Roadha Mihaaru
ބޮލީވުޑް ތަރިންގެ ކައްކާ ޝޯއެއް

ބޮލީވުޑް ތަރިންގެ ކައްކާ ޝޯއެއް ޑިސްކަވަރީ ޕްލަސް އަށް

20 އެޕްރީލް 2021

ބޮލީވުޑްގެ ތަރިން ކައްކާ މަންޒަރާއި އެ މީހުންގެ ކެއުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތާ ބެހޭ ގޮތުން ޝައުގުވެރި ވާހަކަތަކެއް ކިޔައިދޭ ޝޯއެއް ޑިސްކަވަރީ ޕްލަސް އިން ގެނެސްދޭން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ތަރިން ކައްކާ މަންޒަރާއި އެ މީހުންގެ ކެއުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތާ ބެހޭ ގޮތުން ޝައުގުވެރި ވާހަކަތަކެއް ކިޔައިދޭ ޝޯއެއް ޑިސްކަވަރީ ޕްލަސް އިން ގެނެސްދޭން ފަށައިފި އެވެ.

މި މަހުގެ 15 ގައި ޕްރިމިއާކުރި "ސްޓާ ވާސަސް ފުޑް" ގެ ފުރަތަމަ އެޕިސޯޑްގައި ގެނެސްދެނީ ބައްޓަން ރީތިކޮށް ބަހައްޓަން ކަސްރަތާ އެކު ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަށް އަބަދު ވެސް ހާއްސަ ސަމާލުކަމެއްދޭ ބަތަލާ ކަރީނާ ކަޕޫރެވެ.

މި ޝޯގެ އެޕިސޯޑްތައް ކުރިއަށް ހުރީ އެވެ. އެގޮތުން "ސްޓާ ވާސަސް ފުޑް" އިން ފެންނާނެ މީހުންގެ ތެރޭގައި މަލައިކާ އަރޯރާ، އަރުޖުން ކަޕޫރް، ކަރަން ޖޯހަރް އަދި ޕްރަތީކް ގާންދީ ހިމެނެ އެވެ.

ސެލެބްރިޓީންގެ ކެއްކުމުގެ ހުނަރު ދައްކައިލާ ޝޯގައި އެ މީހުންނާ އެކު ތަޖުރިބާކާރު ޝެފުން ވެސް ބައިވެރިވާނެ އެވެ.