12 މެއި 2022
ބޮލީވުޑްގެ އެކްޓަރު އަރްޖުން ކަޕޫރުގެ ހަށިގަނޑަށް 15 މަސް ދުވަހުގެ ތެރޭގައި ބޮޑު ބަދަލެއް ގެނެސް، ސިކްސް ޕެކްސް އަރުވާލައިފި އެވެ.
ބޮލީވުޑްގެ އެކްޓަރު އަރްޖުން ކަޕޫރުގެ ހަށިގަނޑަށް 15 މަސް ދުވަހުގެ ތެރޭގައި ބޮޑު ބަދަލެއް ގެނެސް، ސިކްސް ޕެކްސް އަރުވާލައިފި އެވެ.
ހަށިގަނޑު ރީތިކޮށްލުމަށް ފަހު އަރްޖުން ވަނީ އެ މަސައްކަތް ފެށިއިރު ހުރި ގޮތާއި ފަހުން އައި ބަދަލުގެ ފޮޓޯއެއް އާންމުކޮށްފަ އެވެ. އަަދި އެއީ 15 މަސް ދުވަހުގެ މަސައްކަތް ކަމަށާއި އެ މަސައްކަތާ މެދު އޭނާ ފަހުރުވެރިވާ ކަމަށް ބުންޏެެވެ.
އަރްޖުން ވަނީ "އިޝްގްޒާދޭ" އިން ބޮލީވުޑަށް ނިކުތުމުގެ ކުރިން ވެސް 50 ކިލޯ ލުއިކޮށްލައިފަ އެވެ. އޭނާ އަކީ ބޮލީވުޑަށް ނިކުތުމުގެ ކުރިން ވަރަށް ފަލަކޮށް ހުރި މީހެކެވެ. އެކަމަކު އެ ދާއިރާ އަށް ނިކުންނަން ބޭނުންވެގެން މީހާގެ ހަށިގަނޑު ރީތިކޮށްލި ނަމަވެސް ކޮވިޑާ އެކު އައި ލޮކްޑައުންގެ ތެރޭގައި އަނެއްކާ ވެސް ތަންކޮޅެއް ފަރުވާކުޑަކޮށްލެވުނީ ކަމަށް ބުންޏެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބަނޑުގައި މަސް ޖަހާފައި ހުރުމުން، އޭނާގެ ސިކްސް ޕެކް ވެސް ގެއްލުނެވެ. އެހެންވެ، އަލުން ސިކްސް ޕެކްސް އަރުވަން މަސައްކަތް ފެށި އެވެ.
އަރްޖުން ބުނީ އޭނާގެ ހަށިގަނޑު އަލުން ރީތިކޮށްލުމަކީ ވަރަށް އުނދަގޫވި ކަމެއް ކަމަށެވެ. އެކަަމަކު އަލުން އަނބުރާ ޓްރެކަށް އާދެވުމަކީ ލިބުނު އުފަލެއް ކަމަށް ބުންޏެވެ.
އަރްޖުން މަސައްކަތް ކުރަމުން އަންނަނީ "ދަ ލޭޑީ ކިލާ" ގަ އެވެ. އެ ފިލްމުގައި އޭނާ ފެންނާނީ ބޫމީ ޕެޑްނެކާރާ އެކު އެވެ. އަދި "އޭކް ވިލެން ރިޓާންސް" ވެސް އެބަ އޮތެވެ.
އަރުޖުން އާއި މަލައިކާ ރާއްޖޭގައި ވެސް ކަސްރަތުގައި
އަހަރެން މިހާރު ސިންގަލް: އަރްޖުން
67 އަހަރުގައި އަނުޕާމް ވަރަށް ފިޓްކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަންހެން ދަރިއަކު ހުންނަ ނަމައޭ ހިތަށް އަރާ: މަލައިކާ
ބޮލީވުޑް ތަރިންގެ ކައްކާ ޝޯއެއް
އައްލޫ އަރްޖުން ހައްޔަރުކުރުން؛ އާއިލާއިން ދެކޮޅު!
ދޮންދަރިފުޅުގެ ވާހަކަތަކުން ހިތަށް ތަދުވޭ: ރުޕަލީ
ފިލްމީ ދާއިރާގެ މީހުންގެ ސަޕޯޓް ނުލިބޭ: ކާތިކް
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި