15 ނޮވެމްބަރ 2016
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށް ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށް ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ނަޝީދުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމާއި ގައުމީ ސަލާމަތާ ބެހޭ އެޑްވައިޒަރުގެ މަގާމު އަދާ ކުރެއްވި އަމީންގެ މައްޗަށް ދައުވާ ކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.
އެކަމަކު ޖުލައި، 2010 ގައި ރައީސް ޔާމީން ހައްޔަރު ކޮށް، ސިފައިންގެ ބެލުމުގެ ދަށުން ކ. އާރަށުގައި ބަންދުކޮށްފައި ބެހެއްޓި މައްސަލައިގައި މީގެ ދުވަސްކޮޅެއް ކުރިން އަމީން ފުލުހަށް ހާޒިރުކޮށް، ސުވާލު ކޮށްފައިވެ އެވެ. އެ މައްސަލައިގައި ވެސް ފުލުހުން އަމީނާ ސުވާލު ކުރީ ޓެރަރިޒަމްގެ ތުހުމަތު ކޮށްފަ އެވެ.
އަމީނަށް ކުރާ އެ ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވަން ތާވަލު ކުރިޔަސް އަޑުއެހުން މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ.
ރައީސް ޔާމީން އޭރު ހައްޔަރު ކުރީ ސަރުކާރު ވައްޓާލަން ރޭވިކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގައި ސިފައިންގެ ބެލުމުގެ ދަށަށް އެ މަނިކުފާނު ގެންދިޔައީ ފުލުހުން އެ މަނިކުފާނު ހައްޔަރު ކުރުމުން އެ މަނިކުފާނު ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރު ނެރުމުންނެވެ.
އެ މައްސަލާގައި ރައީސް ޔާމީނަށް ގެއްލުމުގެ ބަދަލު ދޭން ސިވިލް ކޯޓުން އޮތީ ހުކުމް ކޮށްފަ އެވެ. އެކަމަކު އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުން ނަގައިދޭން ކޯޓުން ކަނޑައެޅި މިންވަރު ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފަ އެވެ.
އެ މައްސަލާގައި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ވެސް ފުލުހަށް ހާޒިރުކޮށް، ސުވާލު ކުރި އެވެ. އެކަމަކު އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވި ކަމެއް ސާފެއް ނުވެ އެވެ.
ޓެރަރިޒަމްގެ ދައުވާއިން އަމީން ސަލާމަތްވެއްޖެ
އަމީންގެ ޝަރީއަތުގެ ޚުލާސާ ބަޔާން ހުށަހެޅުން ފަސްކޮށްފި
ބަންދުކުރީ ބަންގަލޯއެއްގައި، އެއީ ހައްޔަރެއް: ރައީސް
ޓެރަރިޒަމްގެ ދައުވާއަށް އިންކާރު ކުރަން: އަމީން
ވަކީލަކު ހަމަޖައްސަން އަމީނަށް ހަތް ދުވަސް ދީފި
ގަވާއިދު ހެދީ ޔާމީންގެ ގެކޮޅާއި މުދާ ނަގަން: އިދިކޮޅު
ރައީސް އަވަހާރަކޮށްލަން ހިތްވަރު ދިން ކަމަށް އިންކާރު
ޔާމީން ދޫނުކުރާނެ ކަމަށް ނަޝީދު ވިދާޅުވި: ދަައުލަތް
ނަޝީދު ހާޒިރު ނުކުރެވޭތީ އަނެއްކާވެސް ޝަރީއަތް ކެންސަލް
ޗިޓް ހަވާލު ނުކުރެވޭތީ ނަޝީދުގެ ޝަރީއަތް ނުފެށުނު