޚާނެވެ. ބޮލީވުޑް ހަންގާމާ އިން ބުނީ "ރާދޭ" ގެ ލަވަތަކުގެ ތެރެއިން އޫލިއާގެ އަޑު ހިމެނޭ އަނެއް ލަވަ އަކީ "ޒޫމް ޒޫމް" ކަމަށެވެ. އެ ލަވަ އޭނާއާ އެކު ކިޔާފައި ވަނީ އޭޝް ކިންގެވެ.
ސަލްމާނާއި ބަތަލާ ޑިޝާ ޕަޓާނީގެ ފޯރިގަދަ ނެށުންތަކެއް ފެނިގެންދާ "ސީޓީ މާރް" އަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް މިހާރު ވެސް ލިބިފައިވާ އިރު، ފާހަގަކޮށްލެވޭ ކަމަކީ ލަވަކިޔުންތެރިއެއްގެ ގޮތުގައި އޫލިއާ ޕްރޮމޯޓްކުރަން ސަލްމާން މިހާރު ވަރަށް މަސައްކަތްކުރާކަމެވެ. އޭނާގެ 2018 ގެ ފިލްމު "ރޭސް 3" ގެ ތިން ލަވައެއް ވެސް އޫލިއާ ކިޔާފައިވެ އެވެ.
ސަލްމާނާއި އޫލިއާ އޮންނަ ގުޅުން މިހާތަނަށް ރަސްމީކޮށް ކަށަވަރު ނުވި ނަމަވެސް ސަލްމާންގެ އިތުރުން އޭނާގެ އާއިލާއާ ވެސް އޫލިއާގެ ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. ބައެއް މީޑިއާތަކުން ބުނާ ގޮތުގައި އޫލިއާ އަކީ ސަލްމާންގެ ލޯބިވެރިޔާ އެވެ.
ސަލްމާން 2014 ގައި ޕްރޮޑިއުސްކުރި ފިލްމު "އޮ ތޭރީ" ގެ ލަވައެއް ވެސް އޫލިއާ ކުޅެފައިވާ އިރު، ހަމަ އެ އަހަރު ނުކުތް ސަލްމާންގެ ފިލްމު "ޖޭ ހޯ" ގެ ބައެއް ލަވަތަކުގެ މަންޒަރުތައް އޫލިއާގެ އުފަން ގައުމު ރުމޭނިއާގައި ނަގާފައިވެ އެވެ.
ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ "ރާދޭ" މި މަހުގެ 13 ގައި ރިލީޒްކުރާ އިރު، ހުކުރު ދުވަހު ވަނީ ފިލްމުގެ ދެވަނަ "ދިލް ދޭ ދިޔާ" އާންމުކޮށްފަ އެވެ. ސަލްމާނާ އެކު ޖެކްލީން ފެނަންޑޭޒް ފެނިގެންދާ ލަވަ ކިޔާފައި ވަނީ ކަމާލް ޚާނާއި ޕާޔަލް ދޭވް އެވެ.
ހުއްދަ ނެތި ވީޑިއޯކުރުމުން ސަލްމާން ހިތްހަމަނުޖެހިއްޖެ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކެޓްރީނާ އާއި ވިކީގެ ކައިވެނި ޑިސެމްބަރު 9 ގައި
ޔޮހާނީގެ "މަނިކެ މަގޭ ހިތޭ" ބޮލީވުޑް ފިލްމަކަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ބިގް ބޮސް އޯޓީޓީ" ހޯސްޓްކުރަން ކަރަން
އަންހެން ދަރިއަކު ހުންނަ ނަމައޭ ހިތަށް އަރާ: މަލައިކާ
"ބިގް ބޮސް 14" ފެށުން މިރޭ
ވަރުންގެ "ބޭބީ ޖޯން"ގައި ސަލްމާން؟
ރަންވީރާއި ދީޕިކާގެ ދަރިފުޅުގެ ނަމަކީ "ދުޢާ"