03 އެޕްރީލް 2021
އުތުރުގެ ހަތަރު އަތޮޅަށް ޚިދުމަތްދޭ ރ. ރީޖަނަލް ހޮސްޕިޓަލް ހުންނަ އުުނގޫފާރުން ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން އެރަށަށް އަރައި ފޭބުން މަނާކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން އެކަން އުވާލައި އާއްމު ހާލަތަށް ބަދަލުވެއްޖެ އެވެ.
އުތުރުގެ ހަތަރު އަތޮޅަށް ޚިދުމަތްދޭ ރ. ރީޖަނަލް ހޮސްޕިޓަލް ހުންނަ އުުނގޫފާރުން ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން އެރަށަށް އަރައި ފޭބުން މަނާކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން އެކަން އުވާލައި އާއްމު ހާލަތަށް ބަދަލުވެއްޖެ އެވެ.
އުނފާރުން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުނީ މާޗް 19 ގައެވެ. އެ ދުވަހުން ފެށިގެން އެރަށަށް އަރައި ފޭބުން މަނާކޮށް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތާއި ރޭންޑަމް ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތްތަކެއް ފުޅާ ދާއިރާއެއްގައި ކުރި އެވެ. ފުރަތަމަ ކޭސް ހިމެނޭ ގޮތުން އެރަށުން ފެނުނީ ކޮވިޑްގެ ޖުމްލަ ހަތް ކޭހެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ މޮނިޓަރިންގައި އޮތް އިރު އުނގޫފާރުގައި އެޅި ފިޔަވަޅުތައް އުވައިލީ ފިޔަވަޅުތައް ދަމަހައްޓަން ޖެހޭ ހާލަތު މިހާރު އެރަށުގައި ނެތުމުން ކަމަށެވެ.
އުނގޫފާރު ހޮސްޕިޓަލްގެ މެނޭޖަރު އިބްރާހީމް ޒަޔާން "މިހާރު" އަށް މިއަދު ވިދާޅުވީ އުނގޫފާރުން މީހަކު ކޮވިޑަށް ޕޮޒިޓިވް ނުވާތާ މިހާރު 12 ދުވަސް ވެއްޖެ ކަމަށެވެ. މޮނިޓަރިން އުވައިލީ އެހެެންވެ އެވެ.
އުނގޫފާރުގެ ކޭސްތަކާ ގުޅިގެން ނ، ރ، ބ، އަދި ޅ. އަތޮޅުގެ ބައެއް ރަށްތައް ވެސް މޮނިޓަރިންއަށް ލި އެވެ. އެއީ އެ ރަށްރަށުން އުނގޫފާރަށް ދަތުރުކޮށްފައިވާ ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. އެކަމަކު އޭގެ ތެރެއިން ބައެއް ރަށްތަކުގައި ވެސް މޮނިޓަރިންގެ ފިޔަވަޅުތައް ވަނީ އުވާލައިފަ އެވެ.
ރ. ރީޖަނަލް ހޮސްޕިޓަލް ހުންނާތީ އެއަތޮޅުތަކުގެ ގިނަ ބަޔަކު އުނގޫފާރަށް ދަތުުރުކުރެ އެވެ. ކޮވިޑް ކޭސްތައް ފެނި، އެރަށް މޮނިޓަރިންއަށް ދިއުމުން ހަތަރު އަތޮޅުގެ ގިނަ ބަޔަކަށް ބޮޑެތި ދަތިތައް ކުރިމަތިވި އެވެ. އެއީ އިމަޖެންސީ ހާލަތެއްގައި ނޫނީ ރީޖަނަލް ހޮސްޕިޓަލަށް ނުދެވޭތީ އެވެ.
ކޮވިޑް-19: ކޭސްތަކުގެ އަދަދު މަދުވާން ފަށައިފި
އިތުރު ފިޔަވަޅުތައް ބުދަ ދުވަހު އިއުލާންކުރަނީ
ކޮވިޑް ޖެހިގެން 39 އަހަރުގެ މީހަކު މަރުވެއްޖެ
ކޮވިޑް-19: ކުއްލިއަކަށް ކޭސްތައް އިތުރުވެއްޖެ
ކޮވިޑް ކޭސްތައް 100 އިން ދަށުގައި ހިފެހެއްޓިއްޖެ
ވޭމަންޑޫ މޮނިޓރިން އަށް ލައިފި
ޅ. އަތޮޅަށް ކޮވިޑް ފެތުރުނީ އިހުމާލުން: ޝިޔާމް
ކޮވިޑް ކޭސްތައް މަދުވާން ފަށައިފި
ކޮވިޑް ކޭސްތަކެއް ފެނުމުން ތިނަދޫ ބަންދުކޮށްފި
އުނގޫފާރުގެ ކޭސްތައް، މުޅި އަތޮޅަށް ބިރުވެރިކަން