21 މާޗް 2021
ލަންޑަން (މާޗް 21) - އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މެންޗެސްޓާ ސިޓީ އާއި ސައުތެމްޓަން މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ލަންޑަން (މާޗް 21) - އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މެންޗެސްޓާ ސިޓީ އާއި ސައުތެމްޓަން މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ރަށުންބޭރުގައި ކުޅުނު މެޗުގައި އެވަޓަން ކޮޅަށް ފަހު ވަގުތު ޖެހި ގޯލުތަކާ އެކު ސިޓީ މޮޅުވީ 2-0 އިންނެވެ. ސައުތެމްޓަން ވަނީ ބޯންމައުތު ދަނޑުގައި ކުޅުނު މެޗުން 3-0 އިން މޮޅުވެފަ އެވެ.
އެވަޓަން ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ ތިން ވަނަ ކީޕަރު ޔޮއާއޯ ވާޖީނިއާ އެވެ. އޭނާ ވަނީ މެޗުގެ 84 ވަނަ މިނިޓާ ހަމައަށް އެވަޓަންގެ ގޯލު ބެލެހެއްޓުމުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ރޭގެ މެޗު ސިޓީ ކޮޅަށް އަނބުރާލުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މެޗުގެ 80 ވަނަ މިނިޓްގައި ރަހީމް ސްޓާލިންގެ ބަދަލުގައި ކުޅެން އެރި ކެވިން ޑިބްރޭނާ އެވެ.
މެޗުގެ 84 ވަނަ މިނިޓްގައި ސިޓީ އަށް ލީޑުނަަގައިދިނީ މި ސީޒަނުގައި ތަފާތު ފޯމެއްގައި ހުރި ޖަރުމަނުގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން އެވެ. ޑިބްރޭނާ އާއި އައިމެރިކް ލަޕޯޓް ގުޅިގެން އުފެއްދި އެޓޭކެއްގައި ފޮނުވާލި ބޯޅަ ކީޕަރު ވާޖީނިއާ އަތުގައި ޖެހިފައި ދަނޑީގައި ވެސް ޖެހިފައި ގޯލު ކުރިމައްޗަށް ވެއްޓުމުން ގުންޑޮގާން ވަނީ ހަމަޖެހިލާފައި ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ހަ މިނިޓް ފަހުން ޑިބްރޭނާ ވަނީ ސިޓީގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.
އެވަޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މެޗުގެ 80 ވަނަ މިނިޓާ ހަމައަށް އޭނާގެ ޓީމުން ދުނިޔޭގައި މި ވަގުތު އޮތް އެންމެ މޮޅު ޓީމު ކަމަށްވާ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. ސިޓީ އަކީ ތަފާތު މޮޅު ޓީމެއް ކަމަށް ބުނުމުން ދެބަސްވާނެ މީހެއް ނުހުންނާނެ ކަމަށް އަންޗެލޮޓީ ބުންޏެވެ.
ބޯންމައުތު ދަނޑުގައި ރޭ ސައުތެމްޓަންގެ ތަރި އަކީ ނޭތަން ރެޑްމަންޑް އެވެ. މެޗުގެ 37 ވަނަ މިނިޓްގައި މޫސާ ޖެނެޕޯ ސައުތެމްޓަން އަށް ލީޑުނަަގައިދިނީ ރެޑްމަންޑް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ސައުތެމްޓަންގެ އަނެއް ދެ ގޯލު ޖެހިީ ރެޑްމަންޑް އެވެ.
އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް ފަހު ދެ މެޗު މިރޭ ކުޅޭނެ އެވެ. ޝެފީލްޑް ޔުނައިޓެޑް ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. އަދި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާނީ ލެސްޓާ ސިޓީއާ އެވެ.
ކުއާޓާ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް މިޑްލްސްބަރާ
ޗެލްސީ، ޓޮޓެންހަމް އަދި ސިޓީ ވެސް ފަސްވަނަ ބުރަށް
ރެކޯޑް މޮޅަކާ އެކު ސިޓީ ކުއާޓާ ފައިނަލަށް
އެފްއޭ ކަޕްގެ ތައްޓާ އެކު ޔުނައިޓެޑް ފެނުން މައްޗަށް
ވިދިދިގެން ހަތަރު ފަހަރަށް ސިޓީއަށް ލީގު ޗެމްޕިއަންކަން
އެހެން ޓީމަކަށް ނުހެދުނު ރެކޯޑަކާ އެކު ސިޓީ ސެމީއަށް
ހާލަންޑަށް ފަސް ލަނޑު ޖަހާލުން މާ ބޮޑު ކަމެއް ނޫން
ސިޓީއަށް ތިންގަޑިއިރު، ލިވަޕޫލް އަލުން އެއްވަނައަށް
ކެލްވާޓް ލެވީން އަށް ދެއްކި ރަތް ކާޑު މާފުކޮށްދީފި
ޔުނައިޓެޑް އަނެއް ބުރަށް؛ ސިޓީ ޖެހެނީ ޓޮޓެންހަމާ