10 އެޕްރީލް 2021
ބޮލީވުޑްގެ އެކްޓަރު ފަރުހާން އަޚްތަރުގެ ހޮލީވުޑްގެ މަޝްހޫރު ފިލްމު ކުންފުނި މާވެލް ސްޓޫޑިއޯސްގެ ޕްރޮޖެކްޓެއްގައި މަަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ އެކްޓަރު ފަރުހާން އަޚްތަރުގެ ހޮލީވުޑްގެ މަޝްހޫރު ފިލްމު ކުންފުނި މާވެލް ސްޓޫޑިއޯސްގެ ޕްރޮޖެކްޓެއްގައި މަަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ފިލްމުގެ މަސައްކަތް މި ވަގުތު ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދާ އިރު، ފިލްމުގެ އިންޓަނޭޝަނަލް ކާސްޓާއި މުޅި ކްރޫ މިހާރު ތިބީ އެ ގައުމުގަ އެވެ. ނަމަވެސް މިއީ މާވެލްގެ ކޮން ޕްރޮޖެކްޓެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
ހޮލީވުޑްގެ އެންމެ ވަރުގަދަ އެއް ފިލްމު ކުންފުނީގެ ފިލްމެއްގައި މަސައްކަތްކުރަން ފަރުހާނަށް ފުރުސަތު ލިބުނު އިރު، އެ ސްޓޫޑިއޯ އަކީ ސުޕަހީރޯ ފިލްމުތައް ގެނެސްދިނުގައި އެންމެ އަރާހުރި ކުންފުންޏެވެ.
އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއްގެ ގޮތުގައ ވެސް މަސައްކަތްކުރާ ފަރުހާނަށް އިންޓަނެޝަނަލް ބޮޑު ޕްރޮޖެކްޓެއް ލިބުނު އިރު އެންމެ އަވަހަށް ރިލީޒްވާން އޮތް އޭނާގެ ފިލްމަކީ އަންނަ މަހުގެ 21 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ ސްޕޯޓްސް ޑްރާމާ "ތޫފާން" އެވެ. އޭގައި ފަރުހާން ކުޅެފައި ވަނީ ބޮކްސިން ތެޅުންތެރިއެއްގެ ރޯލެވެ.
ފަރުހާން އެންމެ ފަހުން ފެނިފައި ވަނީ 2019 ގައި ޕްރިޔަންކާ ޗޯޕްރާއާ އެކު ކުޅުނު "ދަ ސްކައި އިޒް ޕިންކް" އިންނެވެ.
މިދިޔަ އަހަރު ފަހުކޮޅު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްގައިވާ ގޮތުގައި އިންޑިއާގެ އެކްޓަރު މޯހަން ކަޕޫރަށް މާވެލްގެ ޕްރޮޖެކްޓަކުން ފުރުސަތު ލިބިފައިވެ އެވެ. އެގޮތުން "މިސިޒް މާވެލް" އިން ލިބުނު ރޯލަށް އޭނާ މިދިޔަ އަހަރު އެމެރިކާގެ އެޓްލާންޓާގައި ޝޫޓް ވެސް ކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ރާޖް އެންޑް ޑީކޭ މާވެލްގެ ފިލްމެއް ޑައިރެކްޓް ކުރަނީ
މާވެލްގެ "މޫން ނައިޓް" ގެ އެކްޓަރަކު މަރުވެއްޖެ
މާވެލްގެ ފިލްމަކުން ކިއާނޫ ފެނުމުގެ އިޝާރާތެއް
މާވެލްގެ "ލޯކީ" ގެ ދެވަނަ ސީޒަނެއް ގެނެސްދޭނެ
ސުޝާންތުގެ ލޯބިވެރިޔާ ރިއާ ހޮލީވުޑާ ދިމާއަށް
މާވެލްގެ "މިސް މާވެލް" ގެ ރޯލެއް ފަވާދަށް
މި ފަހަރު "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް"
މާވެލްގެ "މިސް މާވެލް" ގައި އިންޑިއާގެ އެކްޓަރެއް
"ޑެޑްޕޫލް 3" ސްކްރީންޕްލޭ މޮލިނޯސް ސިސްޓާސް އަށް
ރުސްސޯ ބްރަދާސް އެނބުރި މާވެލްއަށް