Roadha Mihaaru
ރޭކާގެ ޖަވާބަކުން އެންމެން ހެއްވާލައިފި

ރޭކާގެ ޖަވާބަކުން އެންމެން ހެއްވާލައިފި

06 އެޕްރީލް 2021

މި ހަފުތާގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ގެނެސްދިން ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 12 ގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވީ ކުރީގެ ބަތަލާ ރޭކާ އެވެ. އެ ދެ އެޕިސޯޑްގައި އޭނާގެ ހިތުގައި މިއުޒިކަށް އޮތް ލޯބި ވެސް ދައްކައިލި އިރު، ބައިވެރިން ވަނީ ރޭކާގެ ފިލްމުތަކުން ފާހަގަކޮށްކެލެވުނު ރީތި އެތައް ލަވަތަކެއް ހުށަހަޅައިދީގެން އޭނާގެ ހިތް ވެސް ފަތަހަކޮށްފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ހަފުތާގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ގެނެސްދިން ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 12 ގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވީ ކުރީގެ ބަތަލާ ރޭކާ އެވެ. އެ ދެ އެޕިސޯޑްގައި އޭނާގެ ހިތުގައި މިއުޒިކަށް އޮތް ލޯބި ވެސް ދައްކައިލި އިރު، ބައިވެރިން ވަނީ ރޭކާގެ ފިލްމުތަކުން ފާހަގަކޮށްކެލެވުނު ރީތި އެތައް ލަވަތަކެއް ހުށަހަޅައިދީގެން އޭނާގެ ހިތް ވެސް ފަތަހަކޮށްފަ އެވެ.

އެކަމަކު ރޭކާގެ އެޕިސޯޑްތައް އަދި އެ ވަރަކުން ނުފުދެ އެވެ. އޭނާ ވަނީ އަމިއްލަ ލޯބީގެ ހަޔާތަށް ވެސް ފާޑަކަށް ޖޯކެއް ޖަހައި އެންމެން ހެއްވާލައިފި އެވެ. "އިންޑިއަން އައިޑޮލް 12" ގެ ހޯސްޓް އަދިތިޔާ ނާރަޔަން ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަން ޖެހިފައިވާތީ މިހާރު ޝޯގެ ހޯސްޓްގެ ގޮތުގައި ފެންނަ ޖޭ ބަނުޝާލީ ދެއްކި ވާހަކައަކުން ރޭކާ ކޮށްލި ސަމާސާ ގިނަ ބަޔަކަށްވީ ވަރަށް މަޖާ ކަމަކަށެވެ.

ޝޯގެ ޖަޖުންގެ ތެރޭގައި ހިމެނޭ ނޭހާ ކައްކަރަށް އިޝާރާތްކޮށް ޖޭ އަހާފައި ވަނީ ކައިވެނިކޮށްގެން އުޅުނު ފިރިހެނަކާ ހެދި މޮޔަވެގެން އުޅުނު އަންހެނެއްގެ ވާހަކަ އަޑު އެހިންތޯ އެވެ؟ އެއާ އެކު ވަރަށް މަޖާ މޫޑެއްގައި ހިނިތިވުންވެ ހުރެ ރޭކާ، 66، ވަނީ އެ ވާހަކަ އޭނާ ކައިރިން އަހަން އެދޭ ކަމަށް ބުނެ، އެންމެން ހެއްވާލައިފަ އެވެ.

ރޭކާ އާއި އެކްޓަރު އަމީތާބް ބައްޗަންގެ ލޯބީގެ ވާހަކައަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި އެއް ޒަމާނެއްގައި އެންމެ ހޫނުކޮށް ދެކެވުނު އެއް ވާހަކަ އެވެ. ޖަޔާ ބައްޗަންއާ އަމީތާބް ކައިވެނިކުރުމުގެ ކުރިންނާއި އޭގެ ފަހުން ވެސް ރޭކާ އާއި އަމިތާބްގެ ލޯބީގެ ކުޅިގަނޑު ދުވަސްތަކެއް ވަންދެން ހޫނުކަންމަތީ އޮވެ، މީޑިއާތަކުގައި ވެސް އެ ވާހަކަ އެހާމެ ހޫނުކޮށް ދެކެވުނެވެ. އަދި އެކަމާ ހުރެ އަމީތާބާއި ޖަޔާގެ ކައިވެނި ވެސް ނުރޫޅު އޮތީ ހަމަ ކިރިޔާ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުރީގެ މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްޅާ 1981 ގައި ގެނެސްދިން އަސަރު ގަދަ ލޯބީގެ ފިލްމު "ސިލްސިލާ" އަކީ އަމީތާބާއި ރޭކާ އާއި ޖަޔާގެ ތިނެސްކަން ލޯބީގެ ވާހަކައިން އިންސްޕަޔާވެގެން ހެދި ފިލްމެކެވެ. އެ ފިލްމު ކުޅުނީ ވެސް އެ ތަރިންނެވެ. "ސިލްސިލާ" އަކީ ހަގީގީ ދިރިއުޅުމުގައި ކަން ހިނގި ގޮތަށް އަމީތާބް ކައިވެނި ބޭރުން ރޭކާއާ ސިއްރު ލޯބީގެ ކުޅިގަނޑު ކުޅޭތަން ދެއްކި ފިލްމެކެވެ.

އެ ފިލްމަކީ އަމީތާބާއި ރޭކާ އެކީގައި އެންމެ ފަހުން ކުޅުނު ފިލްމެވެ. އެކަމަކު އެ ދެ ތަރިން އެކީގައި ކުރިން ވެސް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވެ އެވެ.

ރޭކާގެ މައްސަލާގައި ބައްޗަން އާއިލާގެ ތެރޭގައި ކުރިން ހުޅުގަނޑެއް އޮތް ނަމަވެސް އޭގެ އަހަރުތަކުން ފަހުން އެ ހުޅުގަނޑު ފިނިވެ، މިހާރު އެ މީހުންނަކީ ހަމަ އާދައިގެ ރައްޓެހިންނެވެ. އެއީ އެކަކު އަނެކަކު ފެނުލީމާ ސަލާންގަލާންކޮށްލެވޭ މިންވަރަށެވެ.