14 ނޮވެމްބަރ 2016
ވޮޝިންޓަން (ނޮވެމްބަރު 14) - ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ސޯޝަލް މީޑިއާ އިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން (ނޮވެމްބަރު 14) - ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ސޯޝަލް މީޑިއާ އިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ސީބީއެސް ނިއުސްގެ "60 މިނިޓްސް" ޕްރޮގްރާމުގައި ޓްރަމްޕް ވިދާޅުވީ އޭނާއާ ދެކޮޅަށް މީޑިއާ އިން ހިންގި ނެގެޓިވް ކެމްޕޭނަަށް ރައްދު ދިނުމަށް ބޭނުންކޮށްފައި ވަނީ ސޯޝަލް މީޑިއާ ކަމަށެވެ. ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޓްވިޓާ އާއި ފޭސްބުކް ބޭނުން ކުރެއްވުން މަދު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ ފޭސްބުކާއި ޓްވިޓާ އަދި އިންސްޓަގްރާމުން އޭނާ ފޮލޯކުރާ 28 މިލިއަން މީހުން އެބަތި ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ ބައެއް ސްޓޭޓްތަކުގެ ވޯޓު ކާމިޔާބު ކުރުމަށް ވެސް ސޯޝަލް މީޑިއާ އިން މުހިންމު ދައުރެއް އަދާކުރި ކަމަށެވެ. މި ގޮތުން އިދިކޮޅު ކެންޑިޑޭޓް ހޭދަކުރި ފައިސާ އަށް ވުރެ ސޯޝަލް މީޑިއާގެ ބާރު މާބޮޑަށް ގަދަކަން އޭނާ ސާބިތު ކޮށްދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު ވެސް ޓްރަމްޕް ގެންދަވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް މެސެޖްތައް ދެއްވަމުންނެވެ. އެމެރިކާގެ ރައީސްކަމުގެ ހުވާ ޓްރަމްޕް ކުރައްވާނީ އަންނަ އަހަރުގެ ޖެނުއަރީ 20ގަ އެވެ.
ޓްވިޓާ، އެފްބީ އަދި ގޫގުލް އަށް ޓްރަމްޕް ދައުވާކުރަނީ
ޓްރަމްޕްގެ އެފްބީ އާއި އިންސްޓަ އަދިވެސް ދެވޭކަށް ނެތް
ޓްރަމްޕްގެ އަމިއްލަ" ސޯޝަލް ޕްލެޓްފޯމެއް ލޯންޗްކުރަނީ
ޓްރަމްޕްގެ ސޯޝަލް މީޑިއާގެ އަމުރާ ދެކޮޅަށް ކޯޓަށް
ކެމްޕޭނަށް ފޭސްބުކްއަށް ވައްދަން ޓްރަމްޕް އެދިއްްޖެ
ޓްރަމްޕަށް "ހަމަލާދޭން" ރާވާ ވީޑިއޯއެއް ބުލޮކް ކޮށްފި
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
"ވެކްސިން ޖަހާ މީހުން މަދީ ސޯޝަލް މީޑިއާއާ ހެދި"
ފޭސްބުކް ނުދޭތީ ޓްރަމްޕް ބަދަލުހިއްޕަވާނެކަމުގެ އިންޒާރު
ޓްރަމްޕްގެ އެފްބީ އިޔާދަކޮށްދިނުމާ މެދު މިއަދު ގޮތެއް ނިންމަނީ