29 މާޗް 2021
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް އިދިކޮޅު ކޯލިޝަނުން އިސްވެ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސަޮއި އަނބުރާ ގެނެސްފި އެވެ.
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް އިދިކޮޅު ކޯލިޝަނުން އިސްވެ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސަޮއި އަނބުރާ ގެނެސްފި އެވެ.
ޒަހާގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މި މަހުގެ 10 ވަނަ ދުވަހު އެވެ. ސަބަބަކަށް ދެއްކީ، މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވުމާއި ދޭންޖެހޭ ހިދުމަތްތައް ވެސް ނުދެވުމެވެ.
ޒަހާގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމަށް ޖާބިރު ސޮއި ކުރެއްވި ނަމަވެސް، އޭނާގެ ނިންމެވުން ބަދަލުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން "ރާއްޖޭގެ ކަނޑުގެ ހަޒާނާ ހުޅުވާލައި، ދަނޑުވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް" ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއީ މަސްވެރިންނާއި ދަނޑުވެރިންގެ ހައްގުގައި އޭނާ ކުރައްވަމުން ގެންދެވި މަސައްކަތުގެ ނަތީޖާ ފެނުން ކަމަށް ގަބޫލު ކުރެއްވޭތީ، މިނިސްޓަރު ޒަހާގެ އިތުބާރު ނެތް ކަމަށް ކުރެއްވި ސޮއި އަނބުރާ ގެންނެވީ ކަމަށް ޖާބިރު ވިދާޅުވި އެވެ.
ދޭތެރެދޭތެރެއިން ސަރުކާރުގެ އެކި ވެރިންނަށާއި އެކި ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވުމަށް ފަހު، ވަކި ހިސާބަކުން ނިންވެން ބަދަލުކުރައްވާ ޖާބިރު ވިދާޅުވި ގޮތުގައި، ޒަހާގެ އިތުބާރު ނެތް ކަމަށް އޭނާ ފުރަތަމަ ސޮއި ކުރެއްވީ، މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ނުކުރައްވާތީ މަސްވެރިކަމާއި ދަނޑުވެރިކަމަށް ލިބެމުން ދިޔަ ގެއްލުމުގެ ބޮޑުކަމުންނެވެ. ވަޒީރުން މަސްއޫލިއްޔަތު އަދާނުކުރައްވާ ނަމަ، އެ ބޭފުޅުން ޖަވާބުދާރީ ކުރެއްވުމަށް މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދަށް ޖާބިރު ފޮނުުއްވި ސިޓީގައި ވިދާޅުވި ގޮތުގައި، ކަންކަން ޒަހާ ރަނގަޅު ކުރައްވަމުން ގެންދަވާތީ، އޭނާ އަށް މިހާރު އިތުބާރު ކުރެވެ އެވެ. ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭ، ރައްޔިތުން ހިތްހަމަ ޖެހޭ ފަދައިން ސަރުކާރުން ނިންމާ ކޮންމެ ކަމެއްގައި އެއްބާރުލުން ދެއްވަވާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.
ޒަހާގެ އިތުބާރު ނެތްކަމަށް ފާސްކުރަން އިދިކޮޅު މެމްބަރުން މަސައްކަތް ފެއްޓެވުމުން އޭނާގެ ދިފާއުގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްުޔޫމު ވަނީ ނުކުމެވަޑައިގެންފަ އެވެ. ޒަހާއަކީ މައުމޫނު އިސްކޮށް ހުންނަވާ، މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނަވާ ބޭފުޅެކެވެ.
ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ޖަވާބުދާރީވުމަށް އޭނާ އަށް މި މަހުގެ 11 ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން 14 ދުވަހުގެ ނޯޓިސް ފޮނުވައިފަ އެވެ.
ޒަހާ މައްސަލައިން ޖާބިރުގެ ނަން ނެގުމުން ދިރާސާކުރަނީ
ޖަވާބުދާރީވާން ޒަހާ އަށް ނޯޓިސް ފޮނުވައިފި
ޗައިނާއަށް މަސް އެކްސްޕޯޓްކުރަން މަސައްކަތްކުރަން: ޒަހާ
ޝާހިދަށް ފުރިހަމަ އިތުބާރު އެބައޮތް: ނަޝީދު
ޒުވާބަށް ފަހު، ޒަހާ ހާޒިރުކުރާކަށް ފާހެއް ނުވި
މަސްވެރިންނަށް ހަމަ އަގު ނުލިބެނީ މިނިސްޓަރާ ހެދި:ރާއީ
އަވަސް އަރުވާލައިގެން ރައީސް ވަކިނުކުރެވޭ ގޮތް ހަދައިފި
3 ވަޒީރުންގެ ރުހުމުގެ މައްސަލަ މާދަމާގެ އެޖެންޑާގައި
ޖާބިރުގެ އިސްތިއުފާގެ ސިޓީ ނުލިބޭ: މަޖިލިހުގެ އިދާރާ
ޖާބިރު މަޖިލީހުން އިސްތިއުފާ ދެއްވައިފި