Roadha Mihaaru
ގެއްލުނު ސިފައިންގެ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ގެއްލުނު ސިފައިންގެ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

30 މާޗް 2021

ލ. ކައްދޫގައި މިއަދު މޫދަށް އެރިއުޅެނިކޮށް ސިފައިންގެ އެކަކު ގެއްލި، ސިފައިންގެ އެހެން މީހަކު ގެނބިގެން ފަރުވާ ދެމުން އެބަ ގެންދެ އެވެ.

ލ. ކައްދޫގައި މިއަދު މޫދަށް އެރިއުޅެނިކޮށް ސިފައިންގެ އެކަކު ގެއްލި، ސިފައިންގެ އެހެން މީހަކު ގެނބިގެން ފަރުވާ ދެމުން އެބަ ގެންދެ އެވެ.

ކައްދޫގައި މަސައްކަތް ކުރާ ސިފައިންގެ ހަތަރު މީހަކު މޫދަށް އެރުނީ މިއަދު ހަވީރުގެ ވަގުތެއްގައި އެ މީހުންގެ އޮފް ޑިއުޓީގަ އެވެ. ގެއްލިގެން ހޯދަނީ ލާންސްކޯޕްރަލް ހުސެއިން ފާރިޝް އެވެ.

އެމްއެންޑީއެފުން ބުނީ، ފާރިޝް ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުގެ ޑައިވަރުންގެ ޓީމުން ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށެވެ. ގެނބިގެން ލ. ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ސިފައިންގެ މީހާގެ ހާލު ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

"އޭނާ ގެނބުނީ ގެއްލުނު ސިފައިންގެ މީހާ އޮއިގަނޑެއްގައި ޖެހި އަޑިއަށް ދާތީ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި،" އެމްއެންޑީއެފުން ބުންޏެވެ.

ރީޖަނަލް ހޮސްޕިޓަލުން ބުނީ ގެނބުނު ސިފައިންގެ މީހާ މިހާރު ހޭ އަރާފައިވާ ކަމަށާއި އެތަނަށް ގެންދިޔަ އިރު ވަރަށް ގިނައިން އޭނާ އަށް ލޮނު ބޮވިފައިވާ ކަމަށެވެ.

މިއީ، މުޅި ރާއްޖެ އަށް ވެސް ކަނޑު ގަދަވެ، މޫސުން ވަރަށް ގޯސް ދުވަސްވަރެކެވެ.