Roadha Mihaaru
އިންޑިއަން އައިޑޮލް 14ގެ ގަދަ 15 ހޮވައިފި

އިންޑިއަން އައިޑޮލް 14ގެ ގަދަ 15 ހޮވައިފި

23 އޮކްޓޯބަރ 2023

މިހާރު ކުރިއަށް ގެންދާ އިންޑިއަން އައިޑޮލްގެ 14 ވަނަ ސީޒަންގެ ގަދަ 15 ރޭގައި ހޮވައިފި އެވެ.

މިހާރު ކުރިއަށް ގެންދާ އިންޑިއަން އައިޑޮލްގެ 14 ވަނަ ސީޒަންގެ ގަދަ 15 ރޭގައި ހޮވައިފި އެވެ.

މި ސީޒަންގެ ގަދަ 15 ރޭގައި ހޮވައި ވަނީ ތިއޭޓާ ރައުންޑް ނިންމާލައިފަ އެވެ. ދެން އޮންނާނީ ގާލާ ރައުންޑެވެ. އެ ރައުންޑް ފަށާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިފަހަރުގެ ސީޒަންގައި މިދިޔަ ސީޒަންތަކާ އަޅާ ބަލައިފައި މާ ހުނަރުވެރި ބައިވެރިން އެބަ ތިއްބެވެ. އޮޑިޝަން އާއި ތިއޭޓާ ރައުންޑުގައި ބައިވެރިންގެ ހުށަހެޅުންތަކަށް އާންމުންގެ ބޮޑު ސަމާލުކަމެއް ވެސް ލިބުނެވެ. އަދި ޖަޖުންގެ ތައުރީފު އޮހުނެވެ.

މި ސީޒަންގެ ޖަޖުންނަކީ ޝްރެޔާ ގޯޝަލް އާއި ވިޝާލް ދަދުލާނީ އަދި އިންޑިއަން އައިޑޮލްގެ ޖަޖުކަން އަލަށް ކުރާ ކުމާރު ސާނޫ އެވެ.

ސީޒަން 14ގެ ގަދަ 15 ގައި ހިމެނޭ ބައިވެރިންނަކީ ސަންދީޕު ދާސް، މުސްކާން ސްރިވާސްތަވާ، މައިތުލީ ޝޯމް، އަންޖާނާ ޕަދުމަނާބަން، ސުރެންދަރް ކުމާރު، އުތުކާޝް ވަންކްޑޭ، ދިޕަން މިތުރާ، ގަޔަތުރީ ރާޖިވް، ޕިއުޝް ޕަންވަރު، މަހީމާ ބަޓަޗަޔަރްޖީ، އަނަންޔާ ޕަލް، ވައިބާވް ގުޕްތާ، މެނުކާ ޕޯޑެލް (ނޭޕާލް)، އޮބޯމް ތަންގޫ އަދި އަދުޔާ މިޝްރާ އެވެ.

މި ސީޒަންގެ ހޮސްޓަކީ ކުރިން ވެސް އިންޑިއަން އައިޑޮލް ހޮސްޓުކޮށްފައިވާ ހުސެއިން ކުވަޖަރްވާލާ އެވެ.