ހިންދީ ޑްރާމާ ސިލްސިލާ "ސީއައިޑީ"ގައި މަރުވި އޭސީޕީ ޕްރަދިއުމަންގެ ކެރެކްޓާ އަނބުރާ ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހިންދީ ޑްރާމާ ސިލްސިލާ "ސީއައިޑީ"ގައި މަރުވި އޭސީޕީ ޕްރަދިއުމަންގެ ކެރެކްޓާ އަނބުރާ ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސީއައިޑީގެ ފަހުގެ އެޕިސޯޑެއްގައި ދެއްކި ބޮންގޮވުމުގެ ހާދިސާއެއްގައި އޭސީޕީ ޕްރަދިއުމަން ވަނީ މަރުވެފަ އެވެ. އެ އެޕިސޯޑު ދެއްކުމުގެ ކުރިން އެ ކެރެކްޓާ މަރުވާކަން ސީއައިޑީ ގެނެސްދޭ ސޮނީ އެންޓަޓެއިންމަންޓް ނެޓްވޯކުން ވަނީ އިއުލާންކޮށްފަ އެވެ.
ނަމަވެސް ރިޕޯޓްތައް ބުނި ގޮތުގައި، އޭސީޕީ ޕްރަދިއުމަންގެ ކެރެކްޓާ އަނބުރާ ގެންނަން ފޭނުންގެ ޑިމާންޑް ކުރާތީ ސޮނީން މިހާރު ވަނީ އެ ކެރެކްޓާ އަނބުރާ ގެންނަން ނިންމައިފަ އެވެ. އަދި އެ ކެރެކްޓާ ކުޅެނީ ވެސް ކުރިން ވެސް އެ ކެރެކްޓާ ކުޅުނު ޝިވާޖީ ސަތަމް ކަމަށް ރިޕޯޓްތައް ބުންޏެވެ.
އޭސީޕީ ޕްރަދިއުމަން އަނބުރާ ގެނައުމަށް ވަރުގަދަ ޕްލޮޓް ޓުވިސްޓަކަށް މި ސިލްސިލާގެ އުފެއްދުންތެރިން ތައްޔާރުވަމުން އަންނަ ކަމަށާއި އަންނަ ހަފުތާގައި ޝިވާޖީއާ އެކު އަލުން ޝޫޓިން ވެސް ފަށާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ސީއައިޑީގައި އާ އޭސީޕީއެއްގެ ރޯލު ކުޅުމަށް ޓީވީ އެކްޓަރު ޕާތު ސަމްތާން ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް އޭނާ ކުޅެނީ އޭސީޕީ ޕްރަދިއުމަންގެ ރޯލެއް ނޫނެވެ. އޭނާގެ ކެރެކްޓާގެ ނަމަކީ އޭސީޕީ އަޔުޝްމަން އެވެ.
ދެން ހާސްވާނެ ކަމެއް ނެތް، ސީއައިޑީ އަތުވެއްޖެ!
އޭސީޕީ ޕްރަދިއުމަންގެ ބަދަލުގައި ސީއައިޑީއަށް ޕާތު
ސީއައިޑީގައި އޭސީޕީ ޕްރަދިއުމަން މަރުވެއްޖެ
އަމީތާބް ކުރަފި މަރާ ގޮތް ކިޔައިދީފި
ވަންރާޖު "އަނުޕާމާ" ދޫކޮށްލައިފި
އިންޑިއަން އައިޑޮލް 14ގެ ގަދަ 15 ހޮވައިފި
ޕަރިނީތީ ޖަޖުކަން ކުރާ "ހުނަރުބާޒް" މި މަހު
ޝިލްޕާގެ "އައިޖީޓީ 9" މި މަހުގެ 15 ގައި
ކޭބީސީ އަކީ ބޮޑު ފިލާވަޅެއް: އަމީތާބް
ސަލްމާންގެ "ދަ-ބަންގް" ޓުއާގައި ޝިލްޕާ ބައިވެރިވަނީ