20 މާޗް 2021
ކާމިޔާބު ފިލްމު "ސްލަމްޑޯގް މިލިއަނާ" ކުޅެގެން މަޝްހޫރުވި އެކްޓަރު ދޭވް ޕަޓޭލްގެ ފުރަތަމަ ޑައިރެކްޝަން "މަންކީ މޭން" އަންނަ އަހަރު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ކާމިޔާބު ފިލްމު "ސްލަމްޑޯގް މިލިއަނާ" ކުޅެގެން މަޝްހޫރުވި އެކްޓަރު ދޭވް ޕަޓޭލްގެ ފުރަތަމަ ޑައިރެކްޝަން "މަންކީ މޭން" އަންނަ އަހަރު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިދިޔަ އަހަރު ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމަކީ ނެޓްފްލިކްސްއާ ގުޅިގެން ހަދާފައިވާ އެކްޝަން ތުރިލާއެކެވެ. އިންޑޮނީޝިއާގައި ވަރަށް ބޮޑު ބައި ޝޫޓްކޮށްފައިވާ "މަންކީ މޭން" ގެ ކާސްޓުން ދޭވްއާ އެކު އިންޑިއާގެ ތަރިންތަކެއް ފެންނާނެ އެވެ. އޭގެ ތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "މޭޑް އިން ހެވެން" އާއި ނެޓްފްލިކްސްގެ ސީރީޒް "ބާޑް އޮފް ބްލަޑް" ގެ އިތުރުން "ދަ ބޮޑީ" އާއި "ރާމަން ރާގަވް 2.0" ފަދަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ޝޮބީތާ ދުލިޕާލާ އަދި ސިކަންދަރު ކޭރް ހިމެނެ އެވެ.
އިންޑިއާ ދަރިކޮޅު އިނގިރޭސި އެކްޓަރު ދޭވްގެ އަލަތު ޑައިރެކްޝަން "މަންކީ މޭން" އަކީ އޭނާ އާއި ޕޯލް އަންގުނަވޭލާ އަދި ޖޯން ކޮލީގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމު އަންނަ އަހަރު ގެނެސްދޭން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
އޮސްކާ އެވޯޑް ވެސް ހޯދި "ސްލަމްޑޯގް މިލިއަނާ" ގެ ފަހުން ދޭވް، 30، ކުޅުނު ފިލްމުތަކުގެ ތެރޭގައި "ހޮޓެލް މުމްބާއީ" އާއި "ލަޔަން" އާއި "ދަ ލާސްޓް އެއާބެންޑާ" އަދި "ދަ މޭން ހޫ ނިއު އިންފިނިޓީ" ހިމެނެ އެވެ.
މި އަހަރުގެ ޖުލައިގައި ރިލީޒްކުރާ "ދަ ގްރީން ނައިޓް" ގެ ބަތަލުގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ދަ ޕާސަނަލް ހިސްޓްރީ އޮފް ޑޭވިޑް ކޮޕަފީލްޑް" އެވެ.
"ފާސްޓް 10" ގައި ޖޭސަން މޮމޯއާ ފެންނާނެ
ޑެންޒެލް "ދި އީކުއަލައިޒާ 3" އަށް ތައްޔާރު ވަނީ
"ފާސްޓް 10" ގައި ބައިވެރިވާން ރޮކަށް ދައުވަތު ދީފި
ކްރިސްޓަންގެ ހުވަފެނަކީ ބޮންޑްގެ ވިލަންއެއްގެ ރޯލު
ބްރިޓްނީގެ ލޯބިވެރިޔާ އަށް ގިބްސަނާ އެކު ފިލްމެއް
ބޮންޑްގެ ރޯލު ދެން ކުޅޭނެ އެކްޓަރެއްގެ ވާހަކައެއް ނެތް
ލިއޮނާޑޯގެ "އިންސެޕްޝަން" ގެ ރޯލެއް އަނިލް އަށް ލިބުނު
އެކްޝަން ތަރި ކެވިލް އަށް ލޯބީގެ ފިލްމެއް
ބޮލީވުޑްގެ އެކްޓަރު ވިދުޔަތުގެ މިސްރާބު ހޮލީވުޑަށް
"ހީރޯޕަންތީ 2" އަށް ހޮލީވުޑްގެ ސްޓަންޓް ޑައިރެކްޓަރެއް