Roadha Mihaaru
"ކްރެމް ބްރޫލޭ" ވަގުތުން ހެދޭ ޕެކެޓެއް ހެޕީ މާކެޓުން

"ކްރެމް ބްރޫލޭ" ވަގުތުން ތައްޔާރުކޮށްލެވޭ ޕެކެޓެއް ހެޕީމާކެޓުން ތައާރަފްކޮށްފި

01 ސެޕްޓެމްބަރ 2024

މަޝްހޫރު ފްރެންޗް ޑެޒާޓް "ކްރެމް ބްރޫލޭ" ވަގުތުން ތައްޔާރުކޮށްލެވޭ "ރެޑީ ޓު ޔޫސް" ޕެކެޓް ހެޕީމާކެޓުން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މަޝްހޫރު ފްރެންޗް ޑެޒާޓް "ކްރެމް ބްރޫލޭ" ވަގުތުން ތައްޔާރުކޮށްލެވޭ "ރެޑީ ޓު ޔޫސް" ޕެކެޓް ހެޕީމާކެޓުން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ހެޕީ މާކެޓުން ތައާރަފްކުރީ މަޝްހޫރު ޕްރިމިއަމް ބްރޭންޑު އޯލްޑަންބަގާގެ ކްރެމް ބްރޫލޭ ޕެކެޓެވެ. ހެޕީ މާކެޓުން ބުނި ގޮތުގައި މި ޕެކެޓު ތައާރަފްކުރީ މި ޑެޒާޓަކީ ދިވެހިންގެ މެދުގައި މަގުބޫލު އެއްޗަކަށްވުމުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިތުރު އިންގްރިޑިއަންޓަކާ ނުލައި ތައްޔާރުކުރެވޭނެ ޕްރޮޑަކްޓަކްޓަކަށްވުމުންނެވެ. އަދި މިއީ ޑެއިރީ އަށް އެލާޖިކް މީހުންނަށް ވެސް ބޭނުން ކުރެވޭނެ ލެކްޓޯސް ފްރީ ޕެކެޓެއް ކަމަށް ވެސް ބުންޏެވެ.

މި ޕެކެޓް ތައްޔާރު ކުރުމަށް ހަމައެކަނި ބޭނުންވާނީ ތެއްޔަކަށް ނުވަތަ ސޯސް ޕޭންއަކަށް މި ޕެކެޓު އަޅާ، އޮލަކޮށް ހުރި ކްރީމްގަނޑު ދިޔާވެލަންދެން ކައްކާލަންށެވެ. އަދި ކައްކާ ނިމުމުން ތަށިތަކަށް އަޅާ ތިން ގަޑިއިރު ފްރީޒްކޮށްލުމަށް ފަހު މައްޗަށް ހަކުރުކޮޅެއް އަޅާ ކިޗަން ޓޯޗަކުން ހަކުރުކޮޅު ޓޯޗުކޮށްލުމުން ކްރެމް ބްރޫލޭ ތައްޔާރުކުރެވުނީ އެވެ.

މި ކްރެމް ބްރޫލޭ ޕެކެޓުން ތައްޔާރުކުރާ ކްރީމް ގަނޑަކީ ކްރެމް ބްރޫލޭ ޓާޓް، ޑޯނަޓް އަދި އެކި ޕޭސްޓްރީ ފިލިންގެ ގޮތުގައި ވެސް ބޭނުން ކުރެވޭނެ އެއްޗެކެވެ.

ހެޕީ މާކެޓުން ތައާރަފްކުރި އޮލްޑަންބާގާ ކްރެމް ބްރޫލޭ 1 ކިލޯގެ ޕެކެޓު އެ ކުންފުނީގެ ހުރިހާ ފިހާރަތަކާއި ރީޓެއިލް ފިހާރަތަކުން މިހާރު ލިބެން ހުންނާނެ އެވެ.