30 މާޗް 2021
މިޔަރާ ހެދި އުނދަގޫވާ ވާހަކަ އާއި މިޔަރު ހިފޭނެ ގޮތެއް ހަދަން ޖެހޭ ވާހަކަ މަަސްވެރިން ދައްކަނީ ހަގީގަތުގައި އެ މީހުން ބާނާ މަސް ކިރޭނެ ގޮތެއް ނެތި، އަތްމަތި ދަތިވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
މިޔަރާ ހެދި އުނދަގޫވާ ވާހަކަ އާއި މިޔަރު ހިފޭނެ ގޮތެއް ހަދަން ޖެހޭ ވާހަކަ މަަސްވެރިން ދައްކަނީ ހަގީގަތުގައި އެ މީހުން ބާނާ މަސް ކިރޭނެ ގޮތެއް ނެތި، އަތްމަތި ދަތިވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްހޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުަސައިން ވަހީދު ދެެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުން އަލީ ހުސައިން ވިދާޅުވީ، އަހަރެއްގެ ތެރޭގައި ބޮލަށް ކާށި ވެއްޓިގެން މަރުވާ މީހުން ވެސް، މިޔަރުގެ ހަމަލާގައި މަރުވާ މީހުންނަށް ވުރެ ނިސްބަތުން ގިނަ ކަމަށެވެ. އެހެންވެ ހުރިހާ ރުށްތަކެއް ކަނޑައިލަންވީތޯ އޭނާ ސުވާލު ކުރެއްވި އެވެ. މިޔަރު ހިފޭނެ ގޮތެއް ހަދަން ވެއްޖެ ކަަމަށް ބުނެ ދާއިރާގެ މީހުން ވެސް ވާހަކަ ދައްކާ ކަމަށާއި އެ ވާހަކަ ދައްކަނީ ކީއްވެގެން ކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެގެން މި އުޅޭ ގޮތަކީ ތާށިވެގެން މި އުޅެނީ. އުނދަގޫ ވެގެން މި އުޅެނީ. ބާނާ މަސްކޮޅު ކިރޭނެ ގޮތެއް ނުވެގެން މި އުޅެނީ. ބާނާ ރާގޮނޑިކޮޅު މާލެ ގެނެސް ވިއްކައިލެވޭނެ ގޮތެއް ނެތިގެން މި އުޅެނީ،" އަލީ ހުސައިން ވިދާޅުވި އެވެ.
"އެއީ ވެެގެން މި އުޅޭ ގޮތަކީ. ހަގީގަތުގައި މަސްވެރިންނަށް، އެ މީހުން އެބާނާ މަސް، އެ ބާނާ ރާގޮނޑިކޮޅު، އެ ބާނާ ފަރުމަސްކޮޅު ވިއްކާލެވޭނެ ރަނގަޅު ގޮތެއް އޮތް ނަމަ މިޔަރުގެ އުނދަގުލުގެ ވާހަކަ ނުވެސް ދައްކާނެ."
