Roadha Mihaaru
ރޯދައަށް ހެޕީ މާކެޓުން ބައެއް ތަކެތީގެ އަގުހެޔޮ ކޮށްފި

ރޯދައަށް ހެޕީ މާކެޓުން ބައެއް ތަކެތީގެ އަގުހެޔޮ ކޮށްފި

04 އެޕްރީލް 2021

ހެޕީ މާކެޓުން ވިއްކާ ބައެއް ތަކެތި އަންނަ ރޯދަ މަހަށް އަގުހެޔޮ ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހެޕީ މާކެޓުން ވިއްކާ ބައެއް ތަކެތި އަންނަ ރޯދަ މަހަށް އަގުހެޔޮ ކޮށްފި އެވެ.

އެ ކުންފުނިން ބުނީ މި ބަދަލަކީ ރޯދައާ ދިމާކޮށް ގިނަ ބަޔަކަށް ހެޔޮ އަގުގައި މުދާ ފޯރުކޮށްދިނުމަށް ގެނައި ބަދަލެއް ކަމަށެވެ. އެގޮތުން، ހަ އުފެއްދުމެއްގެ އަގު މިހާރު ހެޔޮ ކޮށްފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހެޕީ މާކެޓުން އަގުހެޔޮ ކުރި ބާވަތްތައް

- ބްރައުން އެގް ކޭސް: 720ރ.

- ކުކުޅު ކިލޯއެއް: 23.5ރ.

- ކުކުޅު ފައި (900ގ) ކޭސް: 420ރ.

- ބީފް ޗަންކްސް (900ގ) ކޭސް: 975ރ.

- ފްރެންޗް ފްރައިސް ކިލޯއެއް: 34ރ.

- ކުކުޅު ކުރަނޑި (450ގ) ކޭސް: 300ރ.

- ކުކުޅު ކުރަނޑި (1 ކިލޯ) ކޭސް: 395ރ.

ކާބޯތަކެތީގެ ތެރެއިން ހެޕީ މާކެޓުން ވިއްކާ ތަކެތީގެ ތެރޭގައި ލޭމްބް، މަޓަން، ޓާކީ އަދި އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ހިމެނެ އެވެ. މީގެ އިތުރުން ރައުޚް އާއި ޕުރާޓޯސް އާއި ކޮމެލީ އާއި ޗެންޓީޕެކް އަދި އޮލްޑެންބާގާ އާއި ބެގާ ފަދަ މަޝްހޫރު ބްރޭންޑުތައް ވެސް އެ ކުންފުނީގެ ފިހާރަތަކުން ލިބޭނެ އެވެ.

ހެޕީ މާކެޓުގެ ފިހާރަތައް މާލެ އާއި ހުޅުމާލޭގެ އިތުރުން ކ. ހިންމަފުށީގަ އާއި ކުޅުއްދުއްފުށި ސިޓީ އަދި އައްޑޫ ސިޓީ ފޭދޫ އާއި ހިތަދޫގައި ހިންގަ އެވެ. މި ރަށްރަށުން ގަނޑުކޮށް މުދާ ގަންނަ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް އެ ކުންފުނިން ފޯރުކޮށްދެ އެވެ.

މީގެ އިތުރުން އެ ކުންފުނީގެ ފިހާރަ ނެތް ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކާ ހަމައަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ދޭނެ އެވެ.

ހެޕީ މާކެޓުން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ މައުލޫމާތު އެ ކުންފުނީގެ ވައިބާ ކޮމިއުނިޓީން ލިބޭނެ އެވެ.