Roadha Mihaaru
ކޯޓަކަށް ބަދަލުކޮށްލެވޭ ބާލީހެއް އިކިއާ އިން ނެރެފި

ކޯޓަކަށް ބަދަލުކޮށްލެވޭ ބާލީހެއް އިކިއާ އިން ނެރެފި

28 މާޗް 2021

ދިގު ކޯޓަކަށް ބަދަލުކޮށްލެވޭ ބާލީހެއް ސްވިޑްންގެ މަޝްހޫރު ކުންފުނި އީކިއާ އިން ވިއްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދިގު ކޯޓަކަށް ބަދަލުކޮށްލެވޭ ބާލީހެއް ސްވިޑްންގެ މަޝްހޫރު ކުންފުނި އީކިއާ އިން ވިއްކަން ފަށައިފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި "ފޯލްޓްމަލް" ގެ ނަން ދިފައިވާ މި އުފެއްދުމަކީ ބޭރުތެރޭގައި އުޅޭ އިރު ބޭނުންކޮށްލަން ވަރަށް ވެސް ރަނގަޅު އުފެއްދުމަކަށް ވާނެ އެވެ. ޕަފާ ޖެކެޓް ހުންނަ ގޮތަށް ފަރުމާކޮށްފައިވާ "ފޯލްޓްމަލް" ބޭނުމަކީ ކޮވިޑް-19 އިން ވެސް ރައްކާތެރިކަން ހޯދަން މަގުފަހިކޮށް ދިނުމެވެ. އެގޮތުން ގިނަ މީހުން އެއްވާ ތަންތަނާއި އަދި އާއިލީ ބައްދަލުވުންތަކާއި އެ ނޫން ވެސް އެކި ކަހަލަ މުނާބަސުތަކާއި ކޭމްޕިން އަށް ދިއުން ކަހަލަ ކަންކަމުގައި "ފޯލްޓްމަން" އަކީ ބޭނުންކޮށްލެވިދާނެ އެއްޗެކެވެ.

ބާލީހެއްގެ ގޮތުގައި ބޭނުންކުރަން ވީމަ ފަތްޖަހައި ލުމުން ހެޔޮވަރުގެ ކުޝަންއަކަށް އޮންނާނީ ބަދަލުކުރެވިފަ އެވެ. ބާލީހަކަށް ބަދަލުކޮށްލުމުން ގަދަ ފެހި ކުލައިގެ ކުޝަންގެ ހަތަރު ފަރާތް އިންނަނީ ގަދަ އޮރެންޖް ކުލައިގެ ބޯޑަރެއް އަޅާފައި އިންނަ ކަހަލަ ގޮތަކަށެވެ. އޮރެންޖް ކުލައިގައި އިންނަނީ އޭގެ ޒިޕެވެ.

އީކިއާގެ ވާހަކަ އެ ކުންފުނީގެ ވެވްސައިޓްގައި ހިއްސާކޮށް ސިފަކޮށްފައި ވަނީ ތަންތަނަށް ދަތުރުކުރާ އިރު ވެސް ބޭނުންކޮށްލެވިދާނެ އަރާމު އުފެއްދުމެއްގެ ގޮތުގަ އެވެ.

"މިއީ ރޫޅައި ފަތްޖަހާލަން ވެސް އެހާ ފަސޭހަ، ގެންގުޅެން ވެސް އެހާ ފަސޭހަ އެއްޗެއް." ރިސައިލްކަލްކޮށްފައިވާ ޕޮލިސްޓަރުން ތައްޔާރުކޮށްފައިވާ އުފެއްދުމާ ބެހޭ ގޮތުން އިކިއާ އިން ބުންޏެވެ. އަގަކީ 34.99 ޔޫރޯ (540.60 ޑޮލަރު) އެވެ.