Roadha Mihaaru
ހިންމަފުށި ކައުންސިލުގެ ރައީސްކަމަށް ދެބެއިން ވާދަކުރަނީ

ހިންމަފުށި ކައުންސިލުގެ ރައީސްކަމަށް ދެބެއިން ވާދަކުރަނީ

10 އެޕްރީލް 2021

މިހާރު ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކ. ހިންމަފުށީގެ ކައުންސިލްގެ ރައީސްކަމަށް އެއްބަނޑުއެއްބަފާ ދެބެއިން ވާދަކުރަމުން އެބަ ގެންދެ އެވެ. އެއީ މިހާރު ވެސް އެ ރަށު ކައުންސިލްގެ ރައީސް ޝާން އިބްރާހިމާއި އޭނާގެ ބޭބެ ފަރުހާދު އިބްރާހިމެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިހާރު ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކ. ހިންމަފުށީގެ ކައުންސިލްގެ ރައީސްކަމަށް އެއްބަނޑުއެއްބަފާ ދެބެއިން ވާދަކުރަމުން އެބަ ގެންދެ އެވެ. އެއީ މިހާރު ވެސް އެ ރަށު ކައުންސިލްގެ ރައީސް ޝާން އިބްރާހިމާއި އޭނާގެ ބޭބެ ފަރުހާދު އިބްރާހިމެވެ.

ޝާން ވާދަކުރައްވަނީ އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގަ އެވެ. ފަރުދާހު މި އިންތިހާބަށް ނުކުންނެވީ އަމިއްލަ ގޮތުން ނަމަވެސް އޭނާއަކީ އެމްޑީޕީގެ މެމްބަރެކެވެ.

މިދިޔަ ތިން ދައުރުގައި ވެސް ހިންމަފުށީ ކައުންސިލުގެ ރައީސްކަން ކުރެއްވީ ޝާން އެވެ. މިއީ އޭނާ ވާދަކުރައްވާ ހަތަރު ވަނަ ކައުންސިލް އިންތިހާބެވެ. ފަރުހާދު ވަނީ މީގެ ކުރިން އެއް ދައުރުގައި ކައުންސިލުގެ މެމްބަރުކަން ކުރައްވައިފަ އެވެ.

ކ.ހިންމަފުށީ ކައުންސިލުގެ ރައީސް ކަމަށް ވާދަކުރައްވާ ދެބެއިން ކަމަށްވާ ފަރުހާދު އިބްރާހިމް އާއި ޝާން އިބްރާހިމް.--

ކ.ހިންމަފުށީ ކައުންސިލުގެ ރައީސް ކަމަށް ވާދަކުރައްވާ ދެބެއިން ކަމަށްވާ ފަރުހާދު އިބްރާހިމް އާއި ޝާން އިބްރާހިމް.--

މި ދެބެއިންގެ އާއިލާގެ ފަރާތުން "މިހާރު" އާ ވާހަކަ ދެއްކެވި މީހަކު ބުނީ، އިންތިހާބާއެކު އާއިލާގެ ތެރޭގައި ވެސް ވާދަވެރިކަން ކޮންމެސް ވަރަކަށް އެބައޮތް ކަމަށެވެ.

ޝާން އާއި ފަރުހާދުއާ އެކު އެ މީހުންގެ އެއްބަނޑު އެއްބަފާ 11 ބެއިން ތިބެ އެވެ.

ކ.ހިންމަފުށީ ކައުންސިލުގެ ރައީސް ކަމަށް ވާދަކުރައްވާ ދެބެއިން ކަމަށްވާ ފަރުހާދު އިބްރާހިމް އާއި ޝާން އިބްރާހިމްގެ މަންމަ ވޯޓު ލުމަށްޓަކައި ވޯޓު ލާ މަރުކަޒުގައި.--

ކ.ހިންމަފުށީ ކައުންސިލުގެ ރައީސް ކަމަށް ވާދަކުރައްވާ ދެބެއިން ކަމަށްވާ ފަރުހާދު އިބްރާހިމް އާއި ޝާން އިބްރާހިމްގެ މަންމަ ވޯޓު ލުމަށްޓަކައި ވޯޓު ލާ މަރުކަޒުގައި.--

"މިހާރު" އާ ވާހަކަ ދެއްކި، އެ އާއިލާގެ މެމްބަރު ބުނީ ހިންމަފުއްޓަކީ ޕީޕީއެމަށް ބޮޑު ސަޕޯޓެއް އޮންނަ ރަށަކަށް ވުމުން، އިންތިހާބު ކާމިޔާބުކުރުން އެންމެ ގާތީ ޝާން ކަމަށެވެ. އޭނާ އަކީ ކުރިން ވެސް އަދި މިހާރު ވެސް ކައުންސިލްގެ ރައީސްކަމަށް ވުމުން ފުރުސަތު ބޮޑު ބޮޑު ކަމަށް ބުންޏެވެ. އެކަމަކު ވަކި ޕާޓީއަކަށް ނުބަލާ އެ މީހަކު ބޭނުންވާ މީހަކަށް ވޯޓުލުމުގެ އިހުތިޔާރު ދެބެއިންގެ އާއިލާގެ އެންމެންނަށް ވެސް އެބަ އޮތް ކަމަށެވެ.

"މި އިންތިހާބުގައި އެންމެ ގޮތް ނިންމަން އުނދަގޫ މީހަކަށް ހުންނާނީ މި ދެބެއިންގެ މަންމަ. އެ މީހުންގެ މަންމަ ވޯޓުލައިފި މިއަދު މެންދުރު،" އޭނާ ބުންޏެވެ.

"[ހުރިހާ ކުދިން] ގުޅުން ރަނގަޅު. ހަމަ އެންމެން ވެސް ބޭނުންވަނީ އާއިލާގެ މީހަކަށް ވޯޓު ދީގެން ހޮވަން."