22 އެޕްރީލް 2021
ރަޝިއާ އިން އަމިއްލަ ޖައްވީ ސްޓޭޝަނެއް ލޯންޗްކުރަން ނިންމައިފި އެވެ.
ރަޝިއާ އިން އަމިއްލަ ޖައްވީ ސްޓޭޝަނެއް ލޯންޗްކުރަން ނިންމައިފި އެވެ.
މިކަން އިއުލާންކޮށް އެ ގައުމުން ބުނީ އަމާޒަކީ 2025 ގައި އެކަން ކާމިޔާބުކުރުން ކަމަށެވެ. މިހާރު ބޭނުންކުރާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަކީ އެމެރިކާ އާއި ރަޝިއާ ގުޅިގެން 1988 ގައި ހެދި ތަނެކެވެ. ކެނެޑާ އާއި ޖަޕާން ވެސް ހިއްސާވާ އައިއެސްއެސްގައި ޔޫރަޕިއަން ސްްޕޭސް އެޖެންސީ ވެސް ބައިވެރިވެ އެވެ.
ނަމަވެސް ރަޝިއާ އިން ބުނެފައިވާ ގޮތުން އައިއެސްއެސް މިހާރު މާ ބޮޑަށް ބާވެފައިވުމާއި އެ ގައުމުގެ ޖައްވީ ސްޓޭޝަނެއްގެ މުހިއްމުކަން ބޮޑުވާތީ އެ މަސައްކަތްކުރަން ނިންމީ އެވެ. އެމެރިކާ އާއި ރަޝިއާ ދެމެދު މި ފަހުން ބޮޑެތި ކޯޅުންތަކެއް ހިނގާފައިވާ އިރު ގިނަ ގައުމުތަކެއް ހިއްސާވާ ގޮތަށް އެމެރިކާ އިން 2024 ގައި ހަނދަށް ދާން ކުރިއަށް ގެންދާ އާޓެމިސް ޕްރޮގްރާމްގައި ވެސް ރަޝިއާ އިން ބައިވެރިއެއް ނުވެ އެވެ. ރަޝިއާގެ ސިފަކުރާ ގޮތުގައި އެހެން ގައުމުތަކުގެ ބައިވެރިން އެ ޕްރޮގްރާމަށް އެމެރިކާ ހޯދިޔަސް މުޅި ޕްރޮޖެކްޓް އޮތީ "މާބޮޑަށް އެމެކާރިވެފަ" ކަމަށެވެ.
އަމިއްލަ ޖައްވީ ސްޓޭޝަނެއް ބިނާކުރުމާ ބެހޭ ގޮތުން ރަޝިއާގެ ސްޕޭސް އެޖެންސީ ރޮސްކޮޒްމޮސް އިން ބައިނަލްއަގްވާމީ ޕާޓްނަރުން އެ ޕްރޮޖެކްޓަށް ހޯދާނީ 2024 ގައި ކަމަށެވެ. އަދި އޭގެ ފަހުން އައިއެސްއެސް އަށް ކުރާ މަސައްކަތާ ދޭތެރޭ ގޮތެއް ނިންމާނެ ކަމަށް ބުންޏެވެ.
އައިއެސްއެސް
ރަޝިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޔޫރީ ބޮރިސޯވް ވިދާޅުވި ގޮތުގައު އަމިއްލަ ޖައްވީ ސްޓޭޝަނަކަށް ދާން ނިންމި މައިގަނޑު ސަބަބަކީ އައިއެސްއެސް ބާވެފައިވާތީ އޭގެ ސަބަބުން ކޮސްމޮނޯޓަނުންނަށް ދިމާވެދާނެ ނުރައްކާތަކާ ހެދި އެވެ.
"އެ ވަރަށް ބާވެއްޖެ މިހާރު. އެހެންވީމަ އައިއެސްއެސް އަށް އަބަދު ބަރޯސާވެ، އަހަރެމެންގެ ކޮސްމޮނޯޓުން ނުރައްކަލަށް ހުށަހަަޅައިގެނެއް ނުތިބެވޭނެ،" އޭނާ ވިދާޅުވި އެވެ. "އެހެންވީމަ ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިކަން ހޯދަން އަހަރެމެން މިހާރު އެބަ ޖެހޭ މަސައްކަތް ފަށައި ގަންނަން. އެއީ އަމިއްލަ ޖައްވީ ސްޓޭޝަނެއް ބިނާކުރުން."
ބޮރިސޯވް ވިދާޅުވި ގޮތުގައި ރަޝިއާ އިން 2025 ގައި އައިއެސްއެސް ވަކިވާކަން ޕާޓްނަރުންނަށް ރަސްމީކޮށް އަންގާނެ އެވެ.
ރޮސްކޮޒްމޮސްގެ ހެޑް ޑިމިޓްރީ ރޮގޯޒިން ވަނީ ޓެލެގްރާމްގައި ރަޝިއާގެ އަމިއްލަ ޖައްވީ ސްޓޭޝަނެއް ބިނާކުރަން ކުރަމުން އަންނަ މަސައްކަތުގެ ވީޑިއޯއެއް ވެސް ހިއްސާކޮށްފަ އެވެ. އޭގައި އޭނާ ވިދާޅުވީ އަމާޒަކީ ސްޓޭޝަންގެ ފުރަތަމަ މޮޑިއުލް 2025 ގައި ލޯންޗްކުރުން ކަމަށެވެ.
ރަޝިޔާގެ މިސައިލް ޓެސްޓުން އެމެރިކާ ރަތަށް
ރަޝިއާގެ ޖައްވީ ސްޓޭޝަނެއް ހަދާތީ ނާސާ ކަންބޮޑުވޭ
ޖައްވީ ސްޓޭޝަނަށް އެންމެ ތިން ގަޑިއިރުން
އައިއެސްއެސް އިން ލީކުވާ ތަން އަދިވެސް ނުހޯދޭ
ރަޝިއާގެ އެހީއާ ނުލައި އެމެރިކާ ޖައްވީ ސްޓޭޝަނަށް
އައިއެސްއެސް އަށް އެއްބާރުލުން ދިނުން ރަޝިޔާ ހުއްޓާލަނީ
ނާސާގެ އެސްޓްރޮނޯޓާކާއި ރަޝިއާގެ ސްޕޭސް ޗީފް ތޮޅެނީ
އެމެރިކާ-ޗައިނާގެ ޖައްވީ ކޯޅުން އިތުރަށް ހޫނުވަނީ
ޖަޕާންގެ މަހުޖަނަކު އައިއެސްއެސް އަށް
ޖައްވީ ސްޓޭޝަން މިހާރު ދަނީ ހަލާކުވަމުން