އަޅުގަނޑަށް ގުޅާފައި ބުނީ ކިހިނެތް ހަދަންހޭ ތިޔަ އުޅެނީ. ކިހިނެތް ހަދަންހޭ ތިޔަ އުޅެނީ ޖަރުމަނުގައި ތިބި ޓުއަރިސްޓުން ރާއްޖެއަކަށް ދެނެއް ނާންނާނޭ ކަލޭމެން މިޔަަރު ހިފަން ފަށައިފިއްޔާ. ތިމަންނަމެން، [ރާއްޖެ] ބޮއިކޮޓްކުރަން ގޮވައިލާނަމޭ-- އަލީ ހުސައިން
އަލީ ހުސއިން ވިދާޅުވިގޮތުގައި، ވެގެން އުޅޭ ގޮތަކީ ސަރުކާރުން މަސްވެރިންނަށް ރނގަޅު ގޮތެއް ހޯދައިނުދެވުމެވެ. މިޔަރުގެ ވާހަކަ ދައްކަނީ އެއީ ވިއްކޭ އެއްޗަކަަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރާއްޖޭގައި މިޔަރު ހިފަން ހުއްދަދޭ ވާހަކަ ދައްކަން ފެށުމުން ޔޫރަޕުގެ ބޮޑެތި ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށާއި އެފަދަ ޖަމިއްޔާއަކުން އޭނާއަށް ވެސް ގުޅި ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
"އަޅުގަނޑަށް ގުޅާފައި ބުނީ ކިހިނެއް ހަދަންހޭ ތިޔަ އުޅެނީ. ކިހިނެއް ހަދަންހޭ ތިޔަ އުޅެނީ ޖަރުމަނުގައި ތިބި ޓުއަރިސްޓުން ރާއްޖެއަކަށް ދެނެއް ނާންނާނެއޭ ކަލޭމެން މިޔަަރު ހިފަން ފަށައިފިއްޔާ. ތިމަންނަމެން، [ރާއްޖެ] ބޮއިކޮޓްކުރަން ގޮވައިލާނަމޭ،" އޭނާ ވިދާޅުވި އެވެ.
ސައިންސްގެ އެކިއެކި ހޯދުންތަކާ ހަވާލާދެއްވައި އަލީ ހުސައިން ވިދާޅުވިގޮތުގައި މަހުގެ އަބާދީ ހިފެހެއްޓެނީ ބޮޑެތި މިޔަރާ އެކުގަ އެވެ. ރާއްޖޭގައި އެންވެރިކަން ވެސް ވަކިވަރަކަށް ހިފެހެއްޓިފައި އޮތީ އޭނާ ވިދާޅުވިގޮތުގައި މިޔަރުގެ އާބާދީ ބޮޑުވީމަ އެވެ.
ރާއްޖޭގައި މިޔަރުގެ މަސްވެރިކަަމަށް އަލުން ހުއްދަދޭން މަޝްވަރާކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިދިޔަ ހަފުތާގައި ވިދާޅުވި އެވެ. އޭނާ އެހެން ވިދާޅުވުމުން ރާއްޖޭގެ ގިނަ ރިސޯޓްތަކަކާއި ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތަކުން ގެންދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޖަމިއްޔާތަކާއި ރިސޯޓްތަކުން ގޮވައިލީ މިޔަރު ހިމާޔަތްކުރުމުގެ ގާނޫނު ރަނގަޅަށް ތަަންފީޒުކޮށް، މިޔަރުގެ ވަގު ވިޔަފާރިކުރުން ހުއްޓުވުމަށެވެ.
ލޭނު މަސްވެރިކަމާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރު
ލޭނުގައި ޖެހި މަރުވާ މިޔަރު ބޭރުކުރުމުގެ ހުއްދަކުރަނީ
މަސްވެރިންނަށް ފައިސާ ދޭން ގޮވާލައި ކުއްލި މައްސަލައެއް
މިފްކޯއަށް 395 މިލިއަން، މަސްވެރިންނަށް 435
ވައުދާ އެއްގޮތަށް ދައުރުގެ ކުރީކޮޅު ފައިސާ ދޫކުރަނީ!
ދައުލަތަށް ބުރަ ބޮޑު ވާތީ، މަހުގެ އަގު 20ރ. އަށް
މިޔަރުގެ ހިމާޔަތުގައި މުސްތޮފާއާ ދެކޮޅަށް އަޑުއުފުލަނީ
ސަރުކާރުން މަސް ގަތުން ހުއްޓާލަންޖެހޭ: ނަޝީދު
ރާއްޖޭގެ ނަން ބޭނުންކުރުން ހުއްޓުވޭނީ ގާނޫނަކުން: ޒަހާ
މަސްވެރިންނަށް ހަމަ އަގު ނުލިބެނީ މިނިސްޓަރާ ހެދި:ރާއީ