Roadha Mihaaru
ކޮވިޑާ ހެދީ މާފަރު-މުމްބާއީ ދަތުރުތައް ފަސްކޮށްފި

ކޮވިޑާ ހެދީ މާފަރު-މުމްބާއީ ދަތުރުތައް އަންނަ މަހަށް ފަސްކޮށްފި

10 އެޕްރީލް 2021

އިންޑިއާގައި ކޮވިޑް-19 ފެތުރުން އިތުރުވުމާ ގުޅިގެން އެ ގައުމުގެ މުމްބާއީން މާފަރަށް މޯލްޑިވިއަން އިން ފަށަން އުޅުނު ދަތުރުތައް ފަސްކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އިންޑިއާގައި ކޮވިޑް-19 ފެތުރުން އިތުރުވުމާ ގުޅިގެން އެ ގައުމުގެ މުމްބާއީން މާފަރަށް މޯލްޑިވިއަން އިން ފަށަން އުޅުނު ދަތުރުތައް ފަސްކޮށްފި އެވެ.

އެ ކުންފުނިން ބުނީ މި ދަތުރުތައް ދެން ފަށާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ. ކުރިން މި ދަތުރުތައް ފަށަން ނިންމާފައި އޮތީ އަންނަ އަންގާރަ ދުވަހު އެވެ.

މާފަރާއި މުމްބާއީއާ ދެމެދު ދަތުރުތައް ފަށަން ތައްޔާރުވެފައިވާ ކަން މޯލްޑިވިއަން އިން އިއުލާން ކުރީ މިދިޔަ މަހު އެވެ. މި ދަތުރުތައް ފެށުމާއެކު ހަފުތާއަކު ތިން ފްލައިޓު ބާއްވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މުމްބާއީގެ އިތުރުން ކުރިމަގުގައި އިންޑިއާގެ އެހެން ސިޓީތަކުން ވެސް މާފަރަށް ސީދާ ދަތުރުތައް ފަށަން މޯލްޑިވިއަން އިން ވަނީ ނިންމައިފަ އެވެ.