21 މެއި 2017
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ކ. އާރަށުގައި ބަންދު ކޮށްފައި ހުންނެވިއިރު، އެމަނިކުފާނު ދޫ ނުކުރާނެ ކަމަށް ނަޝީދު އޭރު ވިދާޅުވި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ކ. އާރަށުގައި ބަންދު ކޮށްފައި ހުންނެވިއިރު، އެމަނިކުފާނު ދޫ ނުކުރާނެ ކަމަށް ނަޝީދު އޭރު ވިދާޅުވި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ނަޝީދުގެ ވެރިކަމުގައި ޖުލައި، 2010 ގައި ސިފައިންގެ ބެލުމުގެ ދަށުން ރައީސް ޔާމީން އާރަށުގައި ބަންދުކޮށްފައި ބެހެއްޓި މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލަށް ކުރާ ދައުވާގެ އަޑުއެހުމުގައި ދައުލަތުން އެގޮތަށް ބުނީ އަމީނާ ދެކޮޅަށް ހެކި ހުށަހަޅަމުންނެވެ. ދައުލަތުން ވަނީ ރައީސް ޔާމީން ދޫނުކުރާނެ ކަމަށް ނަޝީދު އޭރު ވިދާޅުވި ކަން ސާބިތުކުރަން ސިއްރު ހެއްކެއް ވެސް ހުށަހަޅައިފަ އެވެ.
ދައުލަތުން ބުނި ގޮތުގައި ރައީސް ޔާމީން ދޫނުކުރާނެ ކަމަށް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ބަންދު ކޮށްފައި ހުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެމަނިކުފާނު ދޫނުކޮށްފި ނަމަ ނަޝީދުގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަހުމަދު މުއިއްޒު ސިއްރު ހެކިވެރިޔާ އަށް ގުޅާފައި ވިދާޅުވުމުން އެ ހެކިވެރިޔާ އެ ވާހަކަ ނަޝީދަށް ދެންނެވުމުންނެވެ.
އޭރު އަމަލު ކުރަމުންދިޔަ ގާނޫނުލް އުގޫބާތުގެ 61 ވަނަ މާއްދާގެ ދަށުން އެ މައްސަލާގައި ނަޝީދަށް ދައުވާ ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވުމުން ހެކިވެރިޔާ އެ ވާހަކަ ނަޝީދަށް ދެންނެވީ ގާނޫނުލް އުގޫބާތުގެ އެ މާއްދާގެ ކޮޕީއެއް ހިފައިގެން ރައީސް އޮފީހަށް ގޮސް ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެ ހެކިވެރިޔާގެ އިތުރުން ވެސް އަމީނާ ދެކޮޅަށް އެހެން ހެކިވެރިޔަކު ވަނީ ދައުލަތުން ހުށަހަޅައިފަ އެވެ. އެއީ އޭރު ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ އަދި ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ނާޒިމްގެ ގޭގައި އެމަނިކުފާނު ހުންނެވި އިރު ދޮރު ނުހުޅުވައިފި ނަމަ ދޮރު ވައްޓާލައިގެން ވިޔަސް ސިފައިން ގެއަށް ގެންދާނެ ކަމަށް އަމީން ވިދާޅުވި އަޑު އިވުނު ކަމަށް ބުނާ މީހެކެވެ.
އެ ހެކިވެރިޔާއާ ހަވާލާދީ ދައުލަތުން ބުނީ ސިފައިންނާ އެކު އާރަށަށް ވަޑައިގަތުން ނޫން އިތުރު ގޮތެއް ރައީސް ޔާމީނަށް ނެތް ކަމަށް އަމީން ވިދާޅުވި ކަމަށެވެ.
މީގެ އިތުރަށް އެ މައްސަލައިގެ ސިއްރު ރިޕޯޓަކާއި ރައީސް ޔާމީން ހައްޔަރު ކުރުމުގެ އޮޕަރޭޝަން ހިންގި ގޮތުގެ ރިޕޯޓާއި ރައީސް ޔާމީން ދޫކޮށްލަން އަންގައި، އޭރުގެ ޕީޖީ މުއިއްޒު ޑިފެންސް މިނިސްޓްރީ އަށް ފޮނުވި ސިޓީއަކާއި އޭރުގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ސްކްރިޕްޓް ވެސް ދައުލަތުން ހުށަހެޅި އެވެ. އަދި އެ މައްސަލާގައި ރައީސް ޔާމީނަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމް ވެސް ދައުލަތުން އަމީނާ ދެކޮޅަށް ހުށަހެޅި އެވެ.
ރައީސް ޔާމީން (ވ) ނަޝީދާ ސަލާމް ކުރައްވަނީ: ނަޝީދުގެ ވެރިކަމުގައި ރައީސް ޔާމީން ހައްޔަރުކުރީ ހިމާޔަތް ދޭން ކަމަށް ބުނެ
އަމީންގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅީ ރައީސް އަބްދުﷲ ޔާމީނާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މި ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި މޫސާ އަލީ ޖަލީލާއި އޭރު ސިފައިންގެ ލީގަލް ހެޑަކަށް ހުންނެވި ޒުބައިރު އަހުމަދު މަނިކެވެ.
އަމީންގެ ދިފާއީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ ރައީސް ޔާމީން ހާޒިރު ކުރަން އެދެނީ އެމަނިކުފާނު ތަހުގީގަށް ދެއްވި ބަޔާނަކީ ތެދު ބަޔާނެއްތޯ ކަށަވަރު ކުރުމަށާއި އެމަނިކުފާނާ މެދު ކަންކަން ވީ ގޮތް ސާފުކުރަން ކަމަށެވެ. އެމަނިކުފާނު ހާޒިރު ކުރުން ކޮންމެހެން މުހިންމު ކަމަށާއި އެހެންވެ ކޯޓުން އެމަނިކުފާނު ހާޒިރުކޮށް ދޭން ހަސީން އެދިވަޑައިގަތެވެ.
އަމީންގެ ސިއްހީ ހާލަތު ހުރި ގޮތުން ރާއްޖެއިން ބޭރުން ޓެސްޓްތަކެއް ހަދަން ޖެހޭތީ ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަށް އަމީންގެ ފަރާތުން އެދިފައިވާތީ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ހުށަހެޅި ލިޔުންތަކަށް ބެލުމަށް ފަހު މި ހަފުތާގައި ގޮތެއް ނިންމަވާނެ ކަމަށެވެ. ބޭރަށް ވަޑައިގަންނަވަން ހުއްދަ ދޭ ނަމަ އުސޫލު އޮންނަ ގޮތުން އެކަމަށް ޒިންމާވާނެ ފަރާތެއް ހުންނަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލާގައި ދައުލަތުން ވަނީ ނަޝީދުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާކޮށްފަ އެވެ. އެކަމަކު އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނެވުމުން ޝަރީއަތް ކުރިއަކަށް ނުދެ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ނަޝީދަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ.
ޓެރަރިޒަމްގެ ދައުވާއިން އަމީން ސަލާމަތްވެއްޖެ
އަމީންގެ ޝަރީއަތުގެ ޚުލާސާ ބަޔާން ހުށަހެޅުން ފަސްކޮށްފި
ނަޝީދު ހާޒިރު ނުކުރެވޭތީ އަނެއްކާވެސް ޝަރީއަތް ކެންސަލް
ގާސިމް ބަންދުކުރިއަސް ގާނޫނީ އިމަށް ވެރިކަން އެނބުރޭނެ
ޗިޓް ހަވާލު ނުކުރެވޭތީ ނަޝީދުގެ ޝަރީއަތް ނުފެށުނު
ނަޝީދަށް ޓެރަރިޒަމްގެ ދައުވާކޮށް، ކޯޓަށް ފޮނުވައިފި
ބަންދުކުރީ ބަންގަލޯއެއްގައި، އެއީ ހައްޔަރެއް: ރައީސް
ޓެރަރިޒަމްގެ ދައުވާއަށް އިންކާރު ކުރަން: އަމީން
ވަކީލަކު ހަމަޖައްސަން އަމީނަށް ހަތް ދުވަސް ދީފި
އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފި