15 އެޕްރީލް 2021
ޕްރިންސް ހެރީ ކައިވެންޏަށް ވައުދުވެވަޑައިގަން އޭނާއާ އެންގޭޖް ވެސް ވި ކަމަށް ބުނެ އިންޑިއާ އަންހެނަކު ކޯޓަށް ހުށަހެޅި މައްސަލައެއް އަންގާރަ ދުވަހު ބޭރުކޮށްލައިފި އެވެ.
ޕްރިންސް ހެރީ ކައިވެންޏަށް ވައުދުވެވަޑައިގަން އޭނާއާ އެންގޭޖް ވެސް ވި ކަމަށް ބުނެ އިންޑިއާ އަންހެނަކު ކޯޓަށް ހުށަހެޅި މައްސަލައެއް އަންގާރަ ދުވަހު ބޭރުކޮށްލައިފި އެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި މޭގަން މާކަލްގެ ފިރިކަލުންނާ ބެހޭ މައްސަލައެއް ޗަންދީގަޅްގެ ހަރިއާނާ އެންޑް ޕަންޖާބް ހައި ކޯޓަށް ހުށަހެޅީ ޕަލްވިންދަރް ކޯރު ކިޔާ ވަކީލެކެވެ. އޭނާ ހުށަހެޅި މައްސަލާގައި ބުނީ ހެރީ ކައިވެނި ކުރައްވާނެ ކަމަށް ވައުދުވެވަޑައިގަތް ނަމަވެސް އެ ވައުދުގެ މަތިން ހަނދާން ނައްތާލާފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ އިނގިރޭސި ފުލުހުން މެދުވެރިކޮށް ބެލޭވޭ ގޮތެއް ހަމަޖައްސައިދޭން އެދިފައިވެ އެވެ.
ކައިވެނި ލަސްވަމުން ދާތީ އެކަން އަވަސްކުރުމުގެ ގޮތުން ހެރީ ހައްޔަރުކޮށްދިނުމުގެ އަމުރަކަށް ވެސް ކޯޓުގައި ވަނީ އެދިފަ އެވެ. އަދި ހެރީއާ އެންގޭޖްވެވެފައިވާކަން އޭނާގެ ބައްޕާފުޅު ޕްރިންސް ޗާލްސް އަށް މެސެޖަކުން އަންގާފައިވާ ކަމަށް ޕަލްވިންދަރް ބުންޏެވެ.
ހެރީ އާއި މޭގަން.
މި މައްސަލާގައި ކޯޓުން ބުނީ ޕަލްވިންދަރު ހުށަހެޅި މައްސަލަ އަކީ "ހުވަފެނީ ވާހަކައެއް" ކަމަށާއި އޭގައި އެއްވެސް އަސްލެއް، އަސާސެއް ނެތް ކަމަށެވެ.
ކޯޓުން މައްސަލަ ބަލައިނުގަނެ ބޭރުކޮށްލުމުގެ ކުރިން ކޯޓުން ވަނީ އަންހެން މީހާ ބައެއް ސުވާލުތައް ވެސް ކުރިމަތިކޮށްފަ އެވެ. އެގޮތުން ދުވަހަކު ވެސް އިނގިތޭސިވިލާތަށް ދިޔައިންތޯ އާއި ހެރީއާ އެއްވެސް ތާކުން އެއްވެސް ގޮތަކަށް ބައްދަލުވިތޯ އަހާފައިވެ އެވެ. ޖަވާބުގައި އަންހެން މީހާ ބުނީ ނޫން ކަމަށެވެ.
ކޯޓުގެ ފަނޑިޔާރު އަރްވިންދު ސިންގް ސަންގަވަމް ވިދާޅުވީ ހުށަހެޅި މައްސަލާގައި ވަނީ މޮޔަ ވާހަކަތަކެއް ކަމަށާއި ޕްރިންސްގެ ނަމުގައި އެތައް ބައިވަރު ފޭކް އައިޑީތައް ހަދައިގެން އުޅޭއިރު މައްސަލާގައި އެ ބުނާ ޕްރިންސް ކޮންމެވެސް ސައިބަ ކެފޭއަކުން ފެނުން އެކަށީގެންވާ ކަމަށެވެ.
ޕަންޖާބް އެންޑް ހަރިއާނާ ހައި ކޯޓް.
"ލިޔެކިޔުންތަކުގެ އިބާރާތް ހަމަނުޖެހުމާއި އިބާރާތްކުރުމުގެ ފެންވަރު ވެސް ވަރަށް ދަށް. އަދި އޭގައި ފާހަގަކޮށްފައި ހުރި ކަންކަމުގައި ވެސް ބުރަދަނެއް ހުރި އެއްވެސް ވާހަކައެއް ނެތް،" އޭނާ ވިދާޅުވި އެވެ. "ގަބޫލުކުރެވެނީ ހެރީގެ ނަމުގައި ސޯޝަލް މީޑިއާ އާއި އީމެއިލް މެދުވެރިކޮށް ބަޔަކު އަންހެން މީހާ ހެއްދީ މޮޔަ ކަމަށް. ލިޔެކިޔުންތަކުން ދޭހަވަނީ އެކަހަލަ ގޮތަކަށް ހިނގާފައި އޮތް ކަމެއް ކަމަށް."
ހެރީ އާއި މޭގަން ކައިވެނި ބައްލަވައިގަތީ 2018 ގަ އެވެ. އެ ދެ ބޭފުޅުންނަށް ވަރަށް އަވަހަށް ދެވަނަ ދަރިއަކު ލިބިވަޑައިގަންނަވާނެ އެވެ.
އެމެރިކާގައި ދިރިއުޅުއްވާ ހެރީ މި ވަގުތު ހުންނެވި ހުކުރު ދުވަހު އަވަހާރަވި ކާފާފުޅު ޕްރިންސް ފިލިޕްގެ ޖަނާޒާގައި ބައިވެރިވަޑައިގަތުމަށް އިނގިރޭސިވިލާތުގަ އެވެ.
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
މޭގަން އަށް އެކްޓްކުރުމުގެ އިހުތިޔާރު ޝާހީ އާއިލާ އިން ދިން
ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން އިނީ ބަލިވެ
ކައިވެނި ކުރީ ކޮންމެ މަހަކު ޕިއްޒާ ކާން ދާ ގޮތަށް!
ޕްރިންސް ހެރީ އާއި މޭގަންގެ ދަރިކަނބަލުންގެ ފޮޓޯއެއް
ޕްރިންސް ހެރީގެ އާއިލާ އަށް ދައުވަތު ނުދިން
މޭގަން މާކްލްގެ ޕްރޮޖެކްޓް ކެންސަލްކޮށްފި
ޕްރިންސް ލުއީސްގެ އާ ފޮޓޯތަކެއް
ބޭނުންވީ ރާނީ ހުންނެވީ ސަލާމަތުންތޯ ޔަގީންކުރައްވަން
އާއިލާ ދޫކޮށްލިފަހުން ހެރީ އާއި މޭގާން ރާނީގެ އަރިހަށް