Roadha Mihaaru
ޝާހްރުކްގެ "ޕަތާން" އިން ސަލްމާން އަގެއް ނުނަގާ

ޝާހްރުކް ޚާންގެ "ޕަތާން" އިން ސަލްމާން ޚާން އަގެއް ނުނަގާ

17 އެޕްރީލް 2021

ޝާހްރުކް ޚާންގެ ފިލްމު "ޕަތާން" ގެ ހާއްސަ ފެނިލުމެއް ސަލްމާން ޚާން ކުޅުނީ އަގެއް ނުނަގާ ގޮތަށް ކަމަށާއި ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ ބޮޑު އަގެއް ދޭން ހުށަހެޅި ނަމަވެސް ސަލްމާން އެކަން ގަބޫލުނުކޮށް ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހްރުކް ޚާންގެ ފިލްމު "ޕަތާން" ގެ ހާއްސަ ފެނިލުމެއް ސަލްމާން ޚާން ކުޅުނީ އަގެއް ނުނަގާ ގޮތަށް ކަމަށާއި ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ ބޮޑު އަގެއް ދޭން ހުށަހެޅި ނަމަވެސް ސަލްމާން އެކަން ގަބޫލުނުކޮށް ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ނުނީ ސަލްމާން އެއްބަސްވި ކެމިއޯގެ ޝޫޓިން ފެބްރުއަރީ މަހުގެ ތެރޭގައި ނިންމާލާފައިވާ ކަމަށާއި އެކަމަށް ހޭދަވީ 10 ދުވަސް ކަމަށެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރާ "ޕަތާން" އަށް ސަލްމާން ޝޫޓްކުރަން ޖެހޭ މަންޒަރުތައް ނިމުމާ އެކު އަދިތިޔާއާ އޭނާއާ ބައްދަލުކޮށް ފީއާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ. އެކަމަކު އަދިތިޔާ ގާތު ސަލްމާން ބުނި ކަމަށް ވަނީ ޝާހްރުކަކީ އެއްބަނޑު އެއްބަފާ މީހެއްގެ ގޮތުގައި ދެކޭތީ އޭނާގެ ފިލްމުން އެއްވެސް އަގެއް ނަގަން ބޭނުންނުވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ޕަތާން" ގައި ހިމެނޭ ސަލްމާންގެ ކެމިއޯގެ ދިގުމިނަކީ 20 މިނިޓެވެ.

މީގެ ކުރިން ސަލްމާންގެ ފިލްމުތަކުގައި ޝާހްރުކް އަދި ޝާހްރުކްގެ ފިލްމުތަކުގައި ސަލްމާން ވެސް ހާއްސަ ފެނިލުންތަކެއް ކުޅެފައިވެ އެވެ. އެގޮތުން ޝާހްރުކްގެ އެންމެ ފަހުގެ ފިލްމު 2018 ގެ "ޒީރޯ" ގެ ލަވައެއް ޝާހްރުކާ އެކު ސަލްމާން ކުޅުނެވެ. ދެހާސް ސަތާރައިގައި ރިލީޒްކުރި ސަލްމާންގެ "ޓިއުބްލައިޓް" އާއި 2000 ވަނަ އަހަރުގެ "ހަރް ދިލް ޖޯ ޕިޔާރު ކަރޭގާ" ގެ ގެ ހާއްސަ ފެނިލުމެއް ޝާހްރުކް ކުޅުނެވެ.

ސަލްމާނާއި ޝާހްރުކަކީ އެކީގައި ވެސް ފިލްމުތަކެއް ކުޅުނު ދެ ތަރިންނެވެ. އޭގެ ތެރޭގައި "ކަރަން އަރުޖުން" އާއި "ހަމް ތުމާރޭ ހޭ ސަނަމް" އަދި "ކުޗް ކުޗް ހޯތާ ހޭ" ހިމެނެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޕަތާން" ގެ ލީޑް ކާސްޓުންނަކީ ޝާހްރުކާއި ދީޕިކާ ޕަދްކޯންގެ އިތުރުން ޖޯން އަބްރަހަމެވެ.

މި ފިލްމަކީ އަންނަ އަހަރުގެ ޖެނުއަރީ ހިސާބުގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ ފިލްމެކެވެ